އެމިރެޓްސްއިން ޑޮލަރު އެއްފަރާތްކޮށް އިންޑިއާ ރުޕީސް އާ ދިމާލަށް

Loading

Facebook
Twitter
WhatsApp

ރޮއިޓާރސް އިން ޚަބަރު ދޭ ގޮތުގައި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި އިންޑިއާ އާއި ދެމެދު ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އިންޑިއަން ރުޕީސް އިން އަގު އަދާކުރުމުގެ ވާހަކަތައް ކުރިއަށް އެބަގެންދެއެވެ. 

އެމިރެޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން ޓްރޭޑް ވިދާޅުވީ އޭޝިޔާގެ ގައުމުތަކާއެކު ކުރަމުން އަންނަ ވިޔަފާރި އިތުރުކުރުމަށް އެ ގައުމުން ވަރަށް ބޮޑަށް ވިސްނަމުން ގެންދާކަމަށެވެ. މިހާތަނަށްވެސް ގަލްފުގެ ވިޔަފާރި ބިނާކޮށްފައި އޮތީ އެމެރިކާ ޑޮލަރުން އަގުއަދާކުރާ ގޮތަށެވެ. 

ނަމަވެސް އެމިރެޓްސް އާއި އިންޑިއާގެ މިވާހަކަތައް ކާމިޔާބު ވުމުން ގަލްފު ސަރަޙައްދުގައި އެމެރިކާ ޑޮލަރުގެ މުހިންމުކަން ކުޑަވެގެންދާނެއެވެ. މިދިޔަ އަހަރު މި ދެ ގައުމުންވަނީ ތެލުގެ ބާވަތްތައް ނުހިމެނޭ ގޮތުގައި އެހެން ވިޔަފާރިތައް 2027 އާ ހަމަޔަށް ދާއިރު 100 ބިލިއަން އެމެރިކާޑޮލަރާ ހަމަޔަށް ގެންދިއުމަށް އެއްބަސްވުމެއް ގާއިމްކޮށްފައެވެ. 

އެމިރެޓްސް އާއި ޗައިނާއިންވެސް ތެލުގެ ބާވަތްތައް ނޫން އެހެން ވިޔަފާރީގެ އަގު ޗައިނާގެ ފައިސާއިން އަދާކުރާގޮތަށް ހަމަޖެހޭތޯ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެވާހަކަތައް އަދި މާބޮޑަށް ކުރިއަށް ގޮސްފައި ނުވާކަމަށް އެމިރެޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން ޓްރޭޑް ވިދާޅުވެފައި ވެއެވެ.

އަހަރެމެން ވާހަކަ ދައްކަމުން މިގެންދަނީ ހަމައެކަނީ އިންޑިއާއާއި އެކުގައެއް ނޫނެވެ. މި ގައުމުގެ ޝަވްގުވެރިކަން ހުރިފަރާތް ތަކާއެކު އަދި ގައުމަށް ފައިދާ ކުރަނިވި ގޮތްތަކުގެ މައްޗަށް ބިނާކޮށް އެހެން ގައުމުތަކާއި އެކުވެސް މިކަމަށް ވާހަކަ ދެކެވެމުން އެބަ ގެންދެވެއެވެ. އޭނާ ވިދާޅުވިއެވެ.                    

ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ކްރެމްލިންގެ ފޮރިން އެކްސްޗޭންޖް އެސެޓްތައް ހިފޭއްޓުމުން ރަޝިޔާއިންވެސް ވަނީ އެމެރިކާ ޑޮލަރަށް ބުރަވެގެން ތިބުމަކީ ބިރުހުރި ކަމެއް ކަމުގައި ބުނެފައެވެ.                                           

އީރާނާއި ރަޝިޔާއިންވެސް މިހާރު މަޝްވަރާ ކުރަމުންގެންދަނީ އެމެރިކާޑޮލަރު އެއްފަރާތް ކުރުމަށްފަހު ބައިނަލް އަގްވާމީ ވިޔަފާރީގައި ރަނުގެ މައްޗަށް ބިނާކޮށް ކްރިޕްޓޯ ކަރެންސީއެއް ހަމަޖެއްސުމަށެވެ.               

އެމެރިކާޑޮލަރު ނޫން އެހެން ފައިސާއިން ވިޔަފާރި ކުރުމަށް ހުޅުވާލެވިފައިވާ ކަމަށް ސަޢޫދީ އެރޭބިއާގެ މާލީ ވަޒީރުވެސް ވަނީ މިދާކަށްދުވަހު ވިދާޅުވެފައެވެ.                                           

އިންޑިއާއާއި ޗައިނާއަކީ ގަލްފުގެ ގައުމުތަކުން އެންމެ ގިނައިން ތެލުގެ ބާވަތްތައް އެތެރެކުރާ ބާޒާރެވެ. އަދި އެ ދެ ގައުމުންވެސް އެ ގައުމުގެ ފައިސާއިން އަގު އަދާކުރެވޭނެ މަގު ފަހިކުރުމަށް ގެންދަނީ މަސައްކަތް ކުރަމުން ނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް