ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ޕީޖީ ލީޑަރު މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި އެމްޑީޕީގެ ފަރާތުން ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކުރިމަތި ލައްވައިފިއެވެ.
މަޖިލީހުގެ ރައީސް ކަމަށް އާޒިމް އާއި އަސްލަމް ކުރިމަތި ލައްވާފައި މިވަނީ އެ މަޤާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ އިދާރާ އިން އާއްމުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުގައި މިރޭ ޖަލްސާއެއް ބާއްވަން ހަމަޖައްސާފައި ވަނީ އެ މަޤާމަށް މެމްބަރަކު އިންތިޚާބު ކުރުމަށެވެ.
މިގޮތުން މަޖިލިސް ރައީސަކަށް އެމްޑީޕީގެ ފަރާތުން ހަމަޖައްސާނީ އަސްލަމް ކަމަށް ނިންމާފައި ވާއިރު ޑިމޮކްރެޓްސް އިން ވަނީ މަޖިލީހުގެ ރައީސް ކަމަށް އާޒިމްގެ ނަން ހުށަހަޅާފައެވެ.
މަޖިލީހުގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ދެފަހަރެއްގެ މަތިން ވައްދާފައިވަނިކޮށެވެ. މިކަމަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު މަޖިލީހުގެ އަމީން އާންމަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމުގައި އިތުރަށް ހުރެއްޖެނަމަ މެޖޯރިޓީ ޕާޓީން މަޖިލީހަށްދޭ ގެއްލުން ދާނީ ބޮޑުވަމުން ކަމަށެވެ.
![]()

One Response
ކުޑަދުވަސްކޮޅަކަށް ނަމަވެސް ދައުލަތުގެ ނިޝާނާއެކު ދިދަޖެހިކާރު ދުއްވާލެވޭނެ.