ކޯވިޑް-19: އިތުރު 119 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 119 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން ދެން ހިނެނެނީ ބަނގްޅަދޭޝްގެ 11 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ފިލިޕީންސްގެ 2 މީހަކާއި، އެމިރޭޓްސްގެ 2 މީހަކާއި، އަދި ސްރީލަންކާގެ އެކަކެވެ.

އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 6779 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 2531 ކޭސް، އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އަދި 162 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާއިރު، 1457 މީހަކު ވަނީ އިއްޔެ އާއި ހަމަޔަށް އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރި ކުރެވިފައެވެ.

ރާއްޖެއިން މިބަލިން މިހާތަނަށް 4222 މީހަކު ފަސޭހަވެފައި ވާއިރު، 26 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި މި ދުވެލީގައި ބަލި އިތުރުވަމުން ދާނަމަ ވަސީލަތްތަކަށް ނުކަތާނެ ކަމުގެ ބިރު ހީވެ، ފަރުދީ ޒިންމާ އަދާކުރުމަށް ސިއްޙީ މާހިރުން ދަނީ ގޮވާލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް