ނައިބުރައީސް ދިރިއުޅުއްވަނީ ޖިންނި އަވަލާފައި ހުންނަ ގެއެއްގައި

Loading

Facebook
Twitter
WhatsApp
News Maldives

އެމެރިކާގެ ނައިބުރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ހުންނަނީ ވޯޝިންގޓަންގައި ހުންނަ އެމެރިކާގެ ނޭވަލް އޮބްޒަވޭޓްރީ ބިމުގައެވެ. އެއީ އެމެރިކާގެ ސައެންސްވެރިން ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ ފަލަކީ ހޯދުންތައް ހޯދަމުން ގެންދާ ބިމެވެ. އަދި އެމެރިކާގެ ދިފާއީ ވުޒާރާގެ ބޭނުމަށް ޖީ. ޕީ. އެސް. ފަދަ ވަސީލަތަތައް ދުވަހުން ދުވަހަށް ތަރައްގީކޮށް ބަލަހައްޓަމުން ގެންދަނީވެސް އެބިމުގައެވެ. 9150 އަކަފޫޓުގެ ނަންބަރ 1 އޮބްޒަރވޭޓްރީ ސަރކަލްގައި 33 ކޮޓަރި ހުންނަކަމަށް ވެއެވެ.

ނައިބުރައީސްގެ ގެކޮޅުކަމަށް ޚާއްސަކުރެވިފައިވާ 6 ކޮޓަރީގެ އިމާރާތަކީ ކުރީގައި ނޭވަލް ޗީފްގެ ގެކޮޅެވެ. ނައިބުރައީސަށް އެތަން ޚާއްސަކުރެވުނީ 1974 ގައެވެ. ކޮންގްރެސް އިން ނައިބުރައީސްގެ ގެކޮޅު މަރާމާތު ބެލެހެއްޓުމާއި ކަންކަމަށް ފައިސާ ކަނޑައެޅުމުގެ ކުރިން އެބޭފުޅުން ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅުގައެވެ. އަލަށް ޚާއްސަކުރެވުނު މިޢިމާރާތުގައި އެންމެ ފުރަތަމަ ދިރިއުއްވި ނައިބު ރައީސަކީ ޖިމީ ކާރޓަރުގެ ނައިބުރައީސް  ވޯލްޓަރ މޮންޑޭލް އެވެ.

އޭރު އެ ޢިމާރާތް ހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަންވެސް ޖެހިފައެވެ. ނައިބުރައީސް ފުރަތަމަ ފަހަރު އެ އިމާރާތުގައި ފެންވަރުއްވަމުން ގެންދަވަނިކޮށް ފެންހޫނުކުރާ ނިޒާމް ހަލާކުވުމުން ދެން ޖެހިވަޑައިގަތީ ފިނިފެނުން ފެންވަރާ ނިންމާލާށެވެ. 

     ބައެއް ނާއިބު ރައީސުން އެބޭފުޅުންނަށް ބޭނުންވާ އިތުރު ވަސީލަތްތައް އެތަނުގައި ގާއިމް ކުރަމުން ގެންދެއެވެ. ސްވިމިންޕޫލް އާއި ޖޮގިންގ ޓްރެކާއި ބަގީޗާއެވެ.  ބުނެވޭ ގޮތުގައި އެ ޢިމާރާތަކީ ޖިންނިއަވަލާފައި ހުރިތަނެކެވެ. ނައިބުރައީސް ވޯލްޓަރ މަންޑޭލްގެ އަންހެން ދަރިފުޅުގެ ނިދާކޮޓަރިކޮޅުން ރޭގަނޑު ޖިންނިއެއް ފެންނަކަމަށް ވިދާޅުވިއެވެ. ފުރަތަމަ ފެނުނު ރޭ ވަރަށް ބިރުގަތްކަމަށާއި ހޭނުނެތުނީވެސް ކިރިޔާކަމަށް އޭނާ ވިދާޅުވިއެވެ. އަހަރެންގެ ކޮޓަރިތެރޭގައި މީހަކު ހުރިކަމަށް ބުނެ ސެކިއުރިޓީ ސަރވިސަސް އަށް ފޯނުކުރުމުން ކުޑަ އިރުކޮޅެއްގެތެރޭގައި ހަތިޔާރާއެކު 2 ބޭފުޅަކު ވަޑައިގަތެވެ. އެމީހުންގާތު އެއީ އިންސާނެއްނޫނޭ ބުނުމުން ދެން ދުވަހަކުވެސް އެވާހަކަ ނުދައްކަން ބުނެފާ އެމީހުން ހިގައްޖެއެވެ.

ައިބުރައީސް ދިރިއުޅުއްވާ ގެކޮޅު އެބޭފުޅާ ބޭނުންވާ ކުލައަކާއި ގޮތަކަށް ޒީނަތްތެރި ކުރެވިދާނެއެވެ. މިހާރު އެކަމަށް ފައިސާ ޚަރަދު ކުރަނީ 1991 ވަނައަހަރު ހުޅުވުނު ނައިބުރައީސްގެ ފަންޑުންނެވެ. އެ ފަންޑަށް އަމިއްލަފަރާތްތަކުން އެހީ ޖަމާކުރަމުން ގެންދެއެވެ. އެ ސަރަޙައްދުގައި ޖޮގިންކުރާނެ 250 މީޓަރުގެ ޓްރެކެއް ހެއްދެވީ ޖޯރޖް ޑަބްލިޔޫ ބުޝް ގެ ނައިބު ރައީސް ކަމުގައެވެ.

ނައިބުރައީސްގެ ގެކޮޅަށް ސްވިމިންގޕޫލެއް އިތުރު ކުރެއްވީ ނައިބުރައީސް ޑެން ކްވައިލްގެ ދުވަސްވަރުގައެވެ. މިހާރުގެ ރައީސް ބައިޑަން ގެ ނައިބު ރައީސް ކަމުގައި ވިދާޅުވެފައިވަނީ ޑެން ކްވައިލަކީ އޭނާގެ އެންމެ ފޭވަރިޓް ނައިބުރައީސް ކަމުގައެވެ.

ބައިޑަންގެ ނައިބުރައީސް ކަމުގައި 2010 ވަނައަހަރު ލޯބިވެރިންގެ ދުވަހުގައި އަނބިކަބަލުންނަށް ޓަކައި އެތާގެ ގަހެއްގައި އުދޯއްޔެއް އެލުވާދިނެވެ. އިންސާނުންގެ ވިސްނުމާއި ފިކުރާ އަދި ލޯބިކުރާ ކަންތައްތައް ތަފާތުވުމުގައި އެމެރިކާއެއް އޭޝިޔާއެއް އިސްތިސްނާއެއް ނުކުރެއެވެ.

ނައިބު ރައީސް ޕެންސް އެ ގެކޮޅަށް ވަޑައިގެންނެވިއިރު އަނބިކަނބަލުން ކަރެން ޕެންސް  ގެންދެވީ އެކަމަނާ ގެންގުޅުއްވާ ކުޅަނދުރުތަކެވެ. ހަތާ ހައްދަވައިގެން  ވިހިހާސް ކުޅަނދުރު އެކަމަނާ ގެންގުޅުއްވިއެވެ. 

2001 ސެޕްޓެމްބަރ 11 އާއި ގުޅިގެން ނައިބު ރައީސްގެ ގެކޮޅުގައިވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ބިންގަރާހެއް އިމާރާތް ކުރެވުނު ވާހަކަތަކެއްވެސް ފެތުރިގެން ދިޔައެވެ. އަދި 2009 ގައި ނައިބުރައީސް ބައިޑްންގެ އަނބިކަނބަލުން އެ ގެކޮޅުގައި ބިންގަރާހެއް ހުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ބައިޑަންގެ ސްޕޯކްސް ޕަރސަން ވިދާޅުވީ އެއީ އޮޅުމެއް ކަމަށާއި އަދި އެއީ ބިންގަރާހެއް ނޫންކަމަށެވެ. އަދި އެއީ ނައިބުރައީސް ޑިކްޗޭނީގެ ދުވަސްވަރުގައި އެހެން ފަންގިފިލާއެއްގައި އާންމުކޮށް މަސައްކަތްކުރަން ބޭނުންކުރި ތަނެއްގެ ވާހަކައެވެ. 

އެމެރިކާގެ ނައިބުރައީސަށް އެމަނިކުފާނުގެ ގެކޮޅުގެ ސަރަހައްދުގައި ރައީސަށް ވައިޓް ހައުސްގެ ސަރަހައްދު ނެތް މިނިވަންކަމެއް ލިބިފައިއޮވެއެވެ. މިސާލަކަށް ރައީސް ބޭނުންފުޅު ވިޔަސް ކޮންމެ ކޮންމެ ވަގުތެއްގައި ވައިޓްހައުސް ގޯތިތެރޭގައި ހިންގަވާ ނޫޅުއްވޭނެއެވެ. އެކަމަކު ނައިބުރައީސް ބޭނުންފުޅު އިރަކު އެމަނިކުފށާނުގެ ގެކޮޅު ހުންނަ 80 އޭކަރުގެ ބިމުގައި ބައިސްކަލް ދުއްވުމާއި ހިނގާލަން ދިއުމާއި ސްވިމިންޕޫލަށް އެރުން ފަދަ ހުރިހާ ކަމެއް ކުރެވޭނެއެވެ.

މިހާރުގެ ނައިބްރައީސް ކަމަލާ ހެރިސް ވަޑައިގެން ގެކޮޅަށް ވަންނަން އޮންނަ މަގުގައި ހުދުކުލައިގެ މެޒުޒާ އެއް ވަނީ ބަހައްޓަވާފައެވެ. މެޒުޒާއަކީ ތައުރާތުގެ ތަންކޮޅެއް ހީބުރޫ ބަހުން ލިއެފާހުރުމަށް ބޭނުން ކުރާ ބަހެކެވެ.

ނައިބުރައީސް ކަމަލާ ހަރިސް އާއި އެކަމަނާގެ ފިރިކަލުން ޑްއޯގް އެމްހޯފްއަކީވެސް ޔަހޫދީންނެވެ.

Loading

One Response

  1. ނިއުކްލިއަރ ބަޑިއަކުން އެޖިންނި ގޮއްވާލީމާ ނިމުނީތާ. ޖިންނިދެކެ ބިރުގަންނަނީ ހަމައެކަނި އަހަރެމެނެއް ނޫންދޯ. މިތިބަ އިއްޒަތްތެރި އަންހެންބޭފުޅުން ހޮބީއަކަށްވެސް މިގެންގުޅުއްވަނީ ކުޅަނދުރު. އަހަރެމެން މިކަން ކޮޕީ ނުކޮށްފިއްޔާ ރަނގަޅު. ސަންދާނުގައި މިލިއުނުކަން ވަރަށްދެރަ. މިހާރުވެސް ހަ ސަތޭކައަށްވުރެން ގިނަ މީހުން ކިޔައިފި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް