މާބަނޑު ދުވަސްވަރު ގޭސްޓްރިކްވާ ސަބަބުތައް

Loading

Facebook
Twitter
WhatsApp


މާބަނޑު ދުވަސްވަރަކީ ތަފާތު އެތަކެއް އުނދަގޫތަކެއް އަންހެން މީހާއަށް ކުރިމަތިވާ ދުވަސްވަރެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދުން ނުވަތަ ވައިބޭރުވާ މިންވަރު އިތުރުވުމަކީ ވަރަށް އާންމު ކަމެކަން ވަރަށް ގިނަބައެއް ވަނީ އެކްސްޕީރިއަންސް ކޮށްފައެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދެން މެދުވެރިވަނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓަރޯން ހޯމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ. މިގޮތަށް ގޮހޮރުގެ މަސްތައް ދޫވެ، ހަމައަކަށް އެޅުމުން، ހަޖަމު ކުރުން ލަސްކޮށްލައެވެ. 

އެހެންވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު %30 އިތުރުވެގެން ދެއެވެ. މިހެންވުމުން ފަސޭހައިން ބަނޑުގައި ގޭސް އުފެދި، ބަނޑު ފުއްޕައި އަނގައިންނާއި ފުރަގަސްފަރާތުން ވައި ބޭރުވާގޮތްވެއެވެ.

މާބަނޑު މީހުން ވިހެއުމުގެ ދުވަސް ކައިރިވަމުންދާ ދުވަސްވަރު ގޭސް އުފެދެން މެދުވެރިވަނީ ބޮޑުވަމުން އަންނަ ރަހިމުން، ބަނޑުގެ އެތެރެއަށް ބާރުކުރުވައި ހަޖަމުކުރުން ލަސްކުރުވާތީކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. މޭ އެންދުން ނުވަތަ މެއިން ދިލަނެގުމާއި އަދި ބަނޑުހަރު ވުމަކީވެސް މިހެންވެ ދިމާވާ ކަންކަމެވެ.

ގޭސްޓްރިކް މައްސަލަތަކާއި ވައި ބޭރުވުން ފަދަ ކަންތަކުން ދުރުވުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެގޮތުން ކާބޯހައިޑްރޭޓްސް އެކުލެވޭ ބުއިންތަކާއި ދުރުވުމާއި ( ކެފެއިން ހިމެނޭ ބާވަތްތައް، ކޯކު ކަހަލަ ބުއިންތައް)، ފެން ބޯއިރު ހޮޅި ބޭނުން ނުކޮށް ތަށިން ފެން ބުއިމުގެ އިތުރުން އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި މަދުން ލުއިކޮށް ކެއުމަކީ ކުރެވިދާނެ ކަމެކެވެ.

އާންމުކޮށް ބަނޑުތެރޭ ގޭސް އުފެދެން މެދުވެރިވަނީ ބަނޑުގައި ޖަރާސީމް އުފެދުމުންނެވެ. އެހެން ދިމާވާން މެދުވެރިވަނީ ކާއެއްޗެހި ކެއުމުގައި އަވަސް އަރުވައިގަން ކެއުމުގެ ސަބަބުން ރަނގަޅަށް ކާއެއްޗެހި ހަޖަމު ނުވެ ހުރުމުގެ ސަބަބުންކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް