ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކާޑެއް ހަދައިދޭ އަގަށް ބަދަލު ގެނެސްފިއެވެ.
މައުލޫމާތު ބަދަލުވެގެން ހައްދާ ކާޑުގެ އަގަށް މީގެ ކުރިން ނަގަމުން އައީ 50 ރުފިޔާއެވެ.
ނަމަވެސް މައުލޫމާތު ބަދަލުވެގެން ހައްދާ ކާޑުގެ އަގަށް މީގެފަހުން ނަގާނެ އަގަކީ 150 ރުފިޔާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
މިހާރު އަލަށް ކާޑު ހައްދައިދެނީ 50 ރުފިޔާއަށެވެ. ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ ނުވަތަ ސޮއި ބަދަލު ކުރާނަމަ 150 ރުފިޔާއަށެވެ. އާ ކާޑެއް ހަދައިދެނީ ވެސް ހަމަ އެ އަގަށެވެ.
ކާޑު ގެއްލިގެން ހަދާނަމަ 250 ރުފިޔާއަށެވެ.
އައިޑީ ކާޑު ހެދުމުގެ ޚިދުމަތަށް އެދި މިހާރު ހުށަހަޅަންޖެހެނީ އޮންލައިން ކޮށެވެ.