ޑްރަގް ބޭނުން ކުރީ އަމިއްލަ ފައިސާއިން ހޭދަކޮށްގެން ކަމަށްވާތީ ކުށްވެރިޔާ ދޫކޮށްލެވޭނެ ހެއްޔެވެ؟ ގާނޫނު ބުނަނީ ކީކޭ؟
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ޤާނޫނު ނަންބަރު 17/2011 ގެ 121 ވަނަމާއްދާގައިވާގޮތުން މަސްތުވެ ގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފިމީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.
ތިމާ ހޯދާފައިވާ ފައިސާއިން ގަނެ މިފަދަ ކުށަކަށް އަރައިގަތުމުން އެ ޢަމަލަކީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވާނެ ޙާލަތެއް ނޫން ކަމަށް ކަނޑައެޅޭނެ ގޮތެއް ނުވިސްނެއެވެ. ނަމަވެސް ޑުރަގުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން މިވަނީ ދޫކޮށްލައިފިއެވެ. ދޫކޮށްލި ސަބަބަކީ ޑްރަގް ބޭނުން ކުރީއަމިއްލަ ފައިސާއިން ހޭދަކޮށްގެން ކަމަށްވާތީ ވާތީއެވެ!
ޑުރަގުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގެ ޤާޒީ ޢަލީ އާދަމް މިވަނީ އެޑްރަގު މީހާ ބަންދުން ދޫކޮށްލަން ފުލުހުންގެ މައްޗަށް އަމުރު ނެރެފައެވެ.
އޭނާ ދޫކޮށްލި ސަބަބެއް ކަމަށް ކްރިމިނަލް ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާއަކީޑުރަގް ބޭނުންކުރާ މީހެއް ނަމަވެސް އޭނާ އެ ތަކެތި ބޭނުންކުރަނީ އަމިއްލައަށް ދޯނި ދުއްވައިގެން ހޯދާ ފައިސާއިން ކަމަށެވެ.
ސަބަބުވެރި ވިސްނުމަކުން ވިސްނުމުންވެސް ބުއްދިއަށް މިކަން ގަބޫލުކުރަން އުނދަގުލެވެ. އެހެނީ ޑްރަގް ބޭނޫން ކުރާމީހުން ފައިސާހޯދާގޮތާއި އެމީހުންގެ ނެޓްވާކް ހިންގާގޮތް ރާއްޖޭގެ ގިނަބަޔަކަށް އެނގޭތީއެވެ.
އަދި ގާޒީ ވިދާޅުވަނީ އޭނާއަށް ޑުރަގުން ސަލާމަތްވާން ފަރުވާ ބޭނުންވާ ކަަމަށާއި ކުރީންވެސް ޑުރަގަށް ފަރުވާ ހޯދި ކަމަށެވެ. އެއީވެސް ސަބަބުވެރި ވިސްނުމަކުން ވިސްނީމާވެސް، ކުށަށް އަރައިގަންނަ މީހާ ކުށުން ބަރީޢަވެވޭނޭ ސަބަބެއްކަމަށް ނުދެކެމެވެ.
އަދިވެސް ގާޒީ ވިދާޅުވެފާވެއެވެ. އޭނާގެ ހައްޔަރާއި ބަންދުގެ ރެކޯޑަށް ބަލައި އިރު، ޑުރަގް ބޭނުން ކުރުމުގެ މައްސަލަ ފިޔަވައި އިތުރު ކުށެއްގެ ތުޙުމަތުގައި މީގެކުރިން އޭނާ ހައްޔަރު ކޮށްފައި ނުވާކަން އެނގޭ ކަމަށެވެ. މިވިސްނުމުން ބަލާނަމަ ދިވެހި ރާއްޖޭގެ ޖަލުތަކުގައި މިފަދަ ވަރަށްގިނަ ޑްރަގް މީހުން މިހާރުވެސް ޙުކުމް ކޮށްފާ އެބަތިއްބެވެ.
އެހެންކަމުން ޑުރަގް ވިއްކުން ނުވަތަ ބޭނުންކުރުމަށް ފައިސާ ހޯދުމަށް ވައްކަންކުރުން ފަދަ އެހެން ކުށެއް ކުރަމުން ނުދާ ނަމަ، ހަމައެކަނި ޑުރަގް ބޭނުންކުރުމަކީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވާނެ ޙާލަތެއް ނޫން ކަމަށް ނިންމައި އޭނާ ދޫކޮށްލަންނިންމެވީކަމަށެވެ.
އެގޮތަށް ބަލާނަމަ، ޕީޖީވެސް އެވިދާޅުވާހެން އެކަކު އަނެކައަށް އޭނާގެ އޮރިޔާ ފޮޓޯއާއި ވީޑީއޯ ފޮނުކަމީވެސް ހަމަ އެފަދަ އޯކޭ ކަމެކެވެ. އަދި އެހެން ބޮޑަކު ވިދާޅުވެފާއި ވާހެން ދެމީހަކު އެއްބަސްވެ ސިއްރިޔާތުގައި އެއްޖިންސުން ނުވަތަ ދެޖިންސުން ފާޙިޝު ޢަމަލު ހިންގުމަކީ އަނެކާއަށް ގެއްލުމެއް ނުވާނެކަމަކަށް ވުމުން އެއީއަކީ މާ ބޮޑު ކަމަކަށް ހަދައިގެން އުޅުމުގެ ބޭނުމެއް ނެތެވެ!
މިހެންކަމަށްވާނަމަ ދެން މިގައުމުގައި ކުށްކުރާ މީހުން ވަރަށް މަދުވާނެކަމަށް ފެނެއެވެ. ރޯޔަލް ރޭޕްގެ މައްސަލަވެސް ނިންމާލެވިފައިވަނީ މި ސަބަބުވެރި ވިސްނުމުން ކަމުގައި ބެލިދާނެއެވެ.
2 Responses
Vikka meehun hayyaru nukoh thikameh nuhuttuveyne
އެޖެންޑާ19 ގެ ހުރިހާ ވަޢުދެއް ފެނަށް ދިޔައީއެވ. ދަހިވެތި ބަޔަކު އެމްޑީޕީ ޙިސޯރު ކުރުމުގެ ނަތީޖާކަމަށް ބަޔަކު ބުނެތެވެ.