ޕޮލިސް ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕޮލިސް ބޯޑަށް ބައެއް މެންބަރުން އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ ރައީސްޕޮލިސް ބޯޑުގެ ބައެއް މެންބަރުން ވަކިކުރައްވައި ޕޮލިސް ބޯޑަށް ބައެއް މެންބަރުން އިއްޔެ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އިއްޔެ އައްޔަން ކުރެއްވި މެންބަރުން:

ތ.ހިރިލަންދޫ/ގުލްފާމުގޭ އަޙްމަދު ޝަރީފް. (ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުގެ ގޮތުގައި)

އަލްއުސްތާޒު ޢަލީ ނަޞީރު ޤާސިމް. (ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރުގެ ގޮތުގައި)

ސ.މަރަދޫފޭދޫ ބަގީޗާގޭ އަޙްމަދު އަޒީމް. (ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރުގެ ގޮތުގައި)

ހއ.ހޯރަފުށީ އަލިމަސްގެ އަޙްމަދު ސަޢުދީ. (ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރުގެ ގޮތުގައި)

ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ:

ހ.ޝޭޑީކޯނަރ ޙާމިދު ޢަބްދުލްޣަފޫރު. (އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މެންބަރުގެ ގޮތުގައި)

ސ.ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޒާ ޞަފާ ޝަރީފް.(އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މެންބަރުގެ ގޮތުގައި)

ހ.ނޫމުތީ ޢާއިޝަތު ނޫރާ މުޙައްމަދު. (ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުގެ ގޮތުގައި)

ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ 4 އަހަރު ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް