އެމްޑީޕީގެ ލީޑަރ ޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް އޮފިޝަލަކު ވިދާޅުވިއެވެ. މިދިޔަ 2018 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިިބްރާހިމް މުޙައްމަދު ޞާލިހަށް ޕްރައުމަރީ އަކާ ނުލާ ދޭވެން ދިމާވި ސަބަބަކީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށްރިޔާސީރޭހުން ޖާގަލިބޭނެ ގޮތެއް ނުވުމާއެކު ޕްރައިމަރީއެއް ބާއްވާނެ ވަގުތުވެސް ނެތުމުން ގައުމީ މަޖިލީހުގެ ކުއްލިބައްދަލުވުމަށްފަހު އެމަޖިލީހުން ފާސްކުރެވިގެނެވެ.
އެހެން ދިމާވި ނަމަވެސް އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރަސީހަމަތަކާ އެއްގޮތަށް ޢަމަލުކުރަމުން އަންނަ ސިޔާސީޕާޓީއެއްކަމަށާ 2023ގެ ރިޔާސީ ޓިކެޓް ދޭންވާނީ ޕްރައިމަރީއެއް ބޭއްވުމަށްފަހުގައި ކަމަށް އެ އޮފިޝަލް ސަންދާނަށް ވިދާޅުވެދެއްވިއެވެ.
ކަން މިހެން ހުރިނަމަވެސް އިވެމުންދާ އަޑުތަކަށް ބަލާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުން އެޕާޓީގެ ޕްރައިމަރީ އަކަށް ޖާގަ ދޭނެކަމާއިމެދު މިހާރު ޝައްކު އުފެދޭ ކަމުގައެވެ. މިހެން ވެއްޖެނަމަ އެޕާޓީއިން ރިޔާސީ ޓިކެޓް ލިބޭނީ ކޮންބޭފުޅަކަށް ކަން ޢާންމު މެންބަރުން ނަކަށް ނޭގޭނެއެވެ.
އެހެން ކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭންވާނީ ޕްރައިމަރީ އަކަށްފަހު ޢާންމު މެންބަރުންގެ ވޯޓަކުންނެވެ. ރައީސް އިބޫ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ވާހަކަ ވިދާޅުނުވިނަމަވެސް ޕާޓީގެތެރެއިން ބަޔަކު މީހުން އެމަނިކުފާނަށް ޕްރައިމަރީ އަކާ ނުލާ ރިޔާސީޓުކެޓް ދޭންޖެހޭނެ ކަމަށް ވަކާލާތު ކުރާ ބަޔަކު ޕާޓީގެ ލީޑަޝިޕުން ފެންނަމުންދާތީ ޕާޓީގެ ބައެއް ގުރާސްރޫޓް ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުންއިތުރުވަމުން ދާކަމަށް ވެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑަ އަޅަނީ އެމްޑީގެމެންބަރުންގެ ޢާންމު ވޯޓަކުންނެވެ. ވާދަވެރި ޕްރައިމަރީ އަކަށްފަހުގިނަވޯޓް ހޯދާ ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭގޮތަށްނުނިންމައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލި ޕާޓީ ބައިބައި ވުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެއެވެ.
ބެލެވޭ ގޮތުގައި އެމްޑީޕީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ތިއްބެވީ ދެ ކެންޑިޑޭޓުންނެވެ. އެއީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ސޯލިޙު އާއި ޕާޓީގެ ރައީސް ނަޝީދުއެވެ. މިދެ ރައީސުންގެ ސަޕޯޓަރުން މެދުގައި ސުލްޙަވެރިކަން ދެމިއޮތުމަށްޓަކާވެސް ޕްރައިމަރީ އެއްބާއްވަން ޖެހެއެވެ.
އެމްޑީޕީ އަކީ ޑިމޮކްރަސީގެ ހަމަތަކަށް އަބަދުވެސް އިޙުތިރާމް ކުރާކަމަށް ދައުވާކުރާ ޕާޓީއެއް ކަމުން އެމްޑީޕީގެ ގިނަ ޢާންމު މެންބަރުގެ ރުހެނީ ޕްރައިމަރީއަކަށް ދިއުންކަމަށްވެއެވެ.
އެންމެފަހުން އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ތެރޭގައި ހިނގާދިޔަ ބައެއް ކޯޅުންތަކަކީ މިދެރައީސުންގެ ސަޕޯޓަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތު ވުންތަކުގެ ސަބަބުން އުފެދުނު ކޯޅުންތަކެކެވެ.
އެހެނަސް އެ އިންތިޚާބަށްފަހު ޕާޓީގެ ޢާންމު މެންބަރުން ތިބީ އެއްގަލަކަށް އަރާ ގުޅުންތައް ބަދަހި ވެފާކަމަށް ބުނެއެވެ. އެހެންކަމުން ޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީ އަކާ ނުލާ އެއްވެސް ބޭފުޅަކަށް ދީފިނަމަ ދެން އުފެދޭ ފިތުނަ ޙައްލު ކުރުމަކީ އުނދަގޫ ބޮޑު ކަމަކަށް ވެދާނެއެވެ. އެމްޑީޕީ އިން އަބަދުވެސް ރިޔާސީ ޓިކެޓް ދެނީ ޕްރައިމަރީ އެއްބާއްވައިގެން ކަމަށްވާތީ އެ އުޞޫލުބަދަލު ކޮށްފިނަމަ އެމްޑީޕީ އަށް އިޢާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުންލިބޭނެ ކަމަށްވެސް ބުނެއެވެ.
ޕްރައިމަރީ ކޮންމެބޭފުޅަކު ކާމިޔާބު ކުރެއްވިއަސް މެންބަރުންގެ މެދުގައި ކެމްޕޭނުގެ ތެރޭގައި އުފެދޭ ވާދަވެރިކަން އެއްމިސްރާބަކަށް ބަދަލުވެ ފަހުން ގުޅުންތައް ވަރުގަދަ ވެގެން ދާނެއެވެ.
އެމްޑީޕީގެ ސަޕޯޓަރުން މިހާރު ތިބީ ރައީސް އިބޫ އާ ރައީސް ނަޝީދު އާ ދެބޭފުޅުން ކަންކުރައްވާނެ ގޮތަކާއިމެދު ކެތްމަދުވެފައެވެ.
ޕްރައިމަރީއެއް ބާއްވަން މިޖެހެނީ މިދެބޭފުންގެ ސަޕޯޓަރުންގެ މެދުގައި އުފެދިފައިވާ ޚިލާފުތައް ނައްތާލުމަށެވެ. ޕާޓީއެއްގެ ތެެރޭގައި 2 ފެކްޝަނެއް ވުޖޫދުވެފައި ވީނަމަވެސް ޕްރައިމަރީ ނިމޭ ހިސާބުން އެ އުފެދުނު ދެ ފެކްޝަން އެއްފެކްޝަނަކަށް ބަދަލުވާނެކަމަށް ގިނަ މެމްބަރުން ގަބޫލުކުރެއެވެ.
ރައީސް އިބޫ ރިޔާސީ އިބްތިޚާވުގައި ވާދަކުރައްވާނެ ވާހަކަ ވުދާޅޔ ނުވި ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުން އެދަނީ އަންނަރިޔާސީ އިބްތިޚާބު އިބޫއަށް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންނެވެ. ގަމަ އެހެންމެ ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް އެކުރަނީ ނަޝީދަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށް ދިނުމުގެ މަސައްކަތެވެ.މިދެބޭފުޅުންގެ ދެމެދުގައި ޕްރައިމަރީއެއް ބާއްވަން ޖެހެނީ ޕާޓީ ބައިބައި ވިޔަ ނުދިނުމަށްޓަކައެވެ. އޮފިޝަލް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ބޭފުޚުންނަކީ ކޮންކޮން ބޭފުޅުންކަން އެމްޑީޕީމެންބަރުނަށް މިހާރު ސާފުވާން އެބަޖެހޭކަމަށްވެސް އޮފިޝަލް ވިދާޅު ވެއެވެ.
ރައީސް އިބޫ މަގާމުގައި ހުންނަވާ މަގާމުގެ ނުފޫޒް ބޭނުންކުރައްވައިގެން ޕްރީމަރީ ކާމިޔާބު ކުރައްވާނަމަ ކެންޑިޑޭޓުންގެ ޙައްގު ހަނިވާތަން ފެންނާނޭ ކަމަށާއި ވާދަ ކުރެއްވި ހިސާބުން ރައީސް އަށް ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ވަޢުދެއް ވެވިގެން ނުވާނެއެވެ.ބައެއް ބާރުތައް ނާއިބުރައީސް އާއި ޙަވާލުކުރައްވަން ޖެހެނީ މަގާމުގެ ނުފޫޒުން ކެނޑިޑޭޓް ސަލާމަތްކުރުމަށްޓަކައެވެ.
ނިމިގެން މިދިޔަ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިބްތިޚާބުގެ ތެތެއިން ހޯދިފައިވާ ބައެއް ހޯދުންތަކުގެ އަލީގައި ދަންނަވާނަމަ އެއިންތިޚަބަށް ސަރުކާރުގެ ނުފޫޒާބާރާ ގިބަޢަދަދެއްގެ ފައިސާ ބޭނުންކޮށްފައި ވެއެވެ. އެދެނީ މިހެން ނުވުމަށް ކަމަށާއި އަމިއްލަފުޅަށް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ރުހުން ހޯއްދެވުމަކީ އެ ކެންޑިޑޭޓް ކުރައްވަން ޖެހޭނެ ކަމެކެވެ. އެއްވެސް ބިރުދެއްކުމެއް ނުފޫޒެއް އެއްވެސް ކެނއޑިޑޭޓެއްގެ ފަރާތުން ރައްޔިތުންގެ މައްޗަށް އޮވެގެން ނުވާނެއެވެ. އިންތިޚާބާބެހޭ ގާނޫނަށް ވެސް މިއިސްލާހު އަންނަންވާނެކަމަށާއި ނޫންނަމަ މިނިވަން އިޚުލާޞްތެރިއިންތިޚާބުތައް ބޭއްވިގެން ނުދާނޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ނިމުނީ…
3 Responses
އަޅުގަނޑު ހިތަށްއަރާ ލިއުންތެރިޔާގެ ވިސްނުންފުޅުގައި އުނިކަމެއް އެބަހުރި ބާވައެވެ. ނުވަތަ މި ގައުމަކީ އެމް. ޑީ. ޕީ. ނުވަތަ ސިޔާސީ ވަކި ޖަމާޢަތަކުން ބޭނުންގޮތަކަށް މޮޑެން ގެންގުޅޭ ފުށްގަނޑެއް ހެއްޔެވެ! އެހެންނާފަހެ، އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ވިސްނުން ހުރިގޮތަކުން ސަރުކާރު ހިންގުމުގެ ބާރުތައް ބައިބައިކޮށް އެކިވަގުތަށް އެކިބޭފުޅުންނަށް އެކި ބާރުތައް ހަވާލުކުރަން ޖެހޭކަމަށް ވިދާޅުވުމަކީ ކޮން ގާނޫނަކުން އެ ޖަމާއަތަށް ލިބިދީފައިއޮތް ބާރެއް ހެއްޔެވެ ؟ ހަގީގަތަކީ ސިޔާސީ ޕާރޓީ ތަކަކީ އަމިއްލަ ބޭނުންތަކެއް ޙާސިލުކުރުމަށްޓަކައި އަމިއްލައަށް އުފައްދައިގެން އުޅޭ ޖަމާޢަތްތަކެކެވެ. ގައުމުގެ ރައްޔިތުންނަކާ މިކަމަކާ ގުޅުވައިގެން ރައްޔިތުން ބޭނުންވާގޮތޭ ކިޔައިގެން ވާހަކަ ލިޔާނެކަމެއް ނެތެވެ. މިގައުމު ފަސާދަވެގެން މިދަނީ ސިޔާސީ ޖަމާޢަތް ތަކާހެދިއެވެ.
ދޮޅުހާސްމީހުން މި އާރޓިކަލް ކިޔާފައި ވެއެވެ. އެކަމަކު އޭގެތެރޭގައި މި އާރޓިކަލާދޭތެރޭ ޚިޔާލެއް ދޭން ބޭނުންވާމީހަކު ނެތުމުން އަޅުގަނޑު ހިތަށް އަރަނީ މިބާވަތުގެ މައްސަލަތަކަށް ކިއުންތެރިން ބުނެލަން ބޭނުންވާ އެއްޗެއްވެސް ހަމަ ނެތީބާވައެވެ.
Meega balan vanii boluga emme faih gina meehakah