އުތުރު ކެލިފޯރނިޔާގެ އައްސޭރިފަށަށް ބިންހެލުމެއް އަތުވެއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ބިރުވެރި ބިންހެލުމެއްގެ އަތުވެދާނެކަމުގެ އިންޒާރު ސައިންސްވެރިން މީގެ ދެދުވަހެއްކުރިން ދީފައިވަނިކޮށް ރޭގެ ވަގުތެއްގައި 6.4 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މި ބިންހެލުމާއި ގުޅިގެން ދެމީހަކު މަރުވެ ބާރަވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައެވެ. މިއީ ފަހަކަށްއައިސް މި ސަރަޙައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމުގައި ބުނެއެވެ. ސެންފްރާންސިސްކޯއިން  250 މޭލު އުތުރުގައި އޮންނަ ހަމްބޯލްޓް ކައުންޓީ ސަރަޙައްދުގައި އެތައްހާސް ގެއަކުންނާއި ވިޔަފާރި މަރުކަޒުން ކަރަންޓު ކެނޑިފާވެއެވެ.

 އަދި ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ހަލާކުވެފައެވެ. ހެނދުނު 8 ޖަހާކަންހާއިރު ސާޅީސް ހާސް މީހުންނަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށާއި އަދިވެސް ތިރީހަކަށް ހާސް މީހުން ތިބީކަނު އަދިރީގައި ކަމަށް ބުނެފައިވެއެވެ.

އެމީހުންނަށް ކަރަންޓް ފޯރުކޮށްދެވޭނެ ވަގުތެއް ކަނޑައެޅިގެން ބުނަން ނޭންގޭކަމަށްވެސް މަޢުލޫމާތު ހާމަކޮށްފައިވެއެވެ. ހަމްބޯލްޓް ކައުންޓީގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކޮށްފައެވެ.

އެމެރިކާގެ ޖިއޯލޮޖިކަލް ސަރވޭއިން ބުނެފައިވަނީ ބިންހެލުން އައީ ރޭ މެންދަމުން އަލިވެ 2.34 ގައި ކަމަށެވެ. ރަސްމީ އިދާރާތަކުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ފަރންޑޭލަށް ދާން އޮންނަ ބްރިޖެއްވަނީވެސް ހަލާކުވެފައެވެ.

ޖިއޯލޮޖިކަލް ސަރވޭއިން އިންޒާރު ދެމުން ގެންދަނީ މިހާތަނަށް އަށްޑިހަވަރަކަށް އާފްޓަރ ޝޮކް ރެކޯރޑް ކުރެވިފައިވާތީ އިތުރު ޝޮކްތައް އަންނާނެ ކަމަށާއި ރައްކާތެރިވެ ތިބުމަށެވެ.                         

ހަމްބޯލްޓްގެ ޝެރިފް އޮފީހުން ބުނަނީ އެއީ  ދޮޅު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އަވަށެއް ކަމަށާއި ގިނަ މަގުތަކަކާއި ގެތަކެއް ހަލާކުވެފައިވާ ކަމަށެވެ. އިލެކްޓިރިސިޓީ އާއި ގޭހުގެ ސަބަބުން މެދުވެރި ވެދާނެ  ނުރައްކަލުން ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އިމަރޖެންސީ ޓީމުތައް ޙަރަކާތްތެރި ވަމުން ގެންދާކަމަށް ޔޫ. އެސް. އޭ. ޓުޑޭއިން މަޢުލޫމާތު ހާމަކޮށްފައިވެއެވެ.                                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް