”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރުމުން މަގާމުން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރެއްވުމުން ތިން ބޭފުޅަކު މަގާމުން ވަކިކުރައްވައިފިއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު މަގާމުން ވަކިކުރެއްވީ ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ހަމްދާން އަދިި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި މުޙައްމަދު އަންޞާރެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އެ މަގާމުތަަކަށް އެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ އެމްޑީޕީގެ ސްލޮޓުތަކުގައި ކަމަށްވީ ނަމަވެސް މިހާރު އެ ބޭފުޅުންނަކީ އެމްޑީޕީގެ މެމްބަރުން ނޫން ކަމުގައިވާތީ, ސްލޮޓުތަކުން ވަކިކޮށްދެއްވަން އެމްޑީޕީން އެދިފައިވާތީ އެ ބޭފުޅުން ވަކިކުރެއްވީ ކަމަށެވެ.

އެމްޑީޕީއިން ވަކިވުމުން ސަރުކާރުން ވަކިކޮށްފައިވަނީ ކިތައް މެންބަރުން ކަމެއް މިއުވާނު ވިދާޅެއް ނުވެއެވެ.

ރަޖިސްޓްރީ ކުރަން ގާނޫނުގައި ބުނާ އަދަދަށް 3000 މެންބަރުން ހަމަކުރަން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ހުއްްދަ ދީފައިވާ ”ދަ ޑިމޮކްރެޓްސަލް“ އަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އެ ޕާޓީއިން ވަކިވެވަޑައިގެން އުފައްދަން އުޅޭ ޕާޓީއެކެވެ. އެމްޑީޕީއިން ވަކިވެ މެންބަރުންތައް ދަނީ އެ ޕާޓީއާ ގުޅެމުންނެވެ.

ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަގާމުތަކުން ވަކިކުރެއްވި ނަމަވެސް, ސަރުކާރުގެ ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާއިރު ވެސް އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން ވަތްކެއް ނުކުރައްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް