ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވެއްޖެ

Loading

September 18, 2023
profile
Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްކަމަށް އެމްޑީޕީން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގައި ތިންވަނަ ހޯދި ދަ ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީއަށް ހުށަހަޅައިފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވީ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ކުރިއަށް އޮތް ހަފުތާތެރޭގައި ވޯޓެއް ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިޚާބަށް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

ނަމަވެސް ދެވަނަ ބުރަށްފަހު ޑިމޮކްރެޓްސްއިން ހުށަހަޅާ ތާރީޚެއްގައި ނިޒާމީ ވޯޓެއް ނަގަން ތާއީދު ކުރައްވާނެ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

މި އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ކުރިއަށްދާނެ ގޮތެއް ނުނިންމައެވެ. އެ ޕާޓީން ވަނީ މިރޭ ގޮތް ނިންމާނެ ކަމަށް ބުނެފައެވެ.

Loading

2 Responses

  1. ވެރިކަމަކީ ދޫކޮށްލެވޭވަރަށް ވުރު މަންފާ ބޮޑު ކަމެކެވެ. ވީމާ ނޮކްއައުޓަށް ކުޅެ މީހެއްގެ ދުވަސްދިޔަސް އޯކޭ ވަރުކުރަންޖެހެއެވެ. ނަޝީދަށް ދެވުނު ޙަމަލަޔާމެދުވެސް ވިސްނާލީމާ އެނގެއެވެ. މާލޭގައި އެތައްބަޔަކު އެބައުޅެއެވެ. ބޮމެއްގޮއްވާލައިގެން މަރާލާކަށް ނޫޅެއެވެ. ދޯ؟

  2. ނަޝީދަށް ދިން ހަމަލާއަކީވެސް އަމިއްލަ ރޭވުމަކަށް ވެސް ވެދާނެ މީހުންގެ ހަމްދަރުދީ ހޯދަން ، ކުރަން އުޅުނު ވަރަށްވުރެ ބޮޑުވަރުވީ ކަމަށްވެސް ވެދާނެ ,
    އެކަން އެނގުނީވެސް އޭނާގެ އެންމެ ގާތް މީހާއަށް އަދި ޕޮލިހަށް އަންގަން ޖެހޭ ކަމެއްގަ ބޮލުން ނައްޓާ ލާ މާރިޔާާއާގުޅީ އެވަރުން ފުއްދީކީނޫން ސެކިއުރިޓީން ގެ ބަހަށް ނުބަލާ އަބަފު ކުރިއަރައިގެން ދުވަނީ

Leave a Reply to ޙަސަން މުފީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް