ރައީސް ޔާމީނު ޝަރިޢަތުގެ ފަހު އަޑު އެހުން އަންނަ ހަފުތާގައި 

Loading

Facebook
Twitter
WhatsApp


ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބޭއްވުމަށް ކޯޓުން ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުން ނިންމަވާލައްވަމުން ގާޒީ  ޝަކީލު ވިދާޅުވީއަންނަ ބުދަ ދުވަހު އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމެވެ. އެއަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އޮންނާނީ ހުކުމް އިއްވުމެވެ.

ރައީސް ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދަޢުވާއެވެ.

ދަޢުވާ އުފުލާފަވަނީ އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ތެރެއިން އެރަށް ޔޫސުފް ނައީމުގެ މަސްލަޙަތު އޮތް ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ކުއްޔަށް ދޭން ނިންމައި އޭނާގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށެވެ.

ހެކިބަސް ދެއްވަމުން ޝަރީއަތުގެ މަޖިލިސްގައި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް ވަނީ ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ގަންނަން ބޭނުންފުޅުވުމުން ޔޫސުފް ނައީމުގެ އަތުން ޑޮލަރު ހޯދައިދީފާވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑޮލަރު ގަތުމަށް ބޭނުންވާ ދިވެހި ފައިސާ ގެންގޮސްދެއްވި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ވަކީލު ވަނީ ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކި އުފައްދަވާފައިވާ ކަމަށް ބުނެ ބައެއް ކަންކަން އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ.

ދައުލަތުގެ ފަރާތުން ހެކިބަސްހޯދާ ދެފަރާތަކީ ބޮޑެތި ފާސިގުން ކަމުގައި ދިފާޢީ ވަކީލުން ވިދާޅުވިއެވެ. އެގޮތުން އެމައްސަލައިގެ ބޮޑު ވަގު ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އެތަކެއް އަހަރުދުވަހަކަށް ޖަލަށްލުމަށް ޙުކުމް ކޮށްފާ ވީނަމަވެސް މިސަރުކާރު އައުމާއިގުޅިގެން އޭނާ ޖަލުން ހުޅޫމާލޭ ޕެންޓްހައުސް އަކަށް ބަދަލުކޮށް އަރާމުގައި އޭނާ ބޭނުން ލުޔެއް އޭނާއަށް ދީގެން، އަރާމުގައި ބަހަށްޓައި ހެކި އުފަށްދާ ހެކި ގެއްލުވާލާ ކަމަށްވެސް  ތުޙުމަތު ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް