ޑިމޮކްރެޓުން އެންމަނާއިއެކު ޑޭޓްކޮށްފި އެހެނަސް އިންނާނެ މީހަކު ނުވި

Loading

Facebook
Twitter
WhatsApp

އާދެ! އެންމެނާއި އެކުވެސް ޑޭޓްކޮށްފީމެވެ. ނަމަވެސް ހިތާވާ މީހަކާ ދިމައެއް ނުވިއެވެ. ކުރީގެ ޕާޓީންވެސް ވަރިވީ ރުޅިގަދަވެގެން އަމިއްލައަށެވެ. އެގޮތުން ކެތްނުކުރެވިގެން ވަރިވީއެވެ. އެހެން އެންމެން ގޯހީއެވެ. ދަ ޑިމޮކްރެޓްސް ހިތާވެލެވޭވަރަކަށް އެހެން ޕާޓީތަކުގައި ޗަސްބެއްނެތެވެ.

މިއީ މިއަދު ކޮފީމޭޒް ކައިރިން ދިމާވި ސިޔާސީ ބޭފުޅަކުބުނި ބަސްކޮޅެކެވެ. އޭނާ ބުނިގޮތުގައި މަތީގައި އެބުނެފައިވަނީ ކުރުކޮށް ފޮނިކޮށެވެ. އެހެންނާފަހެ ”އިންޑިޔާ އައުޓް“ ނުގޮވާވަރުގެ ޢިއްޒަތާއި ގަދަރެއް ދިރިއުޅުމުގެ މިންގަނޑުގައިއަދި އެހެންމީހުނަށް ވަނަމުން ގޮވުމާއި މީހުން ރޭރު އަރުވާލުމާއި ދޮގުފަތުރައިގެން ވާހަކަ ފެތުރުން އެއީ މި ޑިމޮކްރެޓުންގެ ފަރާތުން ކުރީގެ ޑިމޮކްރެޓިކް ވެށިންވެސް (އެމް.ޑީ.ޕީ) އިން ކިޔަވައިދީފައިވާ މާއްދާ ތަކެއް ކަމުގައި އޭނާ ކިޔައިދިނެވެ.

ހަމަ މިގޮތުން ޑިމޮކްރެޓިކްސް ވެރިޔާ ކުރީގެ ރައީސް ނަޝީދު ވެސް ގަބޫލުކުރައްވާ ނުވަތަ ކުރެވެންޖެހޭނެ އިންސާނީ މިނިވަން އަސާސީ ޙައްގެކެވެ. ގޮޅާބޯ، ގަންޖާބޯ، ކާޅުވަހީދު، ބޮނޑިބަތް ޖަމީލު (ބީ.ޖޭ) ރާގޮނޑިރާޖާ، ޖަނާޒާކުޑޭ މިފަދަ ބަަސްތަކުން ގޮވެންޖެހޭނެއެވެ. 

މިއީ ނާޝީދު ދާދި އިހަކަށްދުވަހަކުވެސް ތަކުރާރުކޮށް މަޖިލީހުގެ ރައީސް ގޮނޑިންވެސް ހުއްދަކޮށް ސިލްޖެއްސެވި މިނިމަމް ޑިމޮކްރެޓިކް އަޚުލާގީ މިންގަނޑެވެ. ސުވާލަކީ ކުއްލިއަކަށް ”އިންޑިޔާ އައުޓް“ އެވަރުގެ ގަބޫލުނުކުރެވޭ ޙަޔާތަކަށް މި މީހުނަށް މިވީ ކީއްވެބާވައެވެ؟ 

ޔަގީނުންވެސް އެމީހުންގެ ބަސްމަގާއި އަޚުލާގުގައި ގަބޫލުކޮށް ޕްރެކްޓިސް ކޮށްފައިވާ މިންގަނޑާއި ގޮތާއި ބަލާއިރު ކުރިންބުނެވިދިޔަ ޚަރާބު ބަސްބަހީ ވަރަށް ބަރާބަރު ހިތްނިޔަތް ހެޔޮ ބަސްތަކެވެ.

”އިންޑިއާ އައުޓް“ އަށް ޙަރަކާތް ކަމުނުގޮސްގެން އުޅޭސަބަބަކީ ހަމަގައިމުވެސް ޑިމޮކްރެޓުން އެބުނި ބަހަނާ ތަކެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެނީ ޑިމޮކްރެޓުންގެ ވެރިކަމެއްގައި އަދި މިއަދާ ހަމަޔަށްވެސް އަނެކާގެ އަބުރަށް އަރަައިގަނެ ދޮގުވާހަކަ ފެތުރުމާއި ތަޅާލާނެ ކުދިންކޮޅެއް ހޯދުމާއި ބޮވެންޖެހޭނޭ،ގުނަވަން ތެދުވީމާ މޭރީއަށް ގޮވާލެވޭ ވާހަކަތަކަކީ އެބައިމީހުނަށް ހުތުރު ބަސްތަކެއް ނޫނެވެ.

ހަމައެގޮތުން ގައުމެއްގެ ވެރިޔަކު “ އޮރިޔާން“ ކޮށްލައި އަބުރާ ޢިއްޒަތް ފުޑާލުމަކީ އެބަައިމީހުންގެ އުފަަލެކެވެ. 

މިސާލަކަށް ކޮފީ ފުރެންޑް ކިޔައިދިން ގޮތުގައި ސަޢޫދީ ޢަރަބިޔާގެ ރަސްގެފާނު ކިންގް ސަލްމާން އޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި މާލެ ވަޑައިގަތުމަށް ތައްޔާރީތަށް ކުރެވެމުން ދިޔައިރު އެ ޑިމޮކްރޭޓުން ވަނީ މަގުމަތިން ޖައްސާ އަދި ހުރިހާ ލިބެންހުރި މީޑިޔާއެއް ބޭނުންކޮށްގެ ކިން ސަލްމާނަށް ހުތުރުބަސްތައް ރައްދުކޮށް އިޙުތިޖާޖްކޮށް ހިޒްރޯޔަލް ހައިނަސް ކިންގް ސަލްމާން ރާއްޖެ ވަޑައިގަތަ ނުދީފައެވެ.

ފާފުއަތޮޅު ވިއްކާލަނިއްޔޭ ގޮވާ ކުރީގެ ރައިސް ޔާމީނަށްވެސް ރާގޮޑިރާޖާ ގޮވައި އެޅުވުނުހާ ދޮގު ތުޙުމަތު ތަކެއް އަޅުވައި އަދި ސީދާ ސަޢޫދީގެ ވެރީންނަށްވެސް ޓްވިޓްކޮށް ކިންގް ސަލަމާން ރާއްޖެ ވަޑައިގެންފިނަމަ ބޮޑު ހާޖާނުގަނޑެއް މާލޭގައި ހިންގާނެކަމުގެ ނުތަނަވަސް ޚަބަރުތައް ފަތުރާފައެވެ.

އެމީހުނަށް ތަސައްލީއެއް ލިބި މައިތިރިވީ ކިންގް ސަލްމާނުގެ އޭޝިޔާގެ އެދަތުރުފުޅުގައި ރާއްޖޭގައި މަޑު ނުކުރެއްވުމަށް ޢިއުލާން ކުރެއްވުމުންނެވެ. މިއީ މިއަދު ވަކިގައުމެއްގެ ވެރީންނާއި ދިމާކޮށް އަޚުލާގީ މިންގަނޑު ބަސްތައް ރައްދުނުކުރެވޭނެ ކަމަށް ބުނެ ”އިންޑިއާ އައުޓް“ އަޑުއިވުމުން ފޫޅުންތިރި ތެމޭ ޢިއްޒަތްތެރީންގެ ޙާލެވެ.


ހަމައެހެންމެ ”ޗައިނާ އައުޓް“ ޗައިނާގެ މިލިޓިރީ ރައްޖޭގައި މިލިޓްރީ މަރުކަޒެއް ހަދައިފިކަމަށް ބުންޏެވެ. އަދި ދުނިޔޭގެ ޚަބަރުފަތުރާ ފަރާތްތަކަށް ދޮގު މަޢުލޫމާތު ދީ އަދި ރައީސް ޔާމީނުގެ ދުރުވިސްނުމާއި އެއްގޮތުން ރާއްޖޭގެ ރައްޔަތުންގެ ލާބަޔާއި މަންފާއަށް ޗައިނާއާއި ދިވެހިރާއްޖެ އާއި ދޭތެރޭގައި ސޮއިކުރެވުން ފްރީޓްރޭޑް އެގްރީމެންޓް އަކު ގައުމު ޗައިނާއަށް ވިއްކާލީ ކަމުގައި ޑިމޮކްރެޓްސް ބުނެ މަޖިލީސްގަޔާއި މަގުމަތިން ޖެއްސިއެވެ. ނުގޮވާކަ ހަޔާތެއް ނެތެވެ.


އެފަދަ ދޮގު ބަސްތައް ގޮވައި ޗައިނާ އައުޓްގޮވުމުގެ މޭސްތިރީން އިންޑިޔާ އައުޓޭ ރައްޔަތަކު ބުނުމުން ބިރުން ހީސްލެވޭގޮތް މިވަނީ ކޮން މިންގަނޑަކުން ކޮން ނަޒަރިއްޔާ ތަކުން ބަލައިގެން ކަމެއް ނޭގުނެވެ. ހަމަގައިމުވެސް ދިވެހީނަށް ދަސްކޮށްދީ ބުނެދީ ފައުޅުގައި އަންގަދީފައިވަނީ ދިމާ އިދިކޮޅަށެވެ.

އެހެންކަމުން ކުރުކޮށްލަމާ ހެއްޔެވެ؟ ޢަމަލާއި ބަހާދިމާނުވާ މީހަކާ އިނުމަށް ރަންކިޔާނީ ކާކުހެއްޔެވެ. ފުރަތަމަ ކުރަންވީ ކަމަކީ މޯޑްއޮފް އޮޕަރޭޝަން ވަރަށްސާފުކޮށް ބުނެދިނުމެވެ. އަދި އެރިވެތި އަޚުލާގުގެ މަތީ ދުވަސްކޮޅަކު ނަމަވެސް ދެމިތިބުމެވެ. އޭރުން ގާސީމްވެސް އަދި ރައީސް އިބްރާހިމް އާއި ރައީސް ޔާމީނުވެސް ދެވަނަ ފުރުސަތެއް ދެއްވަފާނެއެވެ.

Loading

2 Responses

  1. ވަރަށް ބަރާބަރު ލިޔުމެކެވެ. އެހެނީ އެމްޑީޕީ އަށް މީހުންގެ ތާއިދު އެވަރަށް ލިބިފައިއޮތްއިރުވެސް ތާހިރު ދިރުއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކޮށެއް ނުދެވުނެވެ. ބައެއްގެ އަމިއްލަ އެދުން ކުރިއަށް ޖައްސާ ރައްޔަތުން ގަނޑަ ތެޅުވީއެވެ. މީހުންގެ އަބުރާ ބެހި ޙަޔާތްގޮވުން ޕްރެކްޓިސް ކޮށްދިން މީހުނަކީ އެމްޑީޕީއެވެ. ޢަދުލު އިންސާފުވެސް ބެހިގެން ދިޔައީއެވެ. ދެރަކަމުގެ ކޮޅެއްނެތެވެ.!

Leave a Reply to އައްޑު އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް