ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުގައި ޕަންޖާބުގެ މިއަންވަލީގައި ހުންނަ ޕާކިސްތާނުގެ އެއަރފޯސް ބޭސްއަކަށް ގިނަ ޖިހާދީންތަކަކާއި، ސުއިސައިޑް ބޮމްބަރުން ގުޅިގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ތެހްރީކް-އޭ-ޖިހާދް އިން މި ހަމަލާގެ ޒިންމާ ނަގާފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ހަމަލާދީފައިވަނީ 9 ޖިހާދީންގެ ވަފުދަކުންނެވެ. އަދި މި ހަމަލާގެ ތަސްވީރުތަކާއި ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ޕާކިސްތާނުގެ މީޑިއާ ވިންގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާދިން 9 ޖިހާދީންވެސް މަރާލާފައިވާ ކަމަށާއި، އަސްކަރީ ބޭސްގައި ހަރަކާތްތެރިވި ސިފައިންގެ އެއް އޮފިސަރަކަށް އަނިޔާވެފައިވާކަމަށެވެ. މީގެއިތުރުން، ބައެއް ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި ޕާކިސްތާނުގެ އަސްކަރީ ޓްރެއިނިންގް ބޭސްގައި ޕާކުކޮށްފައިހުރި ބައެއް މަތިންދާބޯޓަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ހަމަލާދިން މުޖާހިދުން އެއަރބޭސްއަށް ވަދެފައިވާކަމަށް ގަބޫލުކުރަނީ ހަރުގަނޑެއް ބޭނުންކޯށްގެން އެއަރބޭސްގެ ފާރުމަތިންނެވެ. އަދި އެމީހުން ހަމަލާދިނުމަށް ބޭނުންކޯށްފައިވަނީ އެންމެ ފަހުގެ ހަތިޔާރުކަމަށް ރިޕޯޓުތަކުން ބުނެއެވެ.
2 Responses
Mikankamune gaboolekuravea hageehathakee thiya thanthanuga thibbava ofsarunenakee varavvass faruvakuda bodumusaara nagaigan zimma nunaga makaraheelathune ulhabayakane
ތިވެސް ވެދާނެ އެމެރިކާގެ އަތެއް އޮވެގެން ނުވަތަ އިންޑިޔާގެ ކަމަކަށް. މުޅި ދުނިޔެ ހިލުވާލެވެންދެން އެމެރިކާގެ ބަލާވެރިކަން ފުޅާކުރާނެއެވެ. އެމީހުނަށް ޢާމްދަނީ ލިބޭ އެންމެ ފައިދާހުރި ކަމަކީ ބޮޑު ހަނގުރާމަޔެއް ކޮށްލާ ކޮންމެވެސް ގައުމެއް ފުނޑާލުމެވެ. ބަލަން ތިބޭށެވެ.