ރައީސް ޖޯ ބައިޑަން ދޮގު މަޢުލޫމާތު ފަތުރަނީ ކީއްވެގެން

Loading

Facebook
Twitter
WhatsApp

ފަލަސްތީން އާއި އިސްރާއީލާއި ދެމެދު ހިނަގަމުން ހަނގުރާމައާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯބައިޑަން ދޮގު މަޢުލޫމާތު ފަތުރަމުން ގެންދާކަން ހާމަވެފައިވާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން އެ ޑިޕާރޓްމެންޓުގެ ޖޫނިއަރ ޑިޕްލޯމެޓަކު ނެރެފައިވާ އެތެރޭގެ މެމޯ އެއް އެގްޒިއޯސް އިން ލީކްކޮށްލައިފިއެވެ. 

މި ފާހަގަކުރެވުނު މެމޯގައި އިސްރާއީލު ސަރުކާރުން ގައްޒާގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާ ކަމަށާއި އެ ހަނގުރާމަ ހުއްޓުވަން އެމެރިކާ ސަރުކާރަށް ގޮވާލާފައި ވެއެވެ. 5 ސަފްހާގެ މެމޯ ނެރެފައިވަނީ ޚާރިޖީއްޔާގެ ޖޫނިއަރ ޑިޕްލޯމެޓެއް ކަމަށާއި އަދި އޭގައި ރައީސް ޖޯ ބައިޑަން އަކީ އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމުގެ ފުރިހަމަ ބައިވެރިއެއް ކަމަށް ބުނެފައިވެއެވެ.

މެމޯ ގައި ތަފްސީލު ހާމަކޮށްފައި ނުވާ ނަމަވެސް އޮކްޓޯބަރ 10 ވަނަދުވަހު ރައީސް ބައިޑަން ދެއްކެވި ވާހަކަފުޅުގައި އޭގެ 3 ދުވަސްކުރިން ފަލަސްތީނުން އިން އިސްރާއީލަށް ޙަމަލާދިންކަމަށް ވިދާޅުވުމަކީ ވަރަށް ނުބައި ނިޔަތެއްގައި ފަތުރަން ބޭނުންވި ދޮގެއް (އޭން އެކްޓް އޮފް ޝިއަރ އީވިލް) ކަމަށާއި މިހާތަނަށް އެ މެމޯ ގައި ސްޓޭޓް ޑިޕާރޓްމެންޓުގެ ސަތޭކަ މުއައްޒިފުންނާއި ޔޫސެއިޑްގެ ގިނަ މުއައްޒަފުން ތަކެއް ވަނީ ސޮއި ކޮށްފާކަން ވެސް ވަނީ ހާމަވެފައެވެ.

އެބޭފުޅުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ވަނަވަރު ހާމަކުރުން މިވަގުތަށް އޮތީ އުޒުރުވެރި ވެފައެވެ. އެހެންނަމަވެސް މިހާތަނަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރެއިން 40 އިން ސައްތައަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

އެބޭފުޅުން ގެ ގޮވާލެއްވުމަކީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓުވައި ފަލަސްތީނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ލިބިލިބި ހުންނާނެ މަގުތައް ކަށަވަރުކުރުމެވެ. ސްޓޭޓް ޑިޕާރޓްމެންޓުގެ ފަރާތުން ވާހަކަ ދެއްކެވި ތަރުޖަމާނު ވިދާޅުވެފައިވަނީ މިޑިޕާރޓްމެންޓްގެ ތެރޭގައި ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ނަމަވެސް އެމީހަކު ދެކޭގޮތް މިނިވަން ކަމާއިއެކު ފާޅުކުރަންކެރޭ މުއައްޒަފުން ތިބިކަމާއިމެދު އުފާ ކުރައްވާކަމަށެވެ.                         

ޑެއިލީ ބީސްޓުން ބުނެފައިވާގޮތުގައި އެމެރިކާގެ 500 އަށްވުރެން ގިނަ އޮފިޝަލުން އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައިގައި ރައީސް ބައިޑަންގެ ސިޔާސަތަށް ނުރުހި އެހަނގުރާމަ މިހާރުން މިހާރަށް ނިންމަން ގޮވާލައިފިއެވެ. އޭގެ ތެރޭގައި ރައީސް ބައިޑަން އާއި އިދިކޮޅު ބޭފުޅުންނާއި ވަރަށް އަރިސް ބޭފުޅުންވެސް ހިމެނެއެވެ.         

ނިއުޔޯރކް ޓައިމްސްއަށް ލިބިފައިވާ އެ މެމޯގެ ކޮޕީއަށް ބަލާއިރު ސޮއިކޮށްފާތިބި ގިނަ މީހުންނަކީ އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންކަން ފާހަގަކުރެވިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. އަދި އެއީ ޒުވާން ޖީލުން ދެކޭގޮތް މިހާރު ވެރިކަމުގައިތިބި މީހުންގެ ވިސްނުމާއި ތަފާތުކަން ހާމަކޮށްދޭ ވަރަށް ސާފު ހެއްކެއްކަމުގައިވެސް އެނޫހުން ބުނެފައިވެއެވެ.

އެހެންނަމަވެސް މިދިޔަ ހަފްތާގައި ފަލަސްތީނު- އިސްރާއީލުގެ މައްސަލާގައި އެމެރިކާގެ ތާއީދު އޮތް ބަޔަކާއި މިންވަރެއް ބެލުމަށް ނެގުނު ވޯޓުގައި ކުރިހޯދައިފައިވަނީ އިސްރާއީލުންނެވެ.                                                                 

މިދިޔަ ހަފުތާގައި ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމަ ހުއްޓާލެވިދާނެތޯ ރައިސް ބައިޑަންއަށް ސުވާލު ދެންނެވުމުން ވަރަށް ސާފު ބަހުން ޖަވާބު ދެއްވާފައިވަނި “ ނޯ.. އެންޑް ނޯ ޕޮޒިބިލިޓި “ މިހެންނެވެ. ހަމައެއާއެކު ރައީސް އޮބާމާ ސަރުކާރުގެ ވަރަށް އިސް 127 ބޭފުޅަކުވެސް އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމަށް ލޮލާ ބޮލުން ތާއީދު ކުރާކަންހާމަކޮށް ނިއުޔޯރކް ޓައިމްސް އަށް ސިޓިއެއް ފޮނުވާފައިވާކަނެ ވެސް ވަނީ ފަޅާއަރާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް