ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަޙުމަދު މުއިއްޒު ވިދާޅުވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މުވައްޒަފުން ތަކެއް އިންޑިއާ އިން ތަމްރީނުކުރުން އެއި ކަންބޮޑުވާން ޖެހޭކަމެއް ކަމުގައެވެ.
އެހެނީ ދިވެހިރާއްޖޭގެ ޝަރުޢީނިޒާމް ބައްޓަން ވެފައިވަނީ އަދިހިންގެންޖެހެނީ އިސްލާމީ ޝަރުޢީ ގާނޫންއަށް ވަރަށްބޮޑައް ބުރެވެ ޢަދުލުވެރިކަމާއި އެކުގައި ކަމަށްވާތީއާއި އިންޑިއާގެ ގާނޫނުތަކާއި ޢަދުއިލްންސާފުގެ ޙުކުމްތަކުގައި އެއްވެސް ވަރަކަށް އިސްލާމް ދީނުގެ އަސްލަކަށް ޙުކުމްކުރުމުގައި ބަލަން ނުޖެހޭ ކަމަށެވެ.
އަދި އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިންޑިއާ އިން ރާއްޖޭގެ ޖުޑިޝަރީ މުވައްޒަފުން ތަކެއް ތަމްރީނު ކުރާތީ އެކަމުގެ ފެންވަރާ މެދުވެއް ސުވާލު ކުރަށްވާފައި ވެއެވެ.
”މިއީ އެއްވެސް ވަރެއްގެ ފައިދާއެއްވާނެ ކަމެއް ކަމަށް ނޭނގޭ.“ މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާ އަކީ މުއިއްޒު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާ އިން ބަލާ އިރު މާ ފާހަގަކުރެވޭ ގައުމެއް ވެސް ނޫންކަމުގައެވެ. އަދި އޭނާ ވިދާޅުވީ، އިންޑިއާ އަކީ އެ ގައުމުގެ ޖުޑިޝަރީ އަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔައި މަލާމާތް ވެސް ކުރާ ދާއިރާއެކެވެ.
އިންޑިއާ ރާއްޖޭގެ ޖުޑިޝަރީގެ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނާ (ޖޭ.އެސް.ސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު އެމް.އޯ.ޔޫ މި މަހުގެ 23 ވަނަދުވަހު ސޮއިކޮށްފައިވެއެވެ.
އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދުވެސް ރާއްޖޭގެ ޖުޑިޝަރީގެ މުވައްޒަފުން ތަމްރީންކުރުމަށް 2020 ގައި އެމް.އޯ.ޔޫ އެއްގައި ސޮއިކުރިއެވެ. މި ފަހަރުގެ އެއްބަަސްވުމުގެ ދަށުން ރާއްޖޭހެ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޖޭ.އެސް.ސީން ބުނެފައިވެއެވެ.
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން އިންޑިއާ އިން ތަމްރީން ކުރާނެކަމަށް ބުނެފައިވެއެވެ. އިންޑިއާ އަކީ އޭޝިއާގައި އެންމެ ކަރަޕްޝަން ބޮޑު އެއްގައުމުކަމުގައި ވަނީ ފާހަގަކުރެވިފައެވެ.
One Response
ސްކިމް އަށް ހެދިހްނެ ދިވެހިރާއްޖޭ އިންޑިއާގެ ސްޓޭޓް އަކަށް ނުހަދަނީސް ދިވެހި ގިނަބަޔަކުވެގެން ރާއްޖެ އިންޑިއާގެ އަތްދަށުން ސަލާމްތަ ކުރަން ޖެހެއެވެ. އެގޮތުން އިންޑިއާގެ ގޮޑިކޮށްކޮއެއް މިގައުމުގެ ވެރިކަމުގައި ހުރެގެން ނުވާނެއެވެ. އަބަދުވެސް ދިވެހިރާއްޖޭގެ ފަރސްޓް ޕޮލިސީއަކަށް ވާންވާނީ އިންޑިއާގެއް ނޫނެވެ. ދިވެހިންގެ ދިވެހިރާއްޖޭގެ ޕްރިއަރިޓީ އާއި ދިވެހިންގެ ކުރިއެރުމެވެ.