އީރާނާއި ސަޢޫދީގެ ގުޅުން އިތުރަށް ބަދަހިވަނީ 

Loading

Facebook
Twitter
WhatsApp

އީރާނުން ސައޫދީ އެރޭބިޔާއާއިއެކު ޙިއްސާކުރާ އިސްފަންދިޔާރު ތެޔޮވަޅު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އީރާނުގެ އޮފްޝޯރ އޮއިލް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރާ ހަވާލާދެމުން އީރާނުގެ މީޑިއާއިން ރިޕޯރޓް ކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ. މި ތެޔޮވަޅަށް ދީފައިވާ ނަމަކީ ލުއު ލުއު އެވެ.                                                       

މިހާރު ރޭވިފައިވާގޮތުން މި ތެޔޮވަޅު ތަރައްގީކުރުމުގެ ފުރަތަމަ ފޭސްގެ މަސައްކަތަށް 3 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެއެވެ. އަދި ފުރަތަމަ ފޭސްގައި ހަތަރު ތެޔޮވަޅެއް ޑްރިލް ކުރުން ހިމެނޭ ކަމަށާއި ދެވަނަ ފޭސްގެ ބޭނުމުގައި ތަޙުލީލުކުރުމުގެ ގޮތުން އިސްފަންދިޔާރު ސަރަހައްދުގެ އިތުރު ތެޔޮ ވަޅުތައްވެސް ޑްރިލް ކުރުމުގެ މަސައްކަތް ވެސް ކުރެވޭނެކަމަށް މައުލޫމާތު ދީފައިވެއެވެ.

އެމެރިކާގެ ފިއްތުންތަކާހުރެ މި ތެޔޮ ފީލްޑް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އިރާނުން އެކަންޏެވެ. އޭގެ ސަބަބުން އިތުރު ވަގުތު ބޭނުން ވާނެ ކަމަށާއި އެހެންނަމަވެސް އިރާނުގެ އަމާޒަކީ ދުނިޔެއަށް ދިމާވެފައިވާ ހަކަތައިގެ ނުކުޅެދުންތެރިކަން ހަމަޔަކަށް އެޅުވުމަށްޓަކައި މިތެޔޮ ދަނޑުގެ ބޭނުން ކުރެވޭނެ މަގުތަނަވަސް ކުރުންކަމަށް ބުނެފައިވެއެވެ.                          

އީރާނުން އުންމީދުކުރަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މި ފީލްޑުން ތެޔޮ ނަގަން ފެށޭ ވަރު ވާނެކަމަށެވެ. އީރާނުން ތެޔޮ ބޭރުކުރާ މިންވަރު މައްޗަށް ޖެހިފައިވާ ކަމަށް ޓޭންކަރު ފަހަރުގެ ދަތުރުތަކުގެ ޑޭޓާރެކޯރޑުތަކުން އެނގެއެވެ. އީރާނުގެ ތެޔޮ މައިގަނޑުގޮތެއްގައި އެކްސްޕޯރޓް ކުރެވެނީ ރަޝިޔާއެކޭ އެއްފަދައިން ޗައިނާއަށެވެ. 

އެހެންނަމަވެސް ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން މަދުކުރުމުގެ ސަބަބުން މެދުވެރިވެފައިވާ ހަކަތައިގެ ނުކުޅެދުންތެރިކަން ފޫބެއްދުމަށްޓަކައި ކޮންމެވެސް ގޮތަކުން އީރާނުގެ ތެޔޮ ހުޅަނގަށް ފޯރާނެ މަގެއް ހުޅަނގުންވެސް ބޭނުންވެއެވެ. އެއީއަކީ ސިއްރެއްވެސް ނޫނެވެ.އީރާނާއިއެކު ހަދާފައިވާ ނިއުކްލިއަރ އެއްބަސްވުމަށް އެމެރިކާގެނެސް އުފެދިފައިވާ ދެބަސްވުންތައް ނައްތާލަން ހުޅަގުގެ ގައުމުތަކުން ފައިވިއްދާފައިތިބި ސަބަބަކީ މިއީ ކަމަށްވެސް ވެދާނެއެވެ. 

އީރާނުގެ ތެޔޮވެސް މިހާރު ވިއްކަމުން ގެންދަނީ ރަޝިޔާއާއި ފައިހަމަކުރެވޭ މިންވަރެއްގެ ހެޔޮ އަގެއްގައެވެ. ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން މަދުކުރުމުގެ ސަބަބުން އެގައުމުގެ ތެލުގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ކޮށްފައެވެ.                                            

އީރާނާއެކު ހަދާފައިވާ ނިއުކްލިއަރ އެއްބަސްވުމަށް ހުޅަނގުގެ ގައުމުތަކުން އެކުލަވާލި އެންމެފަހުގެ ދެލިކޮޕީ އާއިމެދު ދެކޭގޮތް ބެލުމަށް މި މަހުގެ ކުރީކޮޅު އީރާނަށާއި އެމެރިކާއަށް ވަނީ ފޮނުވާފައެވެ. އެ ލިއުން ލިބުނުތަނާހެން އޭގައި ހިމަނާފައިވާ ޝަރުތުތަކާ އެއްގޮތަށް އެއްބަސްވެވިދާނެކަމަށް ނުބެލެވޭ ކަމުގައި އީރާނުން އޮތީ ރައްދު ދީފައެވެ. 

އެހެންނަމަވެސް އީރާނުގެ ވަކީލުންގެ ޓީމަށް ލަފާ ދެއްވާ މުޝީރު މުޙައްމަދު މަރަންދީ މިދިޔަ ހަފްތާގައި ވިދާޅުވިކަމަށް ސީ. އެން. އެން. އިން ބުނެފައިވަނީ ކުރިންވެސް ހުރި ބައެއް ކަންބޮޑުވުންތައް މިހާރުގެ ދެލިކޮޕީގައިވެސް ހުރުމާއެކު އެއްބަސް ވެވުނީމާ ނޫނީ އެކަން ނިމުނު ކަމަށް ނުބެލޭނެ ކަމުގައެވެ. އެހެނަސް މިހާރު އެއްބަސްވުމަކާ ހަމަޔަށް ދިއުމުގެ މަގު މިހާރު ތަނަވަސް ވެއްޖެ ކަމަށް ބެލެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.         

Loading

One Response

  1. ސައޫދީއާއި އީރާން ގުޅިއްޖެނަމަ އެއީ މުޅި އިސްލާމީ ދުނިޔެއަށް ލިބޭނެ ވަރަށް ބޮޑު ނަސީބަކަށް ވާނެއެވެ. އެހެންވީމާ އެކަންވިޔަ ނުދޭން ހުޅަނގުގެ ގައުމުތަކުން ކުރެވެން އޮތްހާ ކަމެއް ކުރާނެއެވެ. އެއީ ސިހުރު ހަދައިގެން ކަމަށްވިޔަސް ވަރިހަމައެވެ. ހުޅަނގުގެ ގައުމުގެ ތާރީޚުގައި ވެރިކަމާ ތޮޅެން ސިހުރު ހެދުމަކީ އެންމެ ގިނައިން ކުރި ކަންތަކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް