ލޭ މައްޗަށް ދާނަމަ ކެވިދާނެ ބައެއް ތަކެތި

Loading

Facebook
Twitter
WhatsApp

ލޭ މައްޗަށް ދިއުން ނުވަތަ ބްލަޑް ޕްރެޝަރު މައްޗަށް ދިއުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. އެކި އުމުރުތަކުގެ މީހުންނަށް މި އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ.

ލޭ މައްޗަށް ދިޔުމުގެ ސަބަބަކަށް ވަނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަށިގަނޑުގައި އިންސިއުލިން ނުއުފެއްދޭތީ ނުވަތަ ހަށިގަނޑުގައި އިންސިއުލިން މާއްދާތައް ރަނގަޅަށް ބޭނުން ނުކުރެވޭތީއެވެ. ލޭގައި ގުލްކޯޒް ގިނަ ވުމަކީ ނުވަތަ ލޭމައްޗަށް ދިޔުމަކީ ގިނަ އަދަދެއްގެ މައްސަލަތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.

ލޭ މައްޗަށް ދިއުމުގެ މައްސަލައަކީ ކެއުންބުއިމުގެ ވައްޓަފާޅިއަށް ބަދަލެއް ގެނެސްގެންވެސް ޙައްލު ކުރެވިދާނެ މައްސަލައެކެވެ. އެގޮތުން: 

ލޮނުމެދު އަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

ލޮނުމެދަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގެ ރޮނގުން އިންސާނުން ބޭނުންކުރަމުން އައި އެއްޗެކެވެ. 

ލޮނުމެދުގައިވާ ފައިދާހުރި މާއްދާތަކުގެ ސަބަބުން ލޭގައިވާ އިންސިއުލިންގެ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ލޭ މައްޗަށް ދިޔުން މަދުކޮށްދިނުމަށް އެހީވެދޭ ކާނާއެއް ކަމަށް ލޮނުމެދު ވަނީ ވެފައެވެ.

ބަދަންވެސް އެހާމެ މުހިންމެވެ.

ބަދަނަކީ އޭގައި ގިނަ އަދަދެއްގެ ފައިދާތައް އެކުލެވިގެންވާ ކާނާއެކެވެ. ބަދަނުގެ ތަފާތު ބާވަތްތަކަކީ ގްލައިމެކްސް އިންޑެކްސް ހުންނަ މިންވަރު މަދުވުމުގެ އިތުރުން ޑައެޓަރީ ފައިބަރ އިން މުއްސަނދި ވެފައިވާ އެއްޗެހިތަކެކެވެ. އެހެން ކަމުން ލޭ މައްޗަށް ދާނަމަ ބަދަނުގެ ތަފާތު ބާވަތްތައް ކެއުން މުހިންމެވެ.

ތަފާތު ވައްތަރުގެ މޭވާތައް :

ގިނަ މޭވާއަކީ އޭގައި އެކުލެވިގެންވާ މަތީ މިންވަރުގެ ފެނާއި ފައިބަރ ގެ ސަބަބުން މޭވާގައި އެކުލެވޭ ފްްރުކްޓޯސް ނަމަކަށް ކިޔޭ ގުދުރަތީ ހަކުރުގެ މާއްދާތައް ބެލެންސް ކުރުވައެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ބްލޫބެރީ، މޭބިސްކަދުރު އަދި އާފަލުފަދަ މޭވާ ގަވާއިދުން ކެއުމަކީ ޓައިޕް2 ޑައެބެޓީސްއަށް ވަރަށް ފައިދާހުރި ކާނާތަކެކެވެ.

ކައްޓަލަގެ ބާވަތްތައް:

ކައްޓަލައަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ދިވެހިން އަމިއްލައަކަށް ހައްދައިގެން ބޭނުންކޮށް އުޅޭ، މީރު، ފައިދާހުރި ކެއުމެކެވެ. ކައްޓަލައަކީ ލޭ މައްޗަށް ދާ ނަމަވެސް ބޭނުންކުރަން އެންމެ އެދެވިގެންވާ ކާނާއެވެ. ކައްޓަލަ ކެއުމުގެ ސަބަބުން ގްލައިމެކްސް އިންޑެކްސް ދަށް ކޮށްދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް