ދޒުވާނުންނަށް 20،000 އަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިއަދު ޓްވީޓެއްގައި ވިދާޅުވީ ޒުވާނުންނަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ވިޔަފާރިތަކަށް 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުތައް ދޫކޮށްފައިވާ ކަމަށާއި މި ފަދަ ކަންކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ހާސިލްވެފައިވާ ކަންކަން ކަމަށެވެ.
މީގެ އިތުރުން 15،000 ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅިވަރުގެ ރަންޒަމާން މި ސަރުކާރުގައި ފެނިފައިވާ ކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ މިފަދަ އެތަށްކަމެއް ރައީސް އިބޫ ސޯލިހުގެ ސަރުކާރުން ހާސިލްކޮށްދީފައިވާކަމީ ގައުމީ ޒުވަނުންގެ ދުވަސް ފާހަގަކުރާއިރު އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.
2 Responses
Bedheysee zuvaanunnah thiya ufeydhi eychey ufeydhee
ކޮންތާކު އެމީހުން ތިބީ؟ ދައުލަތުގެ ކުންފުނިތަކަށް ބައިވަރު މީހުން އަނެއްކާވެސް އަޅާލައިފިކަން އެނގެއެވެ. އެވެސް ވޯޓުހޯދުމަށް އެކުންފުނީތަކުން ފައިދާއެއް ނުދެއްކިޔަސް އޯކޭ ވެގެނެވެ. މަހުލޫފު އުފެއްދެވި ތިބުނާ 20000 ކޮންތާކުވީ؟