ނޮޅިވަރަމްފަރު ސްކޫލުގެ ޤުރުއާން ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ތަހުގީގުކުރަނީ

Loading

Facebook
Twitter
WhatsApp

ހދ. ނޮޅިވަރަންފަރު ސްކޫލުގައި ކިޔަވައި ދެމުން އަންނަ ޓީޗަރަކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ނޮޅިވަރަންފަރުގައި ދެ ފިރިހެނެނަކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

”ސަންދާނަށް“ އެނގިފައިވާ ގޮތުގައި، އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތު ކުރެވޭ އެއް ފަރާތަކީ، ނޮޅިވަރަންފަރު ސްކޫލުގައި ޤުރުއާން ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ. އޭނާއަކީ އެ ސްކޫލުގައި އުޅޭތާ ގިނަ ދުވަސްވީ ޓީޗަރެކެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުސާރަ ނުހިނގާ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިއެވެ. މި މައްސަލައިގައި ފުލުހުން ވަނީ އެރަށުގެ ބައެއް މީހުންގެ ބަޔާންތައް ނަގައިފައެވެ.

މި ފަހަކަށް އައިސް އެއްޖިންސުންގުޅުން ހިންގުމުގެ މައްސަލަތައް ދަނީ ވަރަށް ގިނައިން ފެންމަތިވަމުންނެވެ. އެގޮތުން ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހިމެނޭހެން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް