http://sandhaanu.today/22249/ އާއި ގުޅޭ…
ހަތަރުވަނަ ފާފަ: ރިބާ ކެއުން
ބަހަވީ ގޮތުން ރިބާ:ގިނަވުން އަދި އިތުރުވުން. يَمْحَقُ اللَّهُ الرِّبَا وَيُرْبِيالصَّدَقَاتِ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ﴿٢٧٦﴾البقرة 275. اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިކުރައްވައެވެ. އަދި، صدقاتއިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ.
وَمَا آتَيْتُمْ مِنْ رِبًا لِيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِنْدَاللَّهِ ..الروم 39. އަދި މީސްތަކުންގެ މުދަލުން رِبا ގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، اللَّه ގެ حضرة ގައި އިތުރުވެގެން ނުދާނެތެވެ.
ރިބާގެ ޝަރްޢީ މާނަ:ރިބާއަކީ އެއްވަރުކަން ނޭގޭ ދޭތި އެކަތި އަނެކައްޗާ ބަދަލުކުރުމަށް ދެމީހެއްގެ ދެމެދުގައި ނުވަތަ ދެބައެއްގެ ދެމެދުގައި އެއްބަސްވެ ޢަޤުދުކުރުމެވެ.
ރިބާގެ ވައްތަރުތައް:
1.ރިބާ އަލްފަޟްލު(ވިޔަފާރީގެ ރިބާ)
2.ރިބާ އައްނަސީއާ (ދަރަނީގެ ރިބާ)
1. ރިބާ އަލްފަޟްލ:
ފަޟްލުގެ މާނައަކީ އިތުރެވެ. ރިބާއުލް ފަޟުލު ނުވަތަ ބަޔޫޢު: މި ބާވަތުގެ ރިބާ ނުކުންނަނީ މުދާ ބަދަލުކުރުމުގެ ތެރޭގައިވެ. ރިބާ އަލްފަޟްލު އޭ ބުނެވެނީ ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން، އެއް ބާވަތެއްގެ ދޭތި، އެކަތި އަނެކައްޗާ ބައްދަލު ކުރާ އިރު، ޝަރުޢީ މިންގަނޑުގައި (މިނެ ކިރޭ އެއްޗެހިތައް)، އެކަތި އަނެކައްޗަށްވުރެ އިތުރަށްދޭން ޝަރުތު ކުރެވިފައިވާ އިތުރުވުމެވެ. މިސާލަކަށް ރަނާއި ރަން، ފައިސާއާއި ފައިސާ، ހަނޑުލާއި ހަނޑޫ، ކަދުރާއި ކަދުރު ބަދަލުކުރާއިރު، އެކަތި އިތުރުކުރުމެވެ.
««التَّمْرُ بِالتَّمْرِ , وَالْحِنْطَةُ بِالْحِنْطَةِ , وَالشَّعِيرُبِالشَّعِيرِ , وَالذَّهَبُ بِالذَّهَبِ , وَالْفِضَّةُ بِالْفِضَّةِ , يَدًابِيَدٍ , عَيْنًا بِعَيْنٍ , مِثْلا بِمِثْلٍ، فَمَا زَادَ فَهُوَ رِبًا»» صحيح مسلم (3/ 1211) އަބޫ ސާޢިދުލް ޚުދުރީ ގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރެއްވި ހަދީޘެއްގައި ވެއެވެ. “ރަނަށް އަގުދޭންވާނީ ރަނުންނެވެ. ރިހި ރިއްސަށް، ބާރލީ ބާރލީއަށް، ގޮދަން ގޮދަނަށް، ކަދުރު ކަދުރަށް، ލޮނު ލޮނަށް، އެއްވައްތަރުގެ އެއްޗެތި ހަމަ އެ ވައްތަރުގެ އެއްޗަކަށެވެ. އަގުދޭންވާނީ އަތުން އަތަށެވެ. އެއަށް އިތުރުކުރާމީހާ ނުވަތަ އިތުރު ކުރަން އެދޭ މީހާ ރިބާގެ މުއާމަލާމާތެއް ހިންގައިފިއެވެ. އަދި ލިބޭ މީހާއާއި ދޭމީހާ އެއްވަރަކަށް ފާފަވެރިވާނެއެވެ.
ރިބާ އައްނަސީއާ:
ރިބާއުއްނާސިޔާ، ނުވަތަ ޖާހިލިއްޔަ ރިބާ، ނުވަތަ ދުޔޫން: މި ބާވަތުގެ ރިބާ ބަޔާންކުރައްވާފައި ވަނީ ކީރިތި ޤުރުއާނުގައެވެ.
ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސްކުރުމެވެ. ރިބާ އައްނަސީއާ އަކީ ދަރަނި އަދާކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމާއި އަދި ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާކުރާއިރު ރައުސްމާލަށްވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއްބާވަތެއްގެ ދޭތި ބަދަލު ކުރުމުގައި އަތުލުން ފަސްކުރުމަކީ ވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް ވަންނަކަމެކެވެ.
މި ޒަމާނުގައި އާދައިގެ ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ އަކީ (ބޭންކު ފައިދާ) އެއީ ރިބާ އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލު ވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާއެވެ.
ބޭންކު ފައިދާގައި، ރިބާ އައްނަސީއާ ހިމެނެނީ ދަރަނި ފަސްކޮށްފައި އިތުރު ކުރެވޭތީއެވެ. އަދި ރިބާ އަލްފަޟްލު ހިމެނެނީ، އަސްލު ދަރަންޏަށް ވުރެ އިތުރަށް އަތުލެވޭތީއެވެ.
ރިބާ އައްނަސީއާ ގެ ޙުކުމް :
ރިބާގެ މިވައްތަރުވަނީ ޤުރުއާނާއި ސުންނަތުން ޙަރާމް ކުރައްވާފައެވެ. ރިބާ ހިނގާ ޝަރުތު ހަމަވެއްޖެނަމަ، ހަ ބާވަތެއްގައި ރިބާ ހިނގާކަމަށް ހުރިހާ ފިޤުހުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އެ ހަ ބާވަތަކީ: ރަން، ރިހި، ގޮދަން، ހިމަގޮދަން، ކަދުރު، ލޮނުއެވެ.
عُبَادَةَ بْنِ الصَّامِتِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِوَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُبِالشَّعِيرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِالْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إذَا كَانَ يَدًا بِيَدٍ. ( رواه مسلم ) މާނައަކީ: “ޢުބާދަތު ބިން އައްޞާމިތު ރިވާކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރަނަށް ރަން ވިއްކާއިރު، އަދި ރިއްސަށް ރިހި ވިއްކާއިރު، އަދި ގޮދަނަށް ގޮދަން ވިއްކާއިރު، އަދި ހިމަގޮތަނަށް ހިމަގޮދަން ވިއްކާއިރު، އަދި ކަދުރަށް ކަދުރު ވިއްކާއިރު، އަދި ލޮނަށް ލޮނު ވިއްކާއިރު، ވިއްކަންވާނީ އެއާއި އެއްވަރެއްގެ އެއްޗަކަށް، ހަމަހަމައަށެވެ. އަދި މި ބާވަތްތައް ތަފާތުނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ.”
ކީރިތި ޤުރްއާނާއި އަދި ސުންނަތާއި އިޖްމާޢުން ރިބާއަކީ ޙަރާމް އެއްޗެކެވެ. މިއީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ބޮޑު ފާފައެކެވެ. يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْمُؤْمِنِينَ ﴿٢٧٨﴾ فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ وَرَسُولِهِ وَإِنْتُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩﴾ البقرة279. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِباގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!
ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً وَاتَّقُوااللَّهَ لَعَلَّكُمْ تُفْلِحُونَ ﴿١٣٠﴾آل عمران 130 . އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (ނޯޓު: މި آية ގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِبا ކެއުން ހުއްދައެއް ނުވެއެވެ.)
لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُوَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ މާނައަކީ: ”ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.” އަދި ވިދާޅުވިއެވެ: ”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.” (މުސްލިމް)“مَا ظَهَرَ فِي قَوْمٍ الرِّبَا وَالزِّنَا، إِلَّا أَحَلُّوابِأَنْفُسِهِمْ عِقَابَ اللَّهِ عَزَّ وَجَلَّ“المسند الموضوعي الجامع للكتبالعشرة (4/ 146)މާނައީ: ބައެއްގެ ތެރޭގައި ރިބާއާއި ޒިނޭ ފާޅުވެއްޖެނަމަ، އެމީހުން ﷲ ގެ ޢަޛާބު އަމިއްލަ ނަފްސުގެ މައްޗަށް ގެނެސްފި ބައެއްފަދައެވެ.
الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُالشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّاللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَاسَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَاخَالِدُونَ (البقرة 275) މާނަ: ”ރިބާ ކާމީހުން، ޝައިޠާނާ އެމީހުންގެ ގައިގައި ބީހުމުގެ ސަބަބުން ދެބަންދިހާރަވެފައިވާ މީހުން ކޮޅަށް ތެދުވާފަދައިން މެނުވީ، ޤިޔާމަތް ދުވަހު އެމީހުން ކޮޅަށް ނުތެދުވެވޭނެއެވެ. އެއީ ހަމަކަށަވަރުން ވިޔަފާރިއެކޭ ރިބާއެކޭ ހަމައެއްގޮތޭ އެމީހުން ބުނެއުޅުމުގެ ސަބަބުންނެވެ. އަދި އެކަމަކު ﷲތަޢާލާ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ރިބާ ކެއުން ޙަރާމް ކުރައްވައިފިއެވެ. ފަހެ އެމީހެއްގެ ގާތަށް އެމީހެއްގެ ރައްބުގެ ޙަޟްރަތުން ނަޞީޙަތާއި ވަޢުޡު އަތުވެއްޖެމީހާ (ރިބާގެ ޙުކުމް އިވިއްޖެމީހާ) ދެން އެއަށްފަހު އޭނާ ރިބާކެއުމާއި ރިބާގެ މުޢާމަލާތް ހުއްޓާލައިފިއްޔާ ދެން އޭގެކުރީގައި އޭނާގެ ކިބައިން އިސްވެދިޔަ ކަންތައް ދެން އިސްވެދިޔައީވެ. އޭނާގެ ކަންތައް ﷲ އިރާދަކުރެއްވި ގޮތަކަށް ނިންމަވާފާނެއެވެ. އެކަމަކު އޭގެ ޙުކުމް އެނގުމަށްފަހު އަލުންވެސް ރިބާގެ މުޢާމަލާތަށް ވަދެގެންފިމީހުންނަކީ ނަރަކައިގެއެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.”