ރާއްޖެއިން އިއްޔެ 18:00 އާއި ހަމަޔަށް ކޯވިޑް19 އަށް، އިތުރު 137 މީހަކު ފައްސިވެއްޖެއެވެ. މީގެ ތެރެއިން 129 މީހަކު ގްރޭޓަރ މާލެ ސަރަހައްދަށް ނިސްބަތްވާއިރު، 8 މީހަކު ނިސްބަތްވަނީ އަތޮޅު ތެރެއަށެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި، 96 ދިވެހިން ހިމެނޭއިރު، އޭގެ އިތުރަށް ހިމެނެނީ، ބަނގްޅަދޭޝްގެ 25 މީހަކާއި، އިންޑިޔާގެ 9 މީހަކާއި، ލަންކާގެ 2 މީހަކާއި، ނޭޕާލްގެ ދެމީހަކާއި، އަދި ފިލިޕިންސް، ގާނާ، ރަޝިޔާ މިއިން ކޮންމެ ޤައުމަކުން އެކަކެވެ.
އިއްޔެ ފައްސިވީ މީހުންނާއިއެކު، ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ، 7804 އަށް އަރައިފައެވެ. މިއާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު 2615 އަށް އަރާފައިވާއިރު، 172 މީހަކަށް އިއްޔެއާއި ހަމަޔަަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދިޔައެވެ.
ރާއްޖެއިން މިބަލީގައި މިހާތަނަށް 28 މީހަކު މަރުވެފައި ވާއިރު، 5155 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.