ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލެޓްފޯމެއް ޤާއިމު ކުރަން ޖެހޭ: އިމްރާން

Loading

October 15, 2023
sandhaanu news
Facebook
Twitter
WhatsApp


އިޒްރާއިލާއި ފަލަސްތީނުގެ ދެމެދުގައި ބަދަލު ކުރެވެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ދިވެހިން އެކުވެގެން މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

އިމްރާން މިހެން ވިދާޅުވެފައި ވަނީ ފަލަސްތީނަށް އެހީ ވުމަށްޓަކައި ކުރެވެން ހުރި ކަމެއް ކުރުމަށް ގޮވާލާ ރޭ އަދާލަތު ޕާޓީން ނެރުނު ޤަރާރާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

މި ޤަރާރު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް  ހުށަހެޅުއްވީ އިލްމުވެރިންގެ ގުޅުމުގެނައިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފެވެ. 

އެގޮތުން އަދާލަތު ޕާޓީން ނެރުނު ޤަރާރުގައި ވަނީ މި ވަގުތު ފަލަސްތީނުގައި ހިނގަމުންދާ ޣައިރު ޤާނޫނީ އުދުވާންތަކުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލާފައެވެ.

ސަހްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ވަޒަނަށް ރުޖޫއަވުމަށް ފުރުސަތުދީ، އެމީހުން އެދޭ ގޮތަށް ދައުލަތް ޤާއިމުކުރުމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އަދާލަތުގެ ޤަރާރުގައި ބުނެފައި ވެއެވެ.

އަދާލަތުން ބުނީ ޤާބިލްކަން ހުރި އެންމެ މަތީ މިންވަރަކަށް، މަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމަށެވެ.

ހަމަ އެހެންމެ ވަކިން ޚާއްޞަކޮށް މި ވަގުތު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޣައިރު ގާނޫނީ އުދުވާންތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށާއި މި މައްސަލައާ މެދު ދިވެހިން ހޭލުންތެރި ކުރުމަށާއި ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް އަދާލަތު ޕާޓީއަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ކުރުމަށް އަދާލަތުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ގޮވާލާފައެވެ.

މީގެ އިތުރުން އެ ޤަރާރާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ދިވެހިން ތިބީ ފަލަސްތީނާއެކުގައިކަން ހާމަކުރުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ ކަމަށެވެ. 

މިގޮތުން ގިނަ ދިވެހިން އެކުވެގެން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. 

އެހެން ކަމުން އަދާލަތުން ބުނީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްކިބާ ކޮށް ފަލަސްތީނަށް އެހީވުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި މިކަމާއި މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

އިމްރާން މިހެންވިދާޅުވިއިރު އިންޓަރނޭޝަނަލް އެއިޑް މޯލްޑިވެސް އިންނާއި އެހެނިހެން ޖަމްޢިއްޔަތަކުން ވަނީ މިދިޔަ ހުކުރުދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި  ޒައަނިސްޓް އިސްރާއީލާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަށް ކޮށްފައެވެ. އަދި އެކަށިގެންވާ ޢަދަދަކަށް ފައިސާއާއި ތަކެތީގެ ގޮތުން ދިވެހިން ވަނީ އެނހީތެރިކަން ފޯރުކޮށްދީފައެވެ.

ހުކުރުދުވަހުގެ އެއްވުންތައް ރާއްވަވާ ފަރުމާކުރެއްވި ނަންހާމަ ނުކުރަން އެދި ބޭފުޅަކު ވިދާޅުވީ ޢަދާލަތަކީ މިހާރު ސިޔާސީގޮތުންނާއި ހުރިހާގޮތަކުން ފޭލިވެފާވާ ބައެއްކަމެވެ. 

ވެރިކަމުގެ 5 އަހަރެއް ނިންމާލި އިރު އަމިއްލަގޭގައި ނުވަތަ އޮފީހުގައިވެސް ފަލަސްތީނުގެ ނިޝާނެއްވެސް ގެންގުޅިލާން ނުކެރިތިބި އަދި އެއްވެސް އެހީތެރިކަން ފޯރުކޮށްދޭންވެސް ބައިވެރިވެފައެއް ނުވާކަމަށެވެ.

މިހާރު ގަރާރާއި އެހެނިހެން ޚަބަރުތައް އެނެރެނީ ސިޔާސީ ގޮތުން އަދިވެސް ނިއުސް މީޑިޔާގައި ފޮޓޯދެއްކުމަށާއި ދެއްކުންތެރި ކަމަށްޓަކާ ކަމަށެވެ.

Loading

2 Responses

  1. މުޅިން ދެއްކުންތެރިކަން. މިހާރު ދެން ވަރަށް ދީނޭ ގައުމޭ ފަލަސްތީނޭ ގޮވާނެއެވެ. ވެރިކަމުގެ 5 އަހަރުގައި ގެރިއަށް އަޅުކަންކުރާ އިންޑިޔާގެ ވެރީންނާއި ޔަހޫދީ އިޒްރޭލު ސަރުކާރާ ދެބަނޑު ޖައްސާ ބެއްދީ.

Leave a Reply to މަންމަނު Cancel reply

ފަހުގެ އަޕްޑޭޓް