ކުޅިއަކީ ރަހައެއް ނޫން، އެއީ ތަދުވާ އިޙްސާސެއް

Loading

Facebook
Twitter
WhatsApp


މިރުހެއް ކެއުމުން ނުވަތަ ކޮންމެވެސް ހަވާލުދީ ބާވަތެއް ކެއުމުން ކުޅިވެއެވެ. ބައެއް މީހުން ”ކުޅިރަހަ“ މި ގޮތަށްވެސް ބޭނުންކޮށް އުޅެއެކެވެ. ނަމަވެސް ޙަގީގަތަކީ އެއީއެއް ނޫނެވެ. ކުޅިއަކީ، ރަހައެއް ނޫނެވެ. އެއީ ކުރެވޭ އިޙްސާސެކެވެ. ވާ ތަދެކެވެ.

ރަހަލުމަކީ އަނގައަށް އެއްޗެއްލުމުން ކުރެވޭ އިޙްސާސެކެވެ. އެހެނަސް އަނގައިގައި ހުންނަ ރަހަ ދެނެގަންނަ ”ރިސެޕްޓަސް“ އާއިއެކުގައި ކެމިކަލް ރިއެކްޝަންއެއް ކުރިއަށް ނުދަނީސް  ރަހައެއް ނުލާނެއެވެ.

އަނގައަށް ކާއެއްޗެއް ލާ ހިސާބުން ފެށިގެން އެ ރަހައެއްލާން ނިސްބަތްވާ ކެމިކަލްތައް ކުޅާއިއެކުވެ ގިރިގެން ރަހަ ހޮއިތަކަށް ގެންދެއެވެ. މި ކުދިކުދި ހޮއިތަކުގައި އަދިވެސް އިތުރު އެތައް ރިއެކްޝަންއެއް ހިނގުމަށްފަހު ދުލާއި ގުޅިފަހުންނަ ނާރުތަކުން ސިކުނޑިއަށް އެ މަޢުލޫމާތުތައް ފޮނުވައެވެ. އެއަށްފަހު ސިކުނޑިން މިއީ ކޮން ރަހައެއްކަން ދެނެގަނެއެވެ. ރަހަލާ ގޮތަކީ މިއީއެވެ.

ރަހަތައް ބެހިގެންވަނީ މައިގަނޑު ފަސްބަޔަކަށެވެ. އެއީ ފޮނި، ހުތް، ހިތި، ލޮނު އަދި އުމާމީ ނުވަތަ (ސޭވަރީ) އެވެ. މި ރަހަތައް ނޫން ރަހަލާ އެއްޗެއްސަކީ، މި ރަހަތައް އެކި ގޮތްގޮތުން، އެކި މިންވަރަށް އެކުވުމުގެ ސަބަބުން ދޭ ރަހަތަކެވެ.

ގަބޫލުކުރަން ޖެހޭ ޙަގީގަތަކީ އެއްވެސް އެއްޗަކުން ކުޅިރަހަ ނުލާނެ ކަމަށެވެ. އެއީ ކުޅިއަކީ ތަދުވާ އިޙްސާސެއް ކަމަށް ވުމުންނެވެ. 

ދުލުގައި ހުންނަ ރަހަ ދެނެގަންނަ ރިސެޕްޓަރސްތަކުން ރަހަ ދެނެގަންނަ ފަދައިން ދުލުގައި ހުންނަ ތަދު ދެނެގަންނަ ރިސެޕްޓަރސްތަކުން ތަދު ދެނެގަނެއެވެ. އަދި ’ކުޅި‘ އެއްޗެއް ކެއުމުން އަހަރެމެންގެ މި ދިފާއީ ނިޒާމު މަސައްކަތްކުރަން ފެށުމުން ނާރުތަކުން ސިކުނޑިއަށް މި މަޢުލޫމާތުތައް ފޯރުކޮށް ދިނުމުން ’ކުޅި’ވާ ކަމުގެ މެސެޖު ސިނކުޑިން ނަގައިގަނެއެެވެ. 

ނަމަވެސް އެއީ ރަހައެއް ނޫނެވެ. އެއީ ތަދުވާ އިޙްސާސްއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް