ނޭޝަނަލް ޕެޓްރޯލިއަލް ކައުންސިލްގައި ހިމެނޭ އެކްސޒޯން މޯބައިލް ކޯރޕޮރޭޝަނާއި ރޯޔަލް ޑަޗް ޝެލް ފަދަ
ތެލާއި ހަކަތައިގެ އިންޑަސްޓްރީތަކުގެ އިސްފަރާތްތަކާއިއެކު ވޯޝިންގޓަނުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުން ފޮސިލް ފިއުލްގެ ބަދަލުގައި އެއަށްވުރެން ސާފު އެހެންގޮތެއް ހޯދަން ބައިޑް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރަމުން ގެންދިޔަ ނަމަވެސްއަދިވެސް އެތައް ޒަމާނަކު ފޮސިލް ފިއުލް ބޭނުންކުރަން ޖެހޭނެ ކަމަށާއި އަދި މާއަވަހަށް ކަންތައްތައް ބަދަލުކުރަން އުޅުމުން އާންމު ރައްޔިތުންނަށް ނުރަނގަޅު ގޮތްތަތަކެއް މެދުވެރިވަމުންދާތީ އެކަން ވިސްނި ވަޑައިގަންނަވާކަމަށް ވިދާޅުވެފާވެއެވެ.
އެމެރިކާގެ ހަކަތައާއި ބެހޭ ވަޒީރު ޖެނިފަރ ގްރޭންހޯމް ޒައިތޫނި ފަތްކޯޅިއެއް ދިއްކުރައްވައިފިއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިޑަން ސަރުކާރުން އިތުރު ޓެކްސް ތަޢާރުފް ކުރުމާގުޅިގެން ތެޔޮއުފައްދާ ކުންފުނިތަކުން މާބޮޑަށް އަގުބޮޑުކޮށްގެން ފައިދާ ނަގަން މަސައްކަތް ކުރާ ކަމަށާއި ސާފުކޮށްފާހުރި ތެލުގެ އުފެއްދުންތައް އެކްސްޕޯރޓް ކުރަން ހުރަސް އަޅާކަމަށް ބުނެ ސަރުކާރުން ތުޙުމަތުގެ އިނގިލި ދިއްކުރަމުން ދިއުމުން އެކަމާގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.
އަހަރެމެން ބޭނުންވަނީ ތިޔަ ކުންފުނިތަކުގެ އަޑުވެސް އަހައިގެން ކުރިޔަށް ދާށެވެ. އެކަމަނާ އިތުރަށް ވިދާޅުވިއެވެ.
ފޮސިލް ފިއުލް އުފެއްދުން ރައްޔިތުންގެ ބޭނުންތަކާއެއްވަރަށް އިތުރުކުރަން އެބަޖެހެއެވެ. ޚާއްސަކޮށް އެމެރިކާގެ އިރު އުތުރު ސަރަހައްދުތަކުގައި ފުދޭވަރަށް ޑީސަލް ލިބޭކަށްނެތެވެ.