މިހާރަކަށް މުޒާހަރާ ތަކުގެތެރެއިން ފުލުހުން ހައްޔަރުކުރާ މީހުންގެ ކުޑަހުޅު ލަންބުވާލައި ކެތްނުކުރެވޭވަރުގެ އަނިޔާ ކަށިގަނޑަށް ކުރުމަކީ ވަރަށް ނުރައްކާތެރި ނުކިޔަމަންތެރި ގޭންގުތަކުގެ މީމީހުން ހައްޔަރުކުރާއިރު ދުނިޔޭގެ ބައެއް ޤައުމުތަކުގެ ފުލުހުން ޢަމަލުކުރާ ގޮތެކެވެ.
ނަމަވެސް ރާއްޖޭގައި ސިޔާސީ އެއްވުންތަކުން މީހުން ހައްޔަރު ކުރާކުރުމުގައި އެންމެ މީހަކު ބަންދައް ގެންދިއުމަށްޓަކައި ޑަޒަނެއްހާ އެސް އޯ ފުލުހުން މީހާގެގަޔަށް އަރައިގަނެ އެމީހާގެ އަތުގެ ކުޑަ ހުޅަށް ގަސްދުގައި ތަދުކުރުމަށްޓަކައި ތަދުވާގޮތަށް ކުޑަހުޅުން ލަންބާ އަނިޔާދިނުން ޢާންމުކަމަށް ހަދައިފިއެވެ.
އަދި ލޮލަށް ހަމަ ގަސްދުގައި ކަރުނަ ގޭސް ސްޕްރޭ ޖެހުމާއި ބާރަށް ގައިގާ ޖެހިގަތުމާއި މިނޫން ވެސް އަނިޔާވެރި ގޮތްގޮތަށް ހައްޔަރުކުރުމަކީ މިހާރުއާންމު ކޮށް ތަކްރާރު ފުލުހުން ކަންކުރަމުންދާ އަނިޔާވެރި ޢަމަލެއް ކަމަށް ފާހަގަވެއެވެ.
ފުލުހުން ގެ ފަރާތުން ނަންހާމަ ނުކުރާގޮތަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މައްސަލައަކީ ހޯމް މިނިސްޓަރ އާއި ކޮމިޝަނަރ އޮފް ޕޮލިސް ކަމަށެވެ.

އެހެނީ މިބޭފުޅުންނަށް މި މަންޒަރުތައް ލައިވްކޮށް ފެންނަމުން ދާއިރުވެސް އެއްވެސް ކަންބޮޑުވުމެއް ފައުޅުކުރައްވާ އެސް އޯ ފޯސްއަށް ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށް އިރުޝާދު ނުދެއްވާކަމެެވެ.
ރައީސް އިބަރާހިމްގެ ޅިޔަަނު ޕޮލިސްކަމިޝަނަރ އަކަށް ހުރުމުން ގޭގެ ކާ މޭޒުމަތީންވެސް އޯޑަރު ނެރެވޭކަމުގެ ޝަކުވާތައްވެސް ހާމަކުރެވިފާ ވެއެވެ. އަދި ހޯމް މިނިސްޓަރަކަށް ޝޭޚްއެއް ހުރުމުން ބަޔަކު ދެކެނީ އެމީހުންގެ ބައިވެރިވުމެއްނެތި އެސް އޯ ފުލުހުން ބައެއްފަހަރަށް ހައްދުން ނައްޓަނީ ކަމަށެވެ. މިއީވަރަށް ބޮޑަށް ޙަގީގަތާއި ދެކޮޅު ވިސްނުމެކެވެ.
މިއީ މުޅިން ގޯސް ވިސުނުމެއް ކަމަށާއި ދިވެހި ޕޮލިސް އަދި މިލިޓަރީ ވެސް ދިވެހީންނަށް އަނިޔާދޭން ބޭނުން ނުވާކަމަށް އޭނާ ކިޔައިދެއްވިއެވެ. މީގެ ކުރީގެ ސަރުކާރު ތަކުގައިވެސް މިފަދަ އަނިޔާވެރި ގޮތްގޮތަށް އެސް އޯ ފުލުހުން ޢަމަލުކޮށްފައި ވެއެވެ.

މިހާރު ގިނަފަހަރަށް ވާގޮތަކީ ޅިޔަނަކު ކަމިޝަނަރުގެ މަގާމުގައި ހުރުމުން އޯޑަރުއަންނަ ގޮތަށް ކަންތަށް ކުރަން މަޖްބޫރު ވަނީކަމުގައެވެ.
One Response
ތި ސަގާފަތް ފުލުހުންގެ ކިބަޔަކުން ނުދާނެއެވެ. އެހެނީ ތި އަނިޔާކުރުމުގެ މޭސްތިރިއަކީ އެވަގުތަކު ހުންނަ ރައީސްމީހާ ވީމައެވެ. ރާއްޖޭގައި ރައީސަކު ވެރިކަމުގައި ހުންނަ އިރު އޭނާ ޗާޓުން ބޭރުވިޔަ ނުދިނުމަށް ކުރެވޭނެ އެއްވެސް ކަމެއް ގޮތެއް ނޯވެއެވެ. ވީމާ ވާނެ ގޮތް މިފެންނަމުން ދަނީއެވެ.