ހަމާސްއިން އިސްރާއީލުގެ ކޮމާންޑަރު ނިމްރޯދް އަލޯނީ އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

މިހާރު ކުރިއަށްދާ ހަނގުރާމާގައި ހަމާސް ޖަމިއްޔާއިން އަތުލައިގަތް ގިނަ އިސްރާއީލު ސިފައިންގެ ތެރޭގައި އިސްރާއީލުގެ ކޮމާންޑަރެއް ކަމަށްވާ ނިމްރޯދް އަލޯނީ ވެސް ހިމެނޭކަމަށް ޚަބަރުތަކުން ބުނެފިއެވެ. 

މިއީ ވަރަށް ބޮޑު ކަމެއް. އިސްރާއީލަކީ ބޮޑު އަސްކަރިއްޔާއެއްގެ ވެރި ގައުމެއް. މީގެއިން އެނގެނީ މިފަދަ ހަމަލާއަކަށް އިސްރާއީލުން ތައްޔާރުވެފައި ނެތްކަން. އަދި މީގެއިން ހަމާސްގެ ހަގީގީ އާރާއި ބާރުވެސް ދައްކާލައިފި.“ މަސްރަޙްބަލާ އެނެލިސްޓުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. 

ފަލަސްތީނުގެ ރެޒިސްޓެންސް ގްރޫޕުން އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާއިން ގިނަ ފަރާތްތައް ހައިރާންކޮށްލާފައިވާއިރު، ގިނަ އަރަބި ގައުމުތަކުން ފަލަސްތީނު ރެޒިސްޓެންސައް ތާއީދުކޮށް އެއްބާރުލުން ދީފައެއް ނުވެއެވެ. ސައުދީ އަރަބިއާއިން މިހާރުވެސް ތިބީ އިސްރާއީލާއެކު އެކުވެރިކަމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ މަގުމަތީގައެވެ. 

Loading

One Response

Leave a Reply to ދިވެހި ރައްޔިތުން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް