ކަދުރަކީ އަރަބި ގައުމުތަކުގައި ވަރަށް އާއްމު މޭވާއެކެވެ. ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވާ މޭވާއެކެވެ.
ކަދުރުގެ ބާވަތްތަކުގެ ތެރެއިންވެސް އެންމެ ފައިދާ ބޮޑު ކަމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީޘް ބަސްފުޅުތަކުންނާއި، އަސްހާބު ބޭކަލުންނާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކުން ސާބިތުވެފައި އޮތީ މަދީނާ އަޖުވާ ކަދުރެވެ.
އަޖުވާ ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ މޭވާއެކެވެ. އަދި އެއީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި މެގްނޭސިއަމްގެ އިތުރުން އަޔަން ފަދަ ވިޓަމިން އަދި މިނަރަލް އެކުލެވޭ މޭވާއެކެވެ.
މަދީނާ އަޖުވާ ކަދުރަކީ ވިހަތަކާއި، ސިހުރުން ރައްކާތެރިކޮށްދޭ މޭވާއެކެވެ.
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
(( مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ )) [رواه البخاري (5445) مسلم (2047)]
މާނަ: ”އެދުވަހެއްގެ ހެނދުނު (ހުސްބަނޑާހުރެ) އަޖުވާކަދުރުގެ ހަތްކަދުރު ކައިފިމީހަކަށް އެދުވަހަކު ވިހަޔެއް އަދި ކިޔެއް ސިޙުރެއްވެސް އެމީހަކަށް ނުޖެހޭހުއްޓެވެ“
އެހެންކަމުން ސިއްހީ ގޮތުންވެސް އަދި ރޫހާނީ ދުޅަހެޔޮކަމަށްވެސް އަޖުވާ ކަދުރަކީ މުހިންމު މޭވާއެކެވެ.
އަޖުވާ ކަދުރުގެ އެހެން ބައެއް ފައިދާ:
- މާބަނޑުމީހުންނަށް ފުރިހަމަ ސިއްހަތުގައި ހުރުމަށް އެހީވެދިނުން
- ތެދުކެނޑުވުން
- ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުން
- ލޭމައްޗަށް ދިއުމާއި ސްޓްރޯކް ޖެހުމުން ސަލާމަތްކޮށްދިނުން
- ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން އެހީވެދިނުން
- ސްޓްރެސް ކުޑަކޮށްދިނުން