ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ޚިލާފަށް ސިޔާސީ އެއްވެސް ބޭފުޅަކު ހައްޔަރުކޮށްފައިނުވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ރޭ ބޭއްވި ސަންގު ރިޔާސީ ބަހުސްގައި ވަނީ ޔާމީންގެ ދައުރުގައި ސިޔާސީ ލީޑަރުން ޖަލަށްލުމާ ގުޅޭ ގޮތުން މުޢިއްޒުއާ ސުވާލުކޮށްފައެވެ.
މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ބޭފުޅަކު ހައްޔަރުކޮށް ބަންދުކޮށް އަދަބުދެވިފައެއް ނުވާނެ ކަމަށެވެ. އަދި އޭރު ކަންކުރީ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“އެއްވެސް ބޭފުޅަކު އޭރުގަ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގާނޫނުއަސާސީއާ ޚިލާފަށް ހައްޔަރުކޮށް ބަންދުކޮށް އަދަބުދެވިފައެއް ނުވާނެ. ގާނޫނީ އުސޫލުތަކުގެ ތެރެއިން ޝަރުއީ ދާއިރާއިން ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރެވިފައިވާ ތަނެއް ނޯންނާނެ.“ މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުންނެވި ބޭފުޅެއް ނަމަވެސް އާންމު ރައްޔިތެއް ނަމަވެސް ކުށެއް ކޮށްފިއްޔާ ގާނޫނުއަސާސީގައި އޮންނަ ގޮތުގެ އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
One Response
މައުމޫން 7 މަސް ވަންދެން ޖަލުގަ ބެހެއްޓިއްޔޯ؟