ޔާމީން އެންގެވި ނަމަވެސް އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްް/ޕީއެންސީގެ ސެނެޓުން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްް/ޕީއެންސީގެ ސެނެޓުން ފާސްކޮށްފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދު ހެނދުނު ވަނީ ހުކުމް އިއްވައިފައެވެ.

ސްޕްރީމް ކޯޓުން ހުކުމް ކުރީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ. އެ ހުކުމާ ގުޅިގެން ޕީޕީއެމްއިިން އިންތިޚާބު ބޮއިކޮޓްކުރަން ރައީސް ޔާމީން ޕާޓީގެ ލީޑާޝިޕަށް އެންގެވިއެވެ.

އެކަމާ ގުޅިގެން ލީޑާޝިޕުން ބޭއްވި ބައްދަލުވުމުގައި ނިންމި ގޮތަށް ސެނެޓުގައި ވޯޓެއް ނަގަން ބާއްވަން އުޅުނު ސެނެޓުގެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވެ ޒުވާބުތައް ހިނގިއެވެ.

އެނގިފައިވާ ގޮތުން އިންތިޚާބު ބޮއިކޮޓް ކުރުމާ ދެކޮޅަށް 67 ސެނެޓަރުން ވޯޓު ދެއްވިއިރު, ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 ސެނެޓަރުންނެވެ.

ރައީސް ޔާމީން ކުރިމަތިނުލެއްވޭ ހާލަތެއްގައި “ބެކަޕް ކެންޑިޑޭޓެއް“ ގެ ގޮތުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ނެރުނު ނަމަވެސް މުޢިއްޒަކީ މިހާރު ޕްލޭން “ސީ“ ކަމަށް ޕީޕީއެމްއިން ސްޕްރީމް ކޯޓުގައި ވަނީ ބުނެފައެވެ. ޕްލޭން “ބީ“ އަކީ ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.

ނަމަވެސް އެ ޕާޓީން ފަހުން ބުނީ ޕްލޭން “ބީ“ ނުވަތަ “ސީ“ އަކާމެދު ވިސްނާނީ ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން އެކަނި ކަމަށެވެ.

Loading

6 Responses

  1. Doctor muizzu akee ppm PNC in mivaguthu nereveyne emme thaaeed bodu candid date. Ehenass elections win kuran kureveyne kameh neiy Kan SC ge hukumu v. Saafu. Indigo Bali nukureveyne Kan.haama koffi.
    Vote ge beynumeh neiy.

  2. ޔަގީނުން އެނގޭކަމަކީ ޕީޕީއެމްގެ ސެކްރެޓެރީ ޖެނެރަލް ތޮލާލް އާއި ސަނާޙް، ހިސްތޯ، ދެޕާޓީ ހިންގަން ހުންނެވި ޢަބްދުއްރަޙީމް، އާދަމް ޝަރީޕް، ޝިޔާމުމެން ތިބެގެން ރައީސް ޔާމީނު ވިދާޅުނުވާ ޕްލޭން ބީ އެއް ހަދައި މޭޔަރ މުޢިއްޒު އާއި އާދަމް ޝަރީޕް ވާދަކުރާ ރޭހެއް ނުޖެއްސީސް ކަމެވެ. މިހާރު ތިއުޅްނީ ވެރިކަމަށް ދަހިވެތިވެފާ ތިބި ބަޔަކު ކުޓުވައިގެން ޔާމީނު ޖަލުގެ ގޮޅީގައި ހުންނަވަނިކޮށް ދެބަކުޓުވައިގެން ނޯޓެއް ގެނެސްގެނޭ ވިދާޅުވިޔޭ ކިޔާފަ ޖައްސައިގެން އުޅޭ ގޭމްއެކެވެ. މިހާރު ގިނަ މެމްބަރުން ތިބީ ޑރ. މުއިއްޒުގެ ފަހަތުގައެވެ. ދެން ހިލާލައިފިއްޔާ ޕާޓީގެ ދުވަސް ދާނެކަން ޔަގީނެވެ.

  3. 21 ދުވަސް ފަހުން ޔާމިނުގެ ވާހަކަ ދައްކާނެ މީހަކުނުހުންނާނެ. އެބަލާވެރިކަން ދިޔަޢެވެ.

  4. ޖަމީލު ކަލެޔަށް ނޭގޭތަ،؟ޔާމީނައް ފުރުސަތެއްނެތްކަން
    ހަމަ، ޓިކެޓް ކަށަވަރުވޭތޯ ތީނަގެ ހުރި ޖައްބާރުކަން ވިސްނަބަލަ، ޖަމީލް ކަލެއަށް ތަންދޮރު ނރެނގެނީކީ ނޫން ، އެކަމަކު މުޅި ޕާޓީ ގުނބޯ ހައްދަން. ތިއޮތީ ބޮނޑި ބޮވިފަ. އަދިވެސް މާ ވަކީލު ވެގަނެގެނ އުޅޭ ބޯހަލާކު .

Leave a Reply to ކަނޑުހުޅުދޫ، ޒަރީރު ފާރޫޤު Cancel reply

ފަހުގެ އަޕްޑޭޓް