ޖިންނީންނަށް ކިޔާ ބައެއް ނަންތައް!

Loading

Facebook
Twitter
WhatsApp

ޖިންނީންނަކީ މާތްﷲ އިންސާނުން އުފެއްދެވުމުގެ މާކުރިން އުފައްދަވާފައިވާ މަޚުލޫގެވެ. އިންސީންނާއި ޖިންނީންވެސް އުފެއްދެވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ނަމަވެސް ބައެއް ޖިންނީންނަކީ ކާފަރު ޖިންނީންނެވެ. ހަމައެފަދައިން މުއުމިނު ޖިންނީންވެސް އުޅެތެވެ

ބައެއް ފަހަރު ޖިންނީންގެ ސަބަބުން އިންސާނުންނަށް އެތަކެއް އުނދަގޫތަކެއް ވެއެވެ. ގިނަ ފަހަރަށް ޖިންނީންގެ އުނދަގޫ އިންސާނުންނަށް ޖެހެނީ އެ ޖިންނީން މެދުވެރިކޮށް އިންސީން އެކަން ކުރާތީއެެވެ. ބައެއް ފަހަރު އިންސީންގެ ފަރާތުން ޖިންނީންނަށް ގޯނާއެއް ނުވަތަ ހާނިއްކައެއް ވުމުންވެސް ޖިންނީންގެ އުނދަގޫ އިންސާނުންނަށް ވެއެވެ.

ޖިންނީންގެ ތެރޭގައިވެސް މުސްލިމުންނާއި ކާފިރުން ލެއްވިއެވެ. ކާފިރުވީ ޖިންނީންނަކީ ގިޔާމަތަށް ދާންދެން އިންސާނުންގެ އަދުއްވުންނެވެ.

ޢަރަބި ބަހުން ”ޖިންނި“ މިބަހުގެ މާނައަކީ ”ނިވާވެފައިވާ އެތި“ ނުވަތަ ”ފޮރުވިފައިވާ އެތި“ މިއެވެ. އެކި ކަހަލަ ޖިންނީންނަށް ނިސްބަތްކޮށް އެކި ނަންތައް ޢިލްމުވެރިން ކިޔާ އުޅެއެވެ. 

އެގޮތުން އިންސާނުންނާއި އެކު ގޭގޭގައި އުޅޭ ޖިންނިއަށް ކިޔަނީ ”ޢާމިރު“ އެވެ. މީގެ ޖަމްޢަކީ ”އުއްމާރު“ އެވެ. ކުޑަކުދިންނަށް ޝަޢުޤުވެރިވާ، ކުޑަކުދިންނާއި އެކު އުޅޭ ޖިންނީންނަށް ކިޔަނީ ”އަރްވާޙް“ އެވެ.

ޖިންނީންގެ ތެރެއިން ނުލަފާ ޖިންނީންނަށް ޝައިތާނުންނޭ ކިޔާއިރު، ޝައިތާނުންނަށް ވުރެ ނުބައި ޖިންނީންނަށް ކިޔައި އުޅެނީ “ މާރިދު“ އެވެ.  މާރިދަށް ވުރެވެސް ނުލަފާ ޖިންނީންނަށް ކިޔެނީ ޢިފްރީތެވެ.

ރާއްޖޭގައި ސިހުރު ހާހޫރަ ހެދުމުގެ ކަންތައް އިންތިހާއަށް ގޮއްސާވުމުންވެސް މިފަދަ ޖިންނީންގެ އުދަގޫތައް ކުރިމަތިވެ އަނިޔާލިބެމުންދާ މީހުންވެސް މަދެއްނޫނެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް