ލައްކަ އަކަށްވުރެ މަތިން ފައިސާ ދެއްކޭނީ އޮންލައިންކޮށް: މީރާ

Loading

Facebook
Twitter
WhatsApp

އެއްލައްކަ ދިވެހި ރުފިޔާ އާއި ފަސް ހާސް ޑަލަރުން މަތީގެ ހުރިހާ މުއާމަލާތެއް އަންނަ މަހު އެކަކުން ފެށިގެން ހަމައެކަނި އޮންލައިންކޮށް ބަލައިގަންނަގޮތަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ( މީރާ) އިން ހަމަޖައްސައިފި އެވެ.

މީރާއިން ބުނީ ބޮޑެތި އަދަދުތަކުން ނެގޭ ފައިސާ އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެއްސީ ދިވެހިރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރުކުޑަކުރުމުގެ ގޮތުންކަމަށެވެ.

މީރާ އިން ބުނީ އަންނަ މަހުން ފެށިގެން ޓެކްސް ފައިސާ އާއި އެހެނިހެން ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން  އެއް ލައްކަ ރުފިޔާ އަދި ފަސް ހާސް ޑޮލަރުން މަތީގެ ހުރިހާ މުއާ މަލާތެއް ބަލައިގަންނަމުންދާނީ  އެކުންފުނީގެ އޮންލައިން ޕޯޓަލް މީރާ ކަނެކްޓް އަދި ވާރުޕޭ ޚދުމަތް މެދުވެރިކޮށް ކާޑު ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް މެދުކޮށެވެ.

މީރާއިން ބުނީ މި ބަދަލަކީ ފިނޭސް މިނިސްޓްރީން އަންގައިގެ ގެނައި ބަަދަލެއް ކަމަށެވެ.

މި ބަދަލު ގެނެވުނު ކަމުގައި ވިޔަސް އެ އޮތޯރިޓީއަށް އޮންލައިންކޮށް ދެއްކުން ލާޒިމް ކޮށްފައިވާ ފައިސާ ވެސް އަންނަމަހުން ފެށިގެން ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް ވެސް މީރާއިން ބުނެއެވެ.

އަދި އެ އޮތޯރިޓީއަށް ބަލައިގަންނަ އެންމެހައި ފައިސާ މީރާ ކަނެކްޓް ނުވަތަ ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޮށް ދެއްކޭނެ އިންންތިޒާމް ހަމޖެހިފައިވާއިރު ފައިސާ ދައްކަން ބޭނުންވާ ހުރިހާ ފަރާތްތަކުން އޮންލައިން ޚިދުމަތް ބޭނުންކުރުމަށް މީރާއިން އިލްތަިމާސް ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް