ހަތަރުގައުމެއްގެ ސަފީރުން ނައިޖަރުން ފައިބަން 48 ގަޑިއިރުގެ މުހުލަތެއް

Loading

Facebook
Twitter
WhatsApp


ސީ އެން އެން އިން ޚަބަރު ދީފައިވާގޮތުގައި ނައިޖަރުގައި އުފައްދާފައިވާ މިލިޓްރީ ސަރުކާރުން ބޭރުގައުމުތައް ތަމްސީލުކުރައްވާ ހަތަރު ސަފީރަކު އެ ގައުމުން ފައިބާ ވަޑައިތަގުމަށް އަންގަވައި ހަމައެކަނި 48 ގަޑިއިރުގެ މުޙުލަތެއްދީ އެ ގައުމުގެ މިލިޓްރީ ރިޔާސަތުން އަންގަވައިފިއެވެ.

އެ ހަތަރު ގައުމަކީ އެމެރިކާއާއި ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތާއި އަދި ނައިޖޭރިޔާއެވެ. ނައިޖަރުގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ފަރަންސޭސީ ވިލާތުގެ ސަފީރު ސިލްވައިން އިއްޓޭ ނައިޖަރުގެ ޚާރިޖިއްޔާއަށް ވަޑައިގަތުމަށް ދެންނެވުމުން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

ހަމައެފަދައިން އަނެއް ތިން ގައުމުންވެސް ވަނީ ހުކުރުދުވަހު ނައިޖަރުގެ ޚާރިޖިއްޔާއަށް ހާޒިރުވުމަށް އިންކާރު ކޮށްފައެވެ. ފަރަންސޭސި ވިލާތުގެ ޢަމަލުތައް ހުންނަގޮތުންނާއި ސަފީރުގެ އިންކާރުކުރުމުގެ ސަބަބުން އޭނާއަށް ފޯރުކޮށްދޭންޖެހޭ ޑިޕްލޯމެޓިކް ޢިނާޔަތްތަކުން މިހާރު މަޙްރޫމް ކުރައްވާފައިވާކަންވެސް ނައިޖަރުގެ ޚާރިޖިއްޔާއިން މިހާރު އެއުރެންނަށް ވަނީއަންގަވައިފިއެވެ.

އެހެންނަމަވެސް ފަރަންސޭސި ޚާރިޖިއްޔާއިން ބުނެފައިވަނީ ފަރަންސޭސި ވިލާތުން ނައިޖަރުގެ މިހާރުގެ ސަރުކާރު ބަލާ ނުގަންނަ ކަމަށާއި އެ އަމުރުވެސް ބަލާ ނުގަންނާނެ ކަމަށާއި ސަފީރު އައްޔަންކުރައްވާ ފައިވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި ކަމަށެވެ.                  

ޕެރިސްއިން މަސައްކަތް ކުރަމުންގެންދަނީ ޖުލައި 26 ވަނަދުވަހު  ސިފައިން ގެނައި އިންގިލާބުގައި މަގާމުން ދުރުކުރެވިފައި ހުންނެވި ރައީސް މުޙައްމަދު ބެޒޯމްގެ ސަރުކާރު ރުޖޫއު ކުރުމަށެވެ. މިހާރުވެސް ނައިޖަރުގައި ފަރަންސޭސީންގެ ފަނަރަހާސް ސިފައިންގެ ފައުޖަކާއި އެމެރިކާގެ އެއްހާސް ސިފައިން އެ ގައުމުގައި ޙަރަކާތްތެރި ވަމުންގެންދާ ޖިހާދީންގެ ލަޝްކަރުތަކާއި ދެކޮޅަށް ހަނގުރާމަކުރަމުން ގެންދެއެވެ.              

މިދިޔަ ހުކުރު ދުވަހު ހެނދުނު އެފްރިކާގެ ގައުމުތަކުންވެސް ނައިޖަރުގެ މިލިޓްރީ ލީޑަރަށް ދަންނަވާފައިވަނީ މުޙައްމަދު ބަޒޯމީގެ ސިވިލް ސަރުކާރަށް ވެރިކަން ހަމަ މިހާރު ޙަވާލު ކުރުމަށެވެ. އެހެންނޫނީ ބާރުގެ ބޭނުން ކުރަންޖެހިދާނެ ކަންވެސް އަހަރެމެންގެ މޭޒުމަތީގައި އެބަ އޮތްކަމަށެވެ.                               

ކުރީގެ ރައީސް މުޙައްމަދު ބަޒޯމީ މިހާރު ހުންނެވީ އެމަނިކުފާނުގެ ރަސްމީ ގެކޮޅުގައި ބަންދު ކޮށްފައެވެ. މިލިޓްރީ ލީޑަރުން ބުނަމުން ގެންދަނީ އަހަރެމެން މިތިބީ ވާހަކަ ދައްކަން ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް ސިވިލް ސަރުކާރަކަށް ފުރުސަތު ލިބޭނީ ގައުމުގައި ހުރި ކަރަޕްޝަނާއި ފަސާދަ ހަންމަތަ ކުރުމަށްފަހުގައި ކަމަށެވެ. މަދުވެގެން ތިން އަހަރުދުވަސް ފަހުންކަމަށެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް