ޑިޕްރެޝަންއަށްދާ ސަބަބުތަކާއި އެކަމުގެ ފަރުވާ

Loading

Facebook
Twitter
WhatsApp

ޑިޕްރެޝަންއަކީ ނުވަތަ މާޔޫސް ބައްޔަކީ ކަންކަން ކުރުމުގެ މޫޑު ނެތުމާއި ތިމާގެ ވިސްނުމާ ފިކުރާ އިހްސާސްތަކާ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމުން ދުރުވާކަމެކެވެ. ޑިޕްރެޝަންގެ ތަފާތު ބާވަތްތައްވެއެވެ. ޑިޕްރެޝަންގެ އެންމެ ނުރައްކާތެރި ވައްތަރަކީ ”މޭޖާ ޑިޕްރެޝަން“އެވެ.

ޑިޕްރެޝަނަކީ އެތައް ބަޔަކު ތަހައްމަލުކުރަމުންދާ ކަމެކެވެ. އެތައް ސަބަބުތަކަކާ ހުރެ ޑިޕްރެޝަން ތަހައްމަލުކުރާ މީހުން އުޅޭއިރު ޑިޕްރެޝަނަކީ އެތައް ފުރާނައެއް މިދުނިޔެއާ ވަކިކޮށްލާފައިވާ ނުރައްކާތެރި ކަމެކެވެ. އަމިއްލައަށް މަރުވުމާއި ނަފްސަށް ގެއްލުން ދިނުން ފަދަ ކަންކަން ގިނައިން ކޮށް އުޅެނީ ޑިޕްރެޝަން ތަހައްމަލުކުރާ މީހުންނެވެ.

ޑިޕްރެޝަނަށް މަގުފަހިވާ ބައެއް ސަބަބުތައް:

އަނިޔާ: އެމީހަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިމަތިވެފައިވާ ނަމަ ޑިޕްރެޝަނަށް މަގުފަހިވެއެވެ.
ބަނގުރާ ބުއިން.
ލޯބިވާ މީހަކު ގެއްލުން ނުވަތަ މަރުވުން
ބައެއް ކަހަލަގެ ބޭސްތައް ބޭސްތައް ބޭނުން ކުރުން
އޮފީސް މާހައުލުގައި ދިމާވާ ހިތްހަމަނުޖެހޭ ކަންކަން
ގަނާގެ ޝިކާރައަކަށްވުން

ޑިޕްރެޝަންގެ ސަބަބުން މީހާ އެކަނި އިނުމަށް ލޯބިކުރެއެވެ. މީހުންގެ ތެރެޔަށް ނުކުމެ އުޅުމަށް ފޫހިވެއެވެ. އަނދިރީގައި އިންނަން ލޯބިކުރެވެއެވެ. އަމިއްލައަށް ވިސްނަން ނުޖެހޭ އެތައް ކަމަކާ ވިސްނެއެވެ. ނިދަން ބޭނުންވިޔަސް ނުނިދެއެވެ. ނިދިވެސް އާދެއެވެ. އެކަމު ނުނިދެއެވެ. އަމިއްލަ ނަފްސަށް އަނިޔާކުރުން އެއީ އުފަލެއް ކަމުގައި ދެކެއެވެ. ދުނިޔޭގައި ތިމާއަށް އަޅައިލާނެ، ތިމާއާ މެދު ވިސްނާނެ އެހެން މީހެއް ނެތްކަމުގެ އިހްސާސް ކުރެވެއެވެ. ބާކީވުމުގެ އިހްސާސް ކުރެއެވެ. ކުއްލި ކުއްލިއަށް ސިއްސައިގެން ދިއުން ފަދަ ކަންކަމާއި ހާސްވުން ފަދަ ކަންކަން ކުރިމަތިވެއެވެ. ކާން ބޭނުންވިޔަސް އަރުން އެެއްޗެއް ނުދިރެއެވެ. މީހާ އަނަރޫފަވެ، ދާންމަތިވެދެެވެ. ބައެއް ހާލަތްތަކުގައި އަމިއްލައަށް މަރުވެއެވެ.

ޑިޕްރެޝަންގެ ފަރުވާ:

ޑިޕްރެޝަންއަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އަމިއްލަ ހިތްހަމަޖެހުމެވެ. އެހެންކަމުން ނަމާދާއި ދުއާއިން ފަރުވާ ލިބިގަތުމަކީ މުހިންމު ކަމެކެވެ. ބައެއް ހާލަތްތަކުގައި ތެރެޕިސްޓެއްގެ އެހީއާއެކުވެސް ޑިޕްރެޝަންއަށް ހައްލެއް ހޯދިދާނެއެވެ. އަދި ބޭސްވެރިކަމުންވެސް އެކަމަށް ފަރުވާ ހޯދިދާނެއެވެ. ޑިޕްރެޝަން ކުޑަކުރުމަށް، ގިނަ ކަންކަމާއި މަސްއޫލުވެ އުޅުމަކީ މުހިންމު ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް