ބުޅަލުގެ ޒަރީއާއިން ޖެހޭ ދެ ބައްޔަކުން ފުރާނައަށްވެސް ނުރައްކާކުރޭ

Loading

Facebook
Twitter
WhatsApp

ބުޅަލުގެ ޒަރީއާއިން ޖެހޭ ދެ ބައްޔަކުން ފުރާނައަށްވެސް ނުރައްކާކުރެއެވެ. މިހުރީ ބައެއް ބަލިތަކެވެ. ކިޔުއްވާލައްވާށެވެ!

ބުޅަލަކީ ގިނަ ބަޔަކު ”ޕެޓް“ ގެ ގޮތުގައި ގެންގުޅޭ ޖަނަވާރެކެވެ. ރާއްޖޭގައިވެސް ގިނަ އަދަދަކަށް ބުޅާ އުޅެއެވެ. އަޅައިލާނެ ބަޔަކު ނެތި މަގުމަތީގައި އުޅޭ ބުޅަލުގެ އަދަދުވެސް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ.  

ބުޅަލަކީވެސް އޭގެ ސަބަބުން އެކި ބަލިތައް ޖައްސުވާ ޖަނަވާރެކެވެ. ބުޅަލުގެ ޒަރީއާއިން ފެތުރޭ ބަލިތައް މާނަކުރެވެނީ ބުޅަލުގައި ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުން ފެތުރޭ ބަލިތަކަށެވެ.

ބުޅަލުގެ ސަބަބުން ޖެހޭ ބަލިތައް ޢާއްމު ގޮތެއްގައި އެހާ ސީރިއަސް ނޫން ނަމަވެސް އޭގެ ސަބަބުން ޖެހޭ ދެ ބައްޔަކުން އިންސާނުންގެ ފުރާނައަށްވެސް ނުރައްކާ ކުރެއެވެ. އެއީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް ކިޔާ ބައްޔެކެވެ.

ބުޅަލުގެ ފަރާތުން ބަލި ފެތުރިދާނެ އެންމެ އާއްމު ގޮތަކީ އެ ސޮރުގެ ނަޖިހުގައި އަތްލެވުމެވެ. އަދި ބުޅާ ދަތް އެޅުން ނުވަތަ ވަކި އެޅުމާއި ބުޅަލުގައި ބީހުމަކީވެސް ބުޅަލުގެ ޒަރީއާއިން ޖެހޭ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

ބުޅަލުގެ ސަބަބުން ޖެހޭ އެންމެ ނުރައްކާތެރި ދެ ބަލިކަމުގައި ބުނެވިފާވަނީ :

ޓޮކްސޯޕްލާޒްމޯސިސް (Toxoplasmosis)  :ޓޮކްސޯޕްލާޒްމޯސިސް އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމަކުން (ޕެރަސައިޓް) ޖެހޭ ބައްޔެކެވެ. ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ބަލި ޖައްސާ ޖަރާސީމް ނުވަތަ ފަނީގެ ބިސް ހަށިގަނޑަށް ވަނުމުންނެވެ. 

މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކަށްވާތީ، މިޖަރާސީމް ބުޅަލުގެ ނަޖިހުގެ ޒަރީޢާއިން އިންސާނުންނަށާއި އެހެނިހެން ޖަނަވާރުންނަށް ވާސިލްވާގޮތް މެދުވެރިވެއެވެ.

ރޭބީޒް (Rabies): ރޭބީޒް އަކީ އާންމު ގޮތެއްގައި ވަލުކުއްތާ ފަދަ ޖަނަވާރުތައް ދަތް އެޅުމުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް ރޭބީޒް ވައިރަސް ހުރި ބުޅަލެއް ދަތްއަޅައިފިނަމަ ބުޅާ ދަތްއަޅައިގެން ވެސް ރޭބީޒް ޖެހިދެއެވެ. އެހެނަސް ބުނެފައިވާ ގޮތުގައި މިއީ ވެކްސިން ދީގެން ދިފާޢުވެވޭނެ ބައްޔެކެވެ.

ބުޅަލުގެ ޒަރީއާއިން ޖެހޭ އެހެން ބަލިތަކުގެ ތެރޭގައި ކެޓް ސްކްރެޗް ޑިޒީޒް (Cat scratch disease) އާއި ސަލްމަނެލޯސިސް (Salmanellosis) އާއި ކެމްޕައިލަބެކްޓީރިއޯސިސް (Campylobacteriosis) އާއި  ގިއާޑިއޭސިސް އަދި ކްރިޕްޓޯސްޕޮރީޑިއޭސިސް(Giardiasis, Cryptosporidiasis) އާއި ޓޮކްސޯކޭރިއޭސިސް (Toxocariasis) ފަދަ ބަލިތައް ހިމެއެވެ.

އެހެންކަމުން ބުޅަލުގައި ބީހިއްޖެނަމަ ރަނގަޅަށް ސައިބޯނިލައިގެން ދޮވުމަކީ މުހިންމު ކަމެކެވެ. އަދި ބުޅަލެއް ދަތް އަޅައިފިނަމަ އެތަނެއް ހޫނު ފެނުން ދޮވުމަށް އާދަކުރައްވާށެވެ.

Loading

4 Responses

    1. Vaccin jahaa huriha bulhaa thakah eyrah nimunee ehnu
      Noony emeehunnah ulheveyne vaki sarahahdheh beynun vaane
      Dhirey ehchis ah ihaanethi goithah hadhaakah nuvaane Allah ge koafa eh aisdhaane

  1. Bulhaluge zariyain thafaathu massalathah jeheyir, geyga gengulhey bulhaluge sababun balijehunvarah kuda vaane ehenas geyga gengulhey bulhaluge najiss nahthaanulevi geyge Ethan mithanugai, bulhaluge najis saafu nukoh vaanama eyge sababun balijehun gaaiy. Varah rangalhu loyumeh. Thafaathakee Bali jeheynee Bali jehifaivaa janavaarehge zariyain kamah
    vefai, maguthakugai ulhey janavaarehge zariyain nuvatha bulhaluge zariyain fethuridhaane Bali madukamakah ehmenge eheetherikan ehaame muhinmu. Misaalakah bulhaa kuda kamuga gossa hunna thanthan saafukurun varah muhinmu.
    y

  2. Adhi jahan vee ehnu bulhalaky dheenuga varah maa echeh kan, adhi masjaidhul al Haram ahves bulhaa noon ehen janavaarakah nuvadheveykan, adhi rasoolaa Mohamed (sawpbuh) ves hadhees kurahvaafai vaa gothun bulhaa fen boefa Huna echakun fen biumves sahakan, adhi bulhaa laafa huna echehi ke as kameh nuvaane kan, adhi meege ithurah, bulhalaky mulhu dhuniyein enme saafu thaahiru janavaaru kan ves bunany v ehnu, adhi bulhalah aniyaa koh goanaa kuraa meehuna launah huri vaahaka ves bunany v ehnu, mihaaru hus one side story liyefa thihury, hama public provoke kuran, mihaaru bali jehifa noony alhaa nilaa huna konmi janavaarakun bali jeheyne, eii bulhalakah vias, dhoonyakah vias. Stop spreading hate towards cats, cats are the most respected and the cleanest animals in the world and in islam

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް