އިންޑިއާއިން ފާޅުގައި މާފަށް އެދުމަށް ދިވެހި ސަރުކާރުން ގޮވާލަންޖެހޭ: އެމްއާރްއެމް

Loading

Facebook
Twitter
WhatsApp

ކީރިތި ރަސޫލާ މުހައްމަދު (ޞޢޥ) އަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ކައިވެނިފުޅުތަކަށާއި އިސްލާމީ ރިވެތި އުސޫލުތަކަށް ބަދުބަސް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ތަރުޖަމާނު ނުޕުރް ޝަރްމާ ދައްކާފައިވާތީ އެގައުމުން ފާޅުގައި މާފަށް އެދުމަށް ދިވެހި ސަރުކާރުން އެދެން ޖެހޭ ކަމަށް އެކަން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތް ނަބިއްޔާ އަކީ މުސްލިމުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ ޣައިރު މުސްލިމުން ވެސް ނުހަނު ލޯބިވާ އަދި އަދަބު އިހްތިރާމު ކުރާ މުޅި އިންސާނިއްޔަތަށް ފޮނުއްވުނު އެންމެ ލާމަސީލު ނަމޫނާ އަށްވީ ހިނދު އެކަލޭގެފާނާ ބެހޭގޮތުން ބޭއަދަބީ އަދި ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުމަކީ އެމްއާރްއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މފަދަ އަމަލުތަކަކީ އެޕާޓީން ހިތްވަރުދީ ހަނުހުންނާނެ ފަދަ އަމަލުތަކެއް ވެސް ނޫން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މާތް ނަބިއްޔާ އަށް ބަދުބަސް ބުނެ ބީޖޭޕީގެ އިސްތަރުޖަމާނު ނުޕުރް ޝަރްމާ ފަތުރާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކަށް ފާޅުގައި މާފަށް އެދުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ވީ އެންމެ އަވަހަކަށް އެދުމަށް އެމްއާރްއެމް އިން ވަނީ ގޮވާލާފައެވެ.

އެ ޕާޓީން  ބުނީ ރަސޫލާއާ ބެހޭގޮތުން މިފަދަ ހުތުރު ވިސްނުންތަކެއް އެންމެ މީހަކު ފެތުރިކަމުގައިވިޔަސް ނަބިއްޔާގެ ހުލްގު ހެޔޮކަމާއި އަދި ވަރުގަދަ ޝަޚްސިއްޔަތަކީ މުޅި ދުނިޔެވެސް ހެކިވާނެ ކަމެއް ކަމަށާ އަދި އެކަންކަމަކީ އެއްވެސް މީހަކަށް ބަދަލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

އިންޑިއާއިން ފާޅުގައި މާފަށް އެދުމަށް ދަރުކާރުން އެދުމަށް އެމްއާރު އެމް އިން ގޮވާލާފައިވާއިރު، ދިވެހި ސަރުކާރުން އެކަމާގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވުމުން އާންމުންގެ ކަންބޮޑުވުން ބޮޑުވެ މަސްރަހު ހޫނު ވުމުން ސަރުކާރުން ވަނި ބަޔާނެއް ނެރެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ މެމްބަރުންތަކެއް ކީރިތި ރަސޫލާ މުހައްމަދު (ޞޢޥ) ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއިމެދު ކަންބޮޑުވާކަމަށެވެ.

އަދި ކީރިތި ރަސޫލާ ގެ އަބުރުފުޅަށް ހުތުރުވާގޮތަށް ކުރެވޭ ކޮންމެ އަމަލެއް، ދިވެހި ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި ކުށްވެރިކުރާކަމަށާ ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އިންޑިއާ ސަރުކާރުން ބަލައިނުގަނެ، އެ ވާހަކަތައް ދެއްކި ފަރާތްތަކާއި މެދު އަވަސް ފިޔަވަޅު އެޅުއްވީތީ މަރުހަބާ ކިޔާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި މައްސަލައާއި ގުޅިގެން ނުރުހުންތައް ފާޅުކުރާ ފަރާތްތައް އިތުރުވުމާއި ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފަ އެވެ.




Loading

2 Responses

  1. މައުމޫނު 3 މަސްދުވަހު އިންޑިއާގައި ހުންނަވައިގެން 1 ފެބްރުއަރީ ޙުކުމަށް މަގުފަހި ކުރެއްވިތ؟

  2. އިސްލާމް ދީން ނައްތާލުމަށް އިސްލާމުން ފެއްސިގެން ދިއުމަށް ގޮވާ އަދި ފާޅުގައި މިސްކިތްތައް ބުލްޑޯޒްކުރާ ޖައްބާރުބައެއް ރަސޫލާއަށް ބަދުބަސްބުނެ ފައުޅުގާ ދީނަށް ގޮންޖެހީމާ މިދިވެހި ރާއްޖޭގެ 100% އިސްލާމީ ގައުމުގެ ރައްޔަތުންގެ މަންދޫބުން އެކަން ކުއްވެރިކޮށް ކަންބޮޑުވެުން ފާޅުކޮށްލަން ނުކެރުނީމާ ދެން އެބައިގަނޑުގެ ލާދީނީކަން ހާމަ ވެއްޖެއެވެ. އެހެނީ އެ ގެރިއަށް އަޅުކަންކުރާ މޯޑީގެ އަގު ކީރިތި އަހަރެމެންގެ ނަބިއްޔާއަށްވުރެ މިވެރީންނަށް މާ އިއްޒަތްތެރި ވެއްޖެއެވެ. ރައްޔަތުންގެ މެޖޯރެޓީ އެދެނީ އެ ގެރިއަށް އަޅުކަންކުރާ އެ ނުލަފާ މޯޑީގެ ކަރުގައި އެޅުވި ނިޝާނުލް ޣާޒީގެ ލަގަބު އަތުލުމެވެ. އަދި އެހެންވެސް އިސްލާމީގައުމުތަކުން ހަދާހެން މިވަގުތައް އިންޑިއާގެ އާއި ހުރިހާގޮތަކުން ދުރުވުމެވެ. ދިވެހިން ނަކީ ފަޚުރުވެރި މުސްލިމުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް