އެމެރިކާގެ ރައީސް ބުޝްއަށް ދެވުނު ބޫޓުގެ ޙަމަލާ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝްގެ އޯޑަރަށް އިރާގު ސުންނާފަތި ކޮށްލުމުގެ 6 އަހަރުދުވަސް ފަހުން 2008 ޑިސެމްބަރު 14 ވަނަދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ބުޝް ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް އިރާގުގެ ނޫސްވެރިޔަކު ބޫޓުން ފޮނުވާލި ޙަމަލާ ދުނިޔޭގެ މީޑިއާ ހަނދާން ނެތިދާނެއެވެ.

އެހެންނަމަވެސް އެދުވަހުވެސް އަދި މިއަދު އިރާގުގެ އެ ނޫސްވެރިޔާގެ ހިތްވަރަށް ތަރުޙީބުދޭ ކިތަންމެ ނޫސްވެރިންނެއް އެބަތިއްބެވެ. އެދުވަހު އިރާގުގެ ނޫސްވެރިޔާ މުންތަޒަރ އަލް ޒައިދީ ގެ ބޫޓު ހޫރާލުމަކުން ރައީސް ބުޝް އަށް ހާނީއްކައެއް ނުވާނެކަން އޭނާއަށްވެސް އެނގެއެވެ.

އެހެންނަމަވެސް އޭނާގެ ގައުމަށް ބޭރުގެ ބާރުތަކުން އަރާގަނެ އެތައް ރައްޔިތުންނެއް މަރާލައި ގައުމުގެ މުއްސަނދިކަން ފޭރިގަނެ ގައުމު އަޅުވެތި ކުރުމުން އޭނާއަށް ލިބުނު ހިތްދަތިކަން ހާމަކުރާނެ އެހެން ގޮތެއް ނުފެނީއެވެ.

އޭނާކުރި ކަންތަކަށް ކުރިމަތިލާން ޖެހޭނެ ނަތީޖާއާއި ދޭތެރޭ ފިކުރު ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަރަބިންގެ އާދަކާދައިގާ ހިމެނޭ އެންމެ ހުތުރު ވަސީލަތުން ރައީސް ބުޝްއަށް ތައުހީން ކުރެވުނީތީ މިއަދުވެސް އޭނާހުރީ އުފަލުންނެވެ. އަދި އިރާގު ފަނާކޮށްލައި އަޅުވެތިކުރި މީހުންނާއި އެކަމަށް ވާގިވެރިވެދިން މީހުންނަށް އިރާގުގެ ރައްޔިތެއްގެ ޙައިސިއްޔަތުން އޭނާ މަޢާފެއް ނުކުރެއެވެ. 

މި ހާދިސާއިން ދިވެހިރާއްޖޭގެ މީޑިއާވެސް އިބްރަތްތެރި ފިލާވަޅުތަކެއް ލިބިގަންނަން ޖެހެއެވެ. ގައުމު ގެއްލިގެން ދާއިރު ނުވަތަ ގައުމު ހަމައިން ނެއްޓިގެންދާއިރު މީޑިއާގެ މަސްއޫލިއްޔަތަކީ ކޮބައިކަން ހަނދާންކޮށް ދެއެވެ.

އަލްޒައިދީ ދައްކައިދިނީ އެ ނަމޫނާއެވެ. އިރާގުގައި ޑިމޮކްރެސީ ގާއިމް ކުރެވިއްޖޭ ސައްދާމް ހުސޭނުގެ ޚުދުމުޚްތާރު ވެރިކަމާއި އެ ވެރިކަމުގެ ބައިވެރިންގެ ވަސްވެސް ފޮހެލެވިއްޖޭ ގޮވިދާނެއެވެ. އެކަމަކު އަލްޒައިދީގެ ސުވާލަކީ ބޭރުގެ ބާރުތަކުން ގެނެސްދިން މޮޅުވެރިކަން އިރާގުގައި ގާއިމް ކުރެވުނު ފަހުން މަރާލެވުނު އާންމު ރައްޔިތުން އަދަދު އެނގޭ މީހަކު އެބަހުރިހެއްޔެވެ؟  

އެއިން ކޮންމެ މީހަކީ ސައްދާމު ހުސޭނު ނުވަތަ އޭނާގެ ބައިވެރިންތޯ ނިކަން ޖަވާބު ދީބަލާށެވެ. އަދި ހަމަ މިސުވާލު މިއަދުވެސް ރައީސް ބުޝްއަށް އަލްޒާހިދީ  އަމާޒު ކުރައްވައެވެ. ކަލޭ އަތުގައިއޮތް އާރާއި ބާރު ފައިސާއާއި ފަނާކުރަނިވި ހަތިޔާރަށް ދާންދެން ބޭނުން ކޮށްގެން އިރާގާއި އަފްގާނިސްތާނާއި ސީރިޔާއާއި ލެބަނަންއާއި އަދި ޖުމުލަގޮތެއްގައި މުޅި މެދުއިރުމަތީގެ ގައުމުތައް ސުންނާފަތި ކޮށްލައި އެ ގައުމުތަކުގެ ރައްޔިތުން މަރާ ހުސްކުރަމުން ގެންދިޔައިރު ކަލޭގެހުރިހާ ބާރެއްގެ ކުރިމަތީގައި ހުއްޓިހުރެ ބޫޓަކުން ކަލެއަށް ޙަމަލާދޭން ކެރޭނެ އަރަތްބަކު ނެތީ ކަމަށް ކަލޭ ހީކުރީހެއްޔެވެ؟

އެދުވަހު އަހަރެންހުރީ އެކަންޏެވެ. އެކަމަކު މިއަދު ކިތައް ކިތައް މުންތަޒަރ އަލް ޒައިދީ ފެނޭހެއްޔެވެ؟  

އަހަރެންގެ ހިތާމަތަކަށް ނިމުމެއް ނާދެއެވެ. ކަލޭމެން ބެހެއްޓި ޖަލެއްގައި އިތުރު 20 ގައިދީންނާއެކު 6 އަހަރު ހޭދަކުރީމެވެ. އެއަށްފަހު އަހަރެން މިނިވަންކުރީ ކަމަށްބުނެ އިރާގުގެ 30 މިލިއަން މީހުނާއެކު އެހެންޖަލަކަށް މިހުރީ ބަދަލު ކޮށްފައެވެ.

އަހަރެން މިނިވަނެއް ނޫނެވެ. އަހަރެންގެ ގައުމު މިނިވަނެއް ނޫނެވެ. އަހަރެންގެ ހިތާމައަކީ މިއީއެވެ. މިއަދު މުޅި ގައުމުގެ ސިޔާސަތާއި ސިޔާދަތު ކަލޭމެން ދީފައި ތިޔައޮތީ ލުޓޭރުންނަށްކަން އަހަރެމެންނަށް އެނގެއެވެ. ކަލޭމެން ބޭނުން ގޮތެއް ހެދޭނީ އޭރުންނެވެ.  

ގައުމަށް ހެޔޮކަމެއް ކޮށްދެވޭތޯ އަހަރެން ޕާރލަމެންޓަށް ކުރިމަތިލީމެވެ. ނުހޮވޭނެކަން އެނގިހުރެއެވެ. ބޭނުންވީ ނުހޮވުނަސް ގައުމުގެ ރައްޔިތުންނަށް ތަޢާރުފް ވުމެވެ. އެކަން ކާމިޔާބު ކުރެވުނެވެ. މިއަދުވެސް އަހަރެންނަކީ ލުޓޭރުންނަށް ބޯލަނބާނެ މީހެއް ނޫނެވެ. އަހަރެންގެ ގަލަމުގެ ދެލި ހުސްނުވާނެކަމަށް އޭނާ ބުނެއެވެ.

https://www.buzzfeednews.com/article/hayesbrown/george-w-bush-shoe-throw-president-iraq

Loading

3 Responses

  1. މިގައުމުގައިވެސް މިކަހަލަ ނޫސްވެރިން އުފެއިއްޖެންމަ ކަންތައް ރަނގަޅުކުރުމަށް މަގުތަކެއް ކޮށިދާނެއެވެ. މިހާރު މިވާގޮތަކީ ސިޔާސީ އޮޑީގެ ފަޅުވެރިޔަކަށްވެސް ފުރުސަތު ލިބިއްޖެނަމަ މި ބުނަނީ އަހަރެންމެގެ ޕާޓީއަށް ވެރިކަން ލިބިއްޖެއްޔާ އެވެނި މިވެނި ފަނޑިޔާރަކު ކޯޓުގައި ނުހުންނާނެ ކަމަށެވެ. ދެން ނޫސްވެރިން އެއީ ބޮޑު ޚަބަރަކަށް ހަދައިގެން ލިޔަނީއެވެ. އެންމެ ކުޑަމިނު އެބޭފުޅަކު ދެއްކެވި ވާހަކައަށް ރައްދު ދޭހާ ހިތްވަރެއް ވެސް ނުހުރެއެވެ. ސަރުކާރުން ބުނާގޮތަކަށް ހުކުމް ކުރާ ފަނޑިޔާރުގެއަކާއި ސަރުކާރުން ބުނާގޮތަކަށް ގާނޫނު ހަދާ މަޖިލީހެއް ލިބުނީމާ އެއޮތީ ޑިމޮކްރެސީ ފައްކާވެ ދޮންވެފައެވެ.

  2. މިއަދު ރާއްޖޭގައި މަސައްކަތްކުރައްވާ ގިނަ ނޫސްވެރިންނަށް އެ ދުވަސް ފެނިފާ ނެތުން ގާތެވެ. އެދުވަސް ނޫސްވެރިންނަށް ހަނދާންކޮށްދެއްވީތީ ލިއުންތެރިޔާއަށް ޝުކުރުވެރިވަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް