މިފަހަރު ވެސް ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖާބިރު ވާދަ ކުރައްވާނެ

Loading

October 18, 2023
sandhaanu news
Facebook
Twitter
WhatsApp

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ. 

ޖާބިރު މިހެން ވިދާޅުވެފައި ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން ޖާބިރު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލައި، ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެ ދާއިރާއަށް ކުރިމަތިލައްވާނީ މި ވަގުތު އޭނާ ހުންނެވި އެމްޑީޕީގެ ޓިކެޓުގައި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. 

އެގޮތުން މިހާރުވެސް އިންތިޚާބުގެ ޕްރައިމަރީއަށް ކެމްޕެއިން ފަށާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ވަމުން އަންނަ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. 

އެމްޑީޕީއަށް ގޮނޑި ލިބެންއޮތީ ވެސް އޭނާ ވާދަކުރައްވައިގެން ކަމަށް އެޕާޓީއަށް ނިސްބަތްވާ މެންބަރުން ވެސް ދެކެވަޑައިގަންނަވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ގާފަރު އަދި ކާށިދޫ ދާއިރާގެ ހުރިހާ ބޭފުޅުންވެސް އެ މަނިކުފާނަށް ވޯޓު ދެއްވާނެ ކަމަށެވެ.

ކާށިދޫ ދާއިރާއަށް ރަނގަޅު ގޮތް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެ ދާއިރާގެ ރައްޔިތުންނަށް ހެޔޮގޮތް އެދޭ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ކާށިދޫ ދާއިރާގެ ރައްޔިތުން ދޫކޮށް ވަޑައިނުގަންނަވާނެކަން އެ ދާއިރާގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖާބިރު ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއަށް މަރުހަބާ ދަންނަވައި އޭނާގެ ފުރިހަމަ އެއްބާރުލުން ޑރ.މުޢިއްޒަށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. 

Loading

2 Responses

Leave a Reply to ބަލަދުވެރިޔާ Cancel reply

ފަހުގެ އަޕްޑޭޓް