ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 09:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު 05:00 އާ ހަމައަށެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ރައީސް މުޙައްމަދު ނަޝީދެވެ.
މި އިންތިޚާބުގައި 57,255 މީހުންނަށް ވޯޓު ލެވޭނެއެވެ.
ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތަފްސީލް:
ހއ.އަތޮޅު: 3431
ހދ.އަތޮޅު: 2942
ށ.އަތޮޅު: 3387
ނ.އަތޮޅު: 2785
ރ.އަތޮޅު: 2770
ބ.އަތޮޅު: 2019
ޅ.އަތޮޅު:2242
ކ.އަތޮޅު: 1731
އއ.އަތޮޅު:1533
އދ.އަތޮޅު:939
ވ.އަތޮޅު:524
މ.އަތޮޅު:824
ފ.އަތޮޅު:899
ދ.އަތޮޅު:1196
ތ.އަތޮޅު:2443
ލ.އަތޮޅު:3404
ގއ.އަތޮޅު:3424
ގދ.އަތޮޅު:3163
ފުވައްމުލަކު ސިޓީ:3040
އައްޑޫ ސިޓީ:7832
މާލެ: 6727
މި އިންތިޚާބުގައި ވޯޓުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 243 ވޯޓު ފޮށި ބަހައްޓާފައިވާއިރު ގިނަ މަރުކަޒުތަކުގައި އަދި ވޯޓުލުން ފަށާފައެއް ނުވެއެވެ.