ދީނީ ފަރާތްތަކުގެ މެދުގައި ޑރ. މުއިއްޒަށް ބޮޑު ތަރުހީބެއް!

Loading

Facebook
Twitter
WhatsApp
Source: twitter.com/TeamMuizzu

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުއިއްޒު ނެރުމަކީ އިދިކޮޅު ސިޔާސީ ޕާޓީއަށް ފައިދާހުރި ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއީ ޑރ. މުއިއްޒަކީ ސަރުކާރުގެ ބާރު އެންމެ ގަދަކަމަށް އެފަރާތުން ދައުވާކުރަމުން ދިޔަ މާލޭގެ ސަރަހައްދުން ވާދަކޮށް، މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ގިނަ ބައެއްގެ ތާއީދާއެކު ހޮވިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ، ޑރ. މުއިއްޒަކީ ފަރުދީ ހައިޞިއްޔަތުން ބަލާއިރުވެސް، އިދިކޮޅު ސިޔާސީ ކޯލިޝަން، ޕީޕީއެމް އަދި ޕީއެންސީ އިން ކުރިއަރުވައި ހެޔޮ ބަދަލުތައް ދިވެހިރާއްޖެއަށް ގެނެސްދިނުމުގެ ޤާބިލްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މީގެއިތުރުން، ޑރ. މުއިއްޒަކީ ދިވެހިރާއްޖޭގޭ ދީނީ ފަރާތްތަކުން ބަލައިގަންނަ ޝަހުސީ ބޭފުޅެއްވެސް މެއެވެ.

ދީނީ މުޖުތަމަޢުގެ ގިނަ ފަރާތްތަކުގެ ވޯޓު ޑރ. މުއިއްޒަށް ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، ވަކި ޕާޓީއަކަށް ރަޖިސްޓްރީ ނުވާ އާންމުންގެ އެތައް ބަޔަކުގެ ވޯޓު ޑރ. މުއިއްޒަށް ލިބޭނެކަމަށް ބެލެވެއެވެ. އަދާލަތު ޕާޓީއިން މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ކޮށްފައިވާ ތާޢީދާއި، ގެންގުޅެފައިވާ ”އާދެ، މަ ސާޙިބް“ ސިޔާސަތާއި އެޕާޓީގެ ގިނަ މެންބަރުން ދެކޮޅު ހަދާއިރު، އަދާލަތު ޕާޓީގެ ގިނަ މެންބަރުންގެ ތާއީދުވެސް ޑރ. މުއިއްޒު ހޯއްދަވާނެކަމަށް ލަފާކުރެވެއެވެ.

ރައީސް ޞާލިޙުގެ ”އެންމެ ފުރަތަމަ އިންޑިއާ، އަދި އިންޑިއާ އެކަނި“ ސިޔާސަތުތަކަކީ އިސްލާމްދީނަށް ހުރި ނުރައްކަލެއްކަމަށް ދިވެހި ފަރުދުން ދެކޭއިރު، ދީނީ މުޖުތަމަޢުގެ ތާއީދު އެނބުރުމަކީ ހައިރާންވާކަމެއް ނޫނެވެ. އަދި މިއަދާއި ހަމައަށްވެސް، އަދާލަތު ޕާޓީގެ އެއްވެސް ފަރާތަކުން އިންޑިއާގެ މުސްލިމުންނާ ދޭތެރޭ އެގައުމުން ކަންތައް ކުރަމުން އަންނަ އިހާނެތި ގޮތާމެދު ފާޅުގައި ދެކޮޅުވެރި ބަހެއް ބުނެފައެއް ނުވެއެވެ. މިއީ ދިވެހިރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރު ދައްކައިދޭ އެއް ހެއްކެވެ.

މިހުރިހާ ކަމަކަށް ރިއާޔަތްކޮށް، އަދި އިސްލާމީ އުސޫލުތަކާއި، އިސްލާމްދީނަށް ގައުމުގައި އޮތް ދަރަޖައަށް އަތުވެދާނެ ބަދަލެއްގެ ނުރައްކަލަށްޓަކައި، ދިވެހިރާއްޖޭގައި އިސްލާމްދީން އިތުރަށް ސާބިތުކުރުމަށްޓަކައި ރައީސްކަމުގެ މަގާމަށް ޑރ. މުއިއްޒު ގެނައުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.

Loading

One Response

  1. ދީނީމީހުންނަށް މީނަ ނޭގެނީއެވެ. ހައުސިންގ މިނިސްޓަރު ކަމުގައި ހުރިއިރު އަޅުގަޑުގެ އާހާބަރު ކަޑައެއް ދަމައިގަތީ މުޅިން މަކަރާ ހީލަތް ހަދައިގެން އެހެން ތަނެއް ބަދަލުގައި ދޭނެކަމުގައި ލިޔުންވެސް ދީފައެވެ. ތިޔައީ މުޅިން މަކަރާ ހީލަތުން މީހުންގެ ހައްގު ދަމައިގަންނަ މަކަރުވެރި މީހެކެވެ.

Leave a Reply to އަލީރަޝީދު ހުޅުމާލެ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް