ފަލަސްތީނު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ފެނޭތޯ؟

Loading

Facebook
Twitter
WhatsApp

ގާޒާއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އަމިއްލަ އާއިލާއާއި، ގެދޮރާއި، ބިންތައް ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ސަރުކާރުން ދިވެހި ރައްޔިތުކަން ދިނުމަށް އެއްބަސްވާނެހެއްޔެވެ؟

ދިވެހިރާއްޖޭގެ ގިނަ ރަށްރަށަކީ ފަޅުގޭގެ ގިނަ ރަށްރަށެވެ. ގެދޮރު ދޫކޮށް އެ ގޭގޭގެ ވެރިން ހުޅުމާލެއަށް ހިޖުރަކޮށްފައިވުމާއެކު، މި ގޯތިތައް މިއަދު ހުރީ ފަޅަށެވެ. 

މުސްލިމުންނަށް ވެތިބެ، ފާއިތުވެދިޔަ 60 އަހަރުދުވަހު ހާލުގައި ތިބި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުންތުންނާއެކު މާތްރަަސްކަލާނގެ ރަޙްމަތްފުޅުން ދިވެހީންނަށް ލިބިފައިވާ ނިޢުމަތްތައް ހިއްސާކުރުމަށް މިއީ ރަނގަޅު ފުރުސަތެކެވެ. 

ފަލަސްތީނުގެ ރައްޔިތުންނަކީ ތަޢުލީމީ ބައެކެވެ. އެގައުމު ހިޞާރުކޮށް ވެރިވެގަނެގެން އުޅޭ ފަލަސްތީނަށް ގޮންޖަހާލެވޭނެ ހަމައެކަނި ގޮތަކީ ދަރީންނަށް ތަޢުލީމު އުނގަންނައިދިނުންކަން ފަލަސްތީނު މައިންނަށް ރަނގަޅަށް އެނގެއެވެ. މިގޮތުން އިސްރާއީލުން ބޭރުކޮށްލާފައިވާ އެތައް ފަލަސްތީނު ރައްޔިތުންނެއްވަނީ އެމީހުން ވަޒަންވެރިވެ މިހާރު ދިރިރުޅޭ އަވަށްޓެރި އެކި ގައުމުތަކުގައު ސިއްޙީ، އަދި ތައުލީމީ ދާއިރާތަކުން ޚިދުމަތްކޮށް ފައިތިލަ ސާބިތުކޮށްފައެވެ. 

ވިސްނާ ބައްލަވާށެވެ. ފަލަސްތީނު ރައްޔިތުން އެމީހުންގެ އެތައް އަހަރުތަކުގެ ބުރަ މަސައްކަތުން ގޭގެ ބިނާކުރާއިރު، އިސްރާއީލުން ދޭ ވައިގެ ހަމަލާތަކުގައި އެގެތަށް ބިމާއި ހަމައެކޮށްލަނީ ހަމަ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ދެންވެސް އެގެތަށް އަލުން ބިނާކުރުމުން ޖެހިގެން އަންނަ ރަމަޟާން މަހުގައި އެއިމާރާތްތައް ސުންނާފަތި ކޮށްލަފާނެއެވެ. ފާއިތުވި ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ގާޒާއަށް ބޮމުގެ ހަމަލާތައް އަމާޒުކުރާ މަންޒަރު ނުދެކެމުތޯއެވެ؟

މިހާރު އިސްރާއީލުން އެދަނީ މިޞްރުގެ ބޯޑަރާއި ގާތުން ގާޒާގެ އުތުރަށް އޮންނަ ސަރަހައްދަށް އެތައް މިލިއަން ފަލަސްތީނު ރައްޔިތުން ބޭރުކޮށްލުމަށް މަސައްކަތްކުރަމުންނެވެ. 

އެހެންވީމާ، ފަލަސްތީނުގެ ރައްޔިތުންނަށް، އަދި ހާއްސަކޮށް ކުޑަކުދިން ގޮވައިގެން އުޅޭ މައިންނަށް ދިވެހި ރައްޔިތުކަންދީ މިތަނުގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުން ކިހިނެތް ވާނެ ހެއްޔެވެ؟

ދިވެހި އާއިލާތަކުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އާއިލާތައް ސްޕޮންސަރކުރުމުގެ ފުރުސަތު ވެސް ހޯދައިދެވިދާނެއެވެ. އަދި މިގޮތަށް އަންނަ ދެގައުމުގެ ރައްޔިތުކަން އޮންނަ ފަރާތްތަކަށް ސްޕޮންސަރ ކުރާ އާއިލާތަކުން އެހީތެރިވެވިދާނެއެވެ. 

ގެދޮރު ގަނެ މިލްކުކުރުމުގެ ކުޅަދާނަކަން ހުރި ދިވެހިރައްޔިތުކަން އޮންނަ ފަލަސްތީނުގެ އާއިލާތަކަށް، އެފަރާތްތަކުން ވަޒަންވެރިވާ ރަށްރަށުގައި ހުންނަ ފަޅު ގޭގެ ގަތުމުގެ ފުރުސަތު ހޯދައިދިނުމުން ރަށްފުށަށް އާރޯކަން ގެނުވައިދީ، މުޖުތަމަޢުގެ ތެރޭގައި އައު ފުރުސަތުތައް އާލާވެގެންދާނެކަމަށް ގަބޫލުކުރެވެއެވެ. 

ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސް އެންޖީއޯގެ ދެ އޮފީސް ގާޒާގައި ހުންނައިރު، މި ޖަމިއްޔާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ތައުލީމާއި ސިއްހީ ޚިދުމަތް ފޯރުކޯށްދޭ ޖަމިއްޔާއެކެވެ. ގާޒާގެ އެހެންނިހެން ޖަމިއްޔާތަކާއި، އާންމުންނާއެކު ރަނގަޅު ގުޅުމެއް އޮންނަ މި ޖަމިއްޔާއަކީ އެގައުމުގެ ހާލަތާއި، އާއިލާތަކާއި ޔަތީމުންނާއި ބެހޭ ހުރިހާ މައުލޫމާތެއް ސާފުކޮށްދެވޭވަރަށް އެނގޭ ބައެކެވެ. 

ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސްގެ ތަމްސީލްވެރިޔާ، މުއާދް މުޙައްމަދު ޒަކީ ވިދާޅުވެފައިވާ ގޮތުގައި ދިވެހި ސަރުކާރުން ފަލަސްތީނު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ތައްޔާރުނަމަ، އެޖަމިއްޔާގެ އޮފީސްތަކުން އެކުވެރި ދައުލަތާއި ދިވެހި ސަރުކާރާއި ގުޅިގެން އެކަން ހާސިލުކުރުމަށް މަސައްކަތްކުރަން ތައްޔާރަށް ތިބިކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ސަރުކާރުން ގާޒާގެ 1000 ފަލަސްތީނު ރައްޔިތުންރަށް އެހީތެރިވެދިނުމަށް ދިވެހި ރައްޔިތުން އެދިއްޖެނަމަ، މިހާރުވެސް އެފަދަ ލިސްޓެއް ހުށައެޅޭނެ ކަމަށެވެ. 

އެހެންނަމަވެސް، މިފަދަ ނިންމުމެއް ނިންމާއިރު، މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް މަންފާކުރަނިވި ނިންމުމެއްކަން ޔަގީންކުރަންޖެހެއެވެ. މިގޮތުން، ފަލަސްތީނުން ދިވެހިރާއްޖެއަށް ހިޖުރަކުރާ ރެފިއުޖީންނަށް ޚަރަދުކުރުމަށް ބޭރުން ފައިސާ ހަދިޔާކުރެވޭނެ ނިޒާމެއް އެކުލަވާލެވިދާނެއެވެ. 

ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސް އިން ގަބޫލުކުރާގޮތުގައި ސަތޭކައެއްހައި ރެފިއުޖީންނަށް މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ދިރިއުޅުމުގެ ފުރުސަތުދީ، އެހެން ފަރާތްތަކަށް އެންޖީއޯގެ އެހީތެރިކަމާއެކު ރާއްޖެތެރޭގެ ރަށްރަށުގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދެވިދާނެއެވެ. އަދި ޔަތީމުންނަށްޓަކައި، މި ޖަމިއްޔާގެ އެދުމަކީ ދިވެހި ސަރުކާރުން އެ ޖަމިއްޔާއާއި އެކުވެރި ދައުލަތާއި ގުޅިގެން މިފަދަ ކުދީން ރަނގަޅު އާއިލާތަކާއި ހަވާލުކޮށް، އެކުދީންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ހޯދައިދިނުމެވެ. މިކުދީންނަކީ ހިތްދަތި، ނިކަމެތި ހާލަތްތައް ދެކެ، ތަހައްމަލްކޮށްފައިވާ ކުދީންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި މައިންބަފައިނާއި، އާއިލާއާއި، ތިމާގެ މީހުން ގެއްލިފައި ތިބި ކުދީންނެވެ. 

މިއީ ދިވެހީންނަށް އޮތް ފުރުސަތެއްކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވާނެއެވެ. ބޭނުންވަނީ ނުގުޑާފަދަ ހިތްވަރަކާއި، ސިޔާސީ ސާބިތުކަމެވެ. މާތްރަސްކަލާނގެ އަޅުތަކުން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވާނެއެވެ.

Loading

16 Responses

  1. އިންޑިއާމީހުންބޭރުކޮއްފަފަލަސްތީނުމިހުނައްވާޒީފާދޭންވީ އަދި ފަލަސްތީނުޔަތީމްކުޑަކުދިންނައްރާއްޔިތުކަންދޭންވީ އެޑަޕްކުރާނެ މީހުން ވާވަރަކައް ،އެކަމަކު ފަލަސްތީނު ދޫކޮއްދިއުމަކީ އެބިންގަހޫދިންނައް މިކްކުވުންކަނުގަވާނެ އެމީހުން ބޭނުންވަނީ އެގޮތް ބިންހުސްކޮއްލަން،ދައވެހިކަންދޭ ކޮންމެ ކުއްޖަކަށް ގަބޫދީއެއް ގަތުލުކޮއް އެމީހުންގެ އާބާދީވެސް މަދުވާނިޒާމެއް ބޭނުންވާނީ

  2. ތިޔައީ ވ ރަނގަޅު ފުރުޞަތެއް. ﷲގެދަރުމަޔާއި ސަވާބަށް އެދި އެތައް ސަތޭކަ ބަޔަކު ތިކަމަށް މަރުހަބާކިޔާނެ. އެއީ ހަމަ އަހަރުމެންގެ ބައެއް. މުއުމިނުންނަކީ އެއްބަނޑުއެއްބަފާ އަޚުންތަނެއް. ތިކަމުގައި ރަގަޅު މެކޭނިޒަމް އެއް ޤާއިމް ކޮށްފަ އެމީހުންނަށް މުސްތަޤްބަލް ހޯދާދޭންވީ

  3. ތިޔައީ ޢިސްރާއީލް އިން ބޭނުންވާ ގޮތް، ފަލަސްތީން ރައްޔިތުން ބޭނުންވަނީ އެހެން ގައުމެއްގަ އުޅޭކަށް ނޫން. އެމީހުން ބޭނުމެއް ނުވޭ ގާޒާ ވެސް ފަޅުކޮށް ފަލަސްތީންގެ އިސްރާއީލް އިން އަތުލާފާވާ ހިސާބުތަކުގެ ތެރެއަށް ގާޒާގެ ނަން އިތުރުވެގެން ދާކަށް. ގާޒާ އަށް އެހީ ޥުނަށް ކުރެވޭނެ އިތުރު ބައިވަރު ކަންކަން އެބަ ހުރި

  4. މުސްލިމުންގެ ބިންތަކުން ކޮންމެ މުސްމުލިމަކައްވެސް ފުރުސަތު ދޭންޖެހޭނެ އެފަދަ ހާލަތެއްމެދުވެރި ވެއްޖެނަމަ ކޮށްމެ މުސްލިމަކީ ކޮށްކޮ ދައްތަ ނުވަތަ ބޭބެއިން ފަދައިން ވާބައެއް!

  5. ރަނގަޅު ޚިޔާލެއް މަނަމަވެސް ރާއްޖެ ތެރޭގައި ދިރިއުޅޭ ރަށްޔިތުން ގެދޮރު ފަޅުކޮށްފަ ހުޅުމާލެ އަށް ހިޖުރަ ކުރާ ވާހަކަ ދައްކާއިރު މާލޭގެ މީހުން ގެދޮރު ފަޅުކޮށްފަ ރާއްޖޭން ބޭރަށް ހިޖުރަ ކުރާ ވާހަކަ ދަންނަވާލަން ނުކެރުނީތީ ހިތާމަ ކުރަން ނަމަވެސް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއިމެދު އުފާކުރަން އަދި ތިމަށްސަލަ ގަރާރެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާ ގޮތެއް ނިންމުން މުހިންމު

  6. ސަރުކާރުން އެފުރުސަތު ނުދިނަސް ދިވެހި ފިރިހެނުން ނަށް ފަލަސްދީން އަންހެން ކަބަލުންނާ ކައިވެނި ކޮށްގެން އެކަބަލުންގެ އާއިލާތައް ރާއްޖެ ގެނެވިދާނެ އެވެ. މިފުރުސަތު ރާއްޖޭގެ ފިރިހެން ބޭފުޅުން ނައް ފަހިކޮށް ދެއްވުމަށް ތިޖަމިއްޔާތަކަށް އަޅުގަނޑު ގޮވާލަމެވެ.

  7. މޮޔަ ބޮލަށް އަރައިގެން އުޅޭ ގިތެލެއްހެން ނޫޅެބަލަ. ފަލަސްޠީނުގެ މީހުން ނޫޅޭ އެހެންބަޔަކަށް ބަރޯސާވެ ބިމުގެ ދަހިވެތިކަމެއްގައެއް. ތިޔަ ނޫސްވެރިޔާގެ ހިއްވަރެއް ހުރިއްޔާ ފަލަސްޠީނު މީހުންނަށް އެބައިމީހުންގެ ބިން މިނިވަންކޮށް އެބައިމީހުންނަށް އަމާންކަމާ ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދީބަލަ. ގުދޯގުދޯ ގޮވައިގެން ކަމެއްވާނެނަމަ މިހާރުވެއްޖެއީސްތާދޯ؟

  8. ލ.ކުނަހަންދޫގެ ބިންވަނީ ފަލަސްތީންގެ ރައްޔިތުންނަށް ހުސްކުރެވިފަ ، 40 އާއިލާއަށް މިބިމުގާ އުޅެވޭނެ.

  9. ވަރަށް ޒިންމާދާރުކަން ކުޑަ ،
    އެހެނަސް ، ތިޔަ ލިއުއްވުމުން ދެކަމަކަށް މަގުފަހިވެއެވެ ،
    ފުރަތަމަ ކަމަކީ ، ދިވެހިންނަށް ބޮޑު ގައުމީ މައްސަލައަކަށް ވެފައިވާ ކަމަކަށް މަގުފަހިވެގެން ދިއުމެވެ ،
    ޚަބަރުފަތުރާ އެކިއެކި ވަސީލަތްތަކުން ހާމަކުރާ ގޮތުގައި ގާނޫނީ ހައިސިއްޔަތެއްނެތި އަވަށްޓެރި ގައުމެއްގެ ރައްޔިތުން ތަކަކަށް ދިވެހި އައިޑީކާޑް ހަދައި ދީފައިވާ ކަމަށެވެ ،
    ތިޔަލިއުމުން ބާރު ލިބެނީ ،
    ގާނޫނީ ގޮތުން ވުޖޫދު ނުވާކަމެއް ގައި ،
    ދައުލަތުގެ ރަސްމީސިފަ ޖައްސައިދީގެން އުޅޭބަޔަކަށް ،
    ނުރަސްމީ ރަސްމީ ކުރުމަށްޓަކައި ބަސް ބުނުމުގެ
    ފުރުސަތު ލިބުމެވެ ،
    އެއީ ބޮޑުވެގެންވާ ގައުމީ މައްސަލައެކެވެ ،

    ދެވަނަ ކަމަކީ ، ދިވެހި ގައުމިއްޔަތާއިހެދި ތިން ބަޔަކު
    ހަނގުރާމަ ކުރުމަށް މަގުފަހިކޮށް ދިނުމެވެ ،
    ދިވެހިންނާއި ،
    ވާނުވާގެ ތެރެއިން އައިޑީކާޑް ހަދައި ދީފައިވާ މީހުންނާއި ،
    ގައުމީ މަސްލަހަތަށް ބެލުމެއްނެތި ތިޔަ ލިއުއްވި ޒިންމާދާރުކަން ކުޑަ ލިއުމުގައި ބަޔާންކޮށްފައިވާ ގައުމުގެ މީހުންނެވެ ،
    ނަތީޖާއަކަށް ވެގެންދާނީ ،
    ދިވެހިރާއްޖެ ދެވަނަ ފަލަސްތީނަކަށް ވެގެން ދިއުމެވެ ،
    ޝުކުރިއްޔާއެވެ ،

  10. މީ ވިޔާނުދާ ޚިޔާލެއް. ކުރުގަތަށް ތިކަމަށް ދިވެހިންނަށް އެހީތެރިވެވިދާނެ ގޮތެއް ތިނޫނަސް އެބައޮތެވެ. ތިޔަ ޚިޔާލަކީ ފަހުގެ ޖީލުތަކަށް ނުހަނު ނުރައްކާ ޚިޔާލެކެވެ. ފަލަސްތީނުގެ ޔަތީމު ތުއްތު ކުދިނަށް މިރާއްޖޭގައި ތަޢުލުދެވިދާނެ، ސަރުކާރާއި، އަމިއްލަ ފަރުދުން ބައިވެރިވެގެން، ރައްވެހިކަން މުޠުލަގުކޮށް ދިނުމަކީ، ޤައުމަށާއި، އަންނާންއޮތް ޖީލުތަކުގެ ބޮލުގައި އެޅުވޭ ނުހަނު ބިރުވެރި ބޮޑު ބުރައެކެވެ. ބޭނުންވާ ކަންކަން ކުރަން ވިސްނަން ޖެހޭނީ ނިކުމެދާނެ ހުރިހައި ނަތީޖާއަކަށް ވިސްނާ ފިކުރުކޮށްފައެވެ.

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް