އެއްދުވަހުގެ ތެރޭގައި 37 މިލިއަން މީހުން ކޮވިޑަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

މި ހަފްތާގެ އެންމެ ދުވަހެއްގެ ތެރޭގައި ގާތްގަނޑަށް 37 މިލިއަން މީހުން ޗައިނާގައި ކޮވިޑަށް ފައްސިވެފައިވާކަމަށް އެ ގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބޭއްވި ނޫސް ކޮންފެރެންސެއްގައި ހާމަކޮށްފިއެވެ. 

މިކަމާ ގުޅިގެން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ 18 ޕަސެންޓް މީހުން، އެއީ ގާތްގަނޑަކަށް 248 މީހުން މި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ކޮވިޑް ވައިރަސްއާ ކޮންޓެކްޓް ވެފައި ހުރުން އެކަށީގެންވެއެވެ. 

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޗައިނާގައި ކޮވިޑް ކޭސްތައްވަނީ އިންތިހާއަށް އިތުރުވެފައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ ނަންބަރުތައް އިތުރުވެފައިވަނީ އެ ގައުމުގެ ގިނަ ރައްޔިތުން މުޒާހަރާކުރުމާ ގުޅިގެން އެ ގައުމުން ކަނޑައެޅި ޒީރޯ ކޮވިޑް ޕޮލިސީގެ ސަބަބުންނެވެ. މި ޕޮލިސީގެ ދަށުން އެ ގައުމުގައި މާސް ޓެސްޓިން ޕްރޮގްރާމްތައް ހިންގުން މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ބަލީގެ އަލާމާތްތައް ނުފެންނަ މީހުންގެ ކޭސްތައް ރިޕޯޓުކުރުންވެސް ވަނީ ހުއްޓާލާފައެވެ.

އެ ގައުމުގެ ސިއްހީ ދާއިރާއަށް އަނެއްކާވެސް ވަނީ މި ކުއްލި ބަދަލާ ގުޅިގެން އިތުރު ބުރަތަކެއް ކުރިމަތިވެފައެވެ. ހޮސްޕިޓަލުތައް ފުރި ބާރުވެ ފާމަސީތަކަށް ބޭސް ހޯދުމަށް ޖަމާވެ ތިބޭ މީހުންގެ ކިއުތައް ވަނީ ދިގުވެފައެވެ. 

އެއާފިނިޓީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގައި މިހާރު ކުރިމަތިވެގެން މި އުޅޭ ކޮވިޑް 19ގެ އައުޓްބްރޭކް ކޮންޓްރޯލް ނުކުރެވިއްޖެނަމަ 1.3 އަކާއި 2.1 މީހުން މަރުވުން އެކަށީގެންވެއެވެ. ނަމަވެސް ޗައިނާއިން މި އައުޓްބްރޭކްގައި މިހާތަނަށް އެއްވެސް މީހަކު މަރުވިކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. އެ ގައުމުން މިހާތަނަށް ރިޕޯޓުކޮށްފައިވަނީ ބަލީގެ އަލާމާތްތަކާއި ނުލާ ބަލި ޖެހިފައިވާކަމަށް ބެލެވޭ 4000 ކޭސް އެކެންޏެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް