ގޮތްނޭގޭ އުދުހޭ ތަކެތީގެ ބިރުވެރިކަން ދިމާވެފައިވާ އެމެރިކާގެ އަސްކަރިއްޔާ

Loading

January 15, 2023
profile
Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އެންމެ ޙައްސާސް މިލިޓްރީ އެއަރސްޕޭސް ތަކުގެ ތެރޭގައި މިހާތަނަށް 510 ގޮތްނޭންގޭ އުދުހޭ އުޅަނދުފަހަރު ފެނިފައިވެއެވެ. މި އުޅަނދު ތަކަކީ ޖިންނީން ގެ އުޅަނދުފަހަރުކަން ޔަގީންނުވިޔަސް އޭގެ ސަބަބުން ބިރުވެރިކަން ކުރިމަތި ވެފައިވާކަމަށް އެމެރިކާ ސަރުކާރުން މިހާރު އެއްބަސް ވެއެވެ.

މި 510 ޙާދިސާގެ ތެރޭގައި ކުރިން ރިޕޯރޓް ލިބިފައިވާ ގޮތްނޭންގޭ 144 އުދުހުމާއި މިފަހުގެ 366 އުދުހުން ހިމެނެއެވެ. އޭގެތެރެއިން ގިނަ އުދުހުންތަކަކީ އޭގެ އަމިއްލަ ޒާތުގެ އުދުހުންތަކެއް ކަމަށާއި ފެންނަފެނުމަށް ފުއްޕާހަމުގެ ސިފައިގާ ފެނިފައި ހުރުން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.                                                                

މިލިޓްރީ ޕައިލެޓުން ނަށްވެސް މިފަދަ ގިނަ ކުރިމަތިލުން ތަކެއް މެދުވެރިވެފައި ވާތީ މިފަދަ ގޮތްނޭންގޭ އުދުހުންތަކުގެ ޙަގީގަތް ދެނެގަތުމަށްޓަކައި ކަމުގެ މާހިރުންނާއި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޚާއްސަ އޮފީހެއް އެމެރިކާގެ އަސްކަރިއްޔާއިން މިދިޔަ އަހަރު ވަނީ ހުޅުވާފައެވެ.

އެއޮފީހުގެ މަސްޢޫ ލިއްޔަތް ތަކުގެ ތެރޭގައި އަލަށް ތަޢާރުފް ކުރެވެމުންދާ ޓެކްނޯލޮޖީގެ ޒަރީޢާއިން ކުރިމަތިވެދާނެ ދެކޮޅުވެރިކަމަށް ފާރަލުންވެސް ހިމެނެއެވެ. އަދި ކަނޑުގެ އަޑިންނާއި އެހެނިހެން ހިސާބުތަކުން ފެންނަ މިބާވަތުގެ އުދުހުންތަކާއި ދެކޮޅުވެރި އަމާޒުތައްވެސް ދިރާސާކުރުން ހިމެނެއެވެ. ޑިރެކްޓަރ އޮފް ނޭޝަލަން އިންޓެލިޖެންސްގެ އޮފީހުން 2022 ވަނައަހަރު ނެރެފައިވާ ރިޕޯރޓުގައި ބުނެފައިވަނީ ގޮތްނޭންގޭ އުދުހުންތަކުގެ ސަބަބުން ޙައްސާސް މިލިޓްރީ އެއަރސްޕޭސް ތަކަށާއި އަދި ބޭރުގެ ފަރާތްތަކަށް މުޅިން މަނާ ކުރެވިފައިވާ ސަރަޙައްދު ތަކަށްވެސް ނުރައްކާތެރިކަން މެދުވެރިވެފައިވާ ކަމަށް މިހާރު ބަލަން ޖެހިއްޖެ ކަމުގައެވެ. 

އޭގެ ތެރޭގައި ފަނާކުރަނިވި ހަތިޔާރަށް ޚާއްސަކުރެވިފައިވާ ސަރަޙައްދ ތައްވެސް ހިމެނެއެވެ.                                                               

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް