އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް، ފުރަތަމަ ސޮއިވެސްކުރީ އަޅުގަނޑު: ގާސިމް

Loading

Facebook
Twitter
WhatsApp
ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު.... ފޮޓޯ/ ވަން އޮންލައިން
ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު.... ފޮޓޯ/ ވަން އޮންލައިން

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ”ރާއްޖެ ޓީވީގެ“ ޕްރޮގްރާމެއްގައެވެ.

ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގެ މާދަމާގެ ބައިގެ، ޓްރެއިލާ މިހާރު އާއްމުކޮށްފައިވާއިރު، ޓްރެއިލާގައި ގާސިމް ވަނީ އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމުގައި ވިދާޅުވެފައެވެ.

”އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް. އެމްޑީޕީގައި ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު“ ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ޖޭޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީއެކެވެ. އެޕާޓީ އުފައްދާފައިވަނީ 26 މޭ 2008 ވަނަ އަހަރުއެވެ. އެމްޑީޕީ އުފައްދާފައިވަނީ 10 ނޮވެންބަރު 2003 ވަނަ އަހަރުއެވެ.

ގާސިމް އިބްރާހިމް އިސްވެ ހުންނަވާ 24 ފެބްރުއަރީ 2001 ވަނަ އަހަރު އެމްޑީޕީ އުފައްދަން ހުށަހެޅިއެވެ. ނަމަވެސް އެއިރު އެ ހުށަހެޅުން ވަނީ ބޭރުކޮށްފައެވެ. އެއިރު އެމްޑީޕީގެ ރައީސަކީ ގާސިމް އިބްރާހީމެވެ. ނަމަވެސް ރަސްމީކޮށް އެމްޑީޕީ ވުޖޫދުވެފައިވަނީ 42 މެންބަރުންގެ ސޮޔާއެކު 2003 ވަނަ އަހަރުއެވެ. އެމްޑީޕީގެ އަމަލީ ހަރަކާތްތައް ފަށާފައިވަނީ 30 އޭޕްރީލް 2005 އިން ފެށިގެންނެވެ.

Loading

3 Responses

  1. ހިޔަޅަށް މޭބިސް ކަދުރު ހިތިވާކަ އަޑުއެއްސެވީމުތޯއެވެ؟
    މިފަދަ މީހުން ވެރިކަމުގެ ފަހަތުން ދުވަން ފެށީމާ ދެން ގައުމަށް ވާނެ ގޮތް މިއޮތީ ވެފައެވެ. ރިޝްވަތާއި ފާޙިޝުކަން ޢާންމުވެއްޖެއެވެ. ދެން މިހާރު އެއުޅެނީ ބޮލުން ނަށްޓާލައިފަ އިބޫ ނުނީ އަންނިގެ ބޮލުގައި ޖަރީމާތަށް އަޅުވާފަ ރެކެންވެގެނެވެ. ހަމަ ހިލާ އެހެން ހެދިޔަ ދީގެން ނުވާނެއެވެ. ކުރިހުރިހާ ވައްކަމަކާއި ގިރިތައް ހަލާކު ކުރުމާއި ވެންލޭޓަރު ވައްކަމާއި 2018 ގައި ރައްޔަތުންނަށް ވީ ވަޢުދުތައް ނުފުއްދާ އަނެއްކާ 2023 ގައި ގޭމް ޖެއްސިޔަ ދީގެން ނުވާނެއެވެ.

Leave a Reply to މުންޝިދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް