ފައްޔާޒު ޗެއާޕާސަންގެ މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަންނަވައިފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރަސްމީކޮށް މިއަދު ހަވާލުވެވަޑައިގެންފި އެވެ.

ފައްޔާޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެމްޑީޕީގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާފައިވާ އިރު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ އަވައްޓެރި ސްރީލަންކާގައެވެ.
ޗެއާޕާސަންގެ ހައިސިއްޔަތުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެމްޑީޕީގައި މިހާރު ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.  އަދި އެމްޑީޕީ ހިންގުމަށް ފުރިހަމަ އެއްބާރުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޗެއާޕާސަން ވަނީ ދެއްވާފައެވެ.

ކެމްޕެއިން ކުރެއްވި އިރު ފައްޔާޒު ވިދާޅުވަމުންގެންދެވީ އެމްޑީޕީގެ ހިންގުން މިހާރު އޮތީ އެ ޕާޓީގެ ސައިޒުގައި ނޫން ކަމަށާއި ޕާޓީގެ މަސައްކަތްތައް ވެސް ހުރީ ލަދުވެތިވާންޖެހޭ ހިސާބުގައި ކަމަށެވެ.  އަދި ޗެއާޕާސަންކަން ލިބިއްޖެ ނަމަ އެމްޑީޕީ ހިންގާލާނެކަމުގެ ޔަގީންކަން ދެއްވަމުން ކެމްޕެއިން ސްލޯގަން އަކަށް ބޭނުން ކުރެއްވީ ”ހިންގާލަން“ ކަމަށް ވާއިރު، އެ ސްލޯގަން އަށް އަމާޒު ކުރައްވައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށްޓަކައި ފިސާރި ރަނގަޅަށް އެ ޕާޓީ ހިންގައިލަންޖެހޭ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު އިންތިހާބުވީ ވަރަށް ވާދަވެރި އިންތިހާބެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއާ ވާދަކުރައްވައި ބޮޑު ތަފާތަފާތަކުންނެވެ. އިންތިހާބުގައި ފައްޔާޒަށް 27،406 ވޯޓު ލިބިވަޑައިގެންނެވިއިރު އިމްތިޔާޒަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް