ސްރީލަންކާގައި ޕެޓްރޯލް ހުރީ ހަމައެކަނި އެމްބިއުލެންސްތަކަށް އެޅޭވަރަށް 

Loading

Facebook
Twitter
WhatsApp

ސްރީލަންކާގައި މިހާރު ޕެޓްރޯލް ރައްކާކުރެވިފައި ހުރީ ހަމައެކަނި އެމަޖެންސީގައި އެމްބިއުލާންސްތަކަށް އަޅަން ބޭނުންކުރެވޭ ވަރަށްކަމަށް ހަކަތައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ލަންކާ ޕެޓްރޯލަށް ޖެހުނީ ޕެޓްރޯލް ގަންނަން ބޭނުންވާ ބޭރުފައިސާ ސަރުކާރުގައި ނެތުމުގެ ސަބަބުންނެވެ. މާޗު މަހުގެ 28 ވަނަ ދުވަހު ޕެޓްރޯލް ހިފައިގެން އައިސް ތެޔޮ ބޯޓުތަކެއް ލަންކާގައި ބަނދަރުކޮށްފައި ވެއެވެ. ނަމަވެސް އެއަށް ދޭނެ ފައިސާ ނެތުމުގެ ސަބަބުން ގައުމު ވަނީ ޕެޓްރޯލަށް ޖެހިފައެވެ.

ހަކަތައާ ބެހޭ ވަޒީރު ޕާލަމެންޓުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޕެޓްރޯލު ގަންނަން ބޭނުންވާ ފައިސާ ހޯދަން ސަރުކާރު ނުކުޅެދިފައިވާކަމަށެވެ. ޑޮލަރުހޯދަން ސަރުކާރުން މަސައްކަތް ކުރަމުން ދިޔަކަމަށް ވިޔަސް ބޭނުންވާ ފައިސާ އަދި މިހާތަނަށް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މި ހަފުތާތެރޭގައި ޕެޓްރޯލް ނުލިބޭނެކަމަށް ވިދާޅުވެ ޕެޓްރޯލް ގަންނަން ސަފުހަދައިގެން ނުތިބުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ގައުމާ މުޚާޠަބުކުރައްވައި ދުވަސްކޮޅެއް ކުރިން ދެއްކެވި ވާހަކަފުޅުގައި ލަންކާއިން ޕެޓްރޯލް ހުސްވަމުންދާކަމަށާއި ގައުމުގެ ހާލަތު ނާޒުކު ފައްތަރެއްގައިވާކަމަށް ވިދާޅުވެފައިވެއެވެ. ގައި ގައުމުގެ ހާލަތު ރަނގަޅު ވާނީ މިހާރަށްވުރެ ވެސް ދަތި ހާލަކަށް ދިއުމަށްފަހުގައިކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ލަންކާ: ޕެޓްރޯލް ހުސްވެ ދަތުރުފަތުރަށް ހުރަސް އެޅިފައި

އިގުތިސާދީ ގޮތުން ލަންކާ އިނދަޖެހުމާ ގުޅިގެން ރައްޔިތުން ނިމުމެ މުޒާހަރާކޮށް ގައުމުގެ އެކިތަންތަނުގައި ހުޅުޖަހަން ފެށުމުން އެދުވަސްވަރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރަޖަޕަކްސާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ރާޖަޕަކްސާ އިސްތިއުފާ ދެއްވުމުން ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ރަނިލްއާއި ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަސައްކަތް ކުރައްވަމުން ގެންދަވަނީ ބަނޑަށް ޖެހި ނިކަމެތިވެ ރުޅިގަދަވެފައިވާ ރައްޔިތުންނަށް ހަމްދަރުދީ ވެގެން އެމީހުން މައިތިރިކުރުމަށެވެ. ނަމަވެސް ބަނޑަށް ޖެހި ދަތުރުފަތުރުކުރުން ހުއްޓުމުގެ ދަތިތަކާ ކުރިމަތިވެފައިވާ ރައްޔިތުން އެގޮތަށް މައިތިރިވެގެން ތިބޭނީ ކިހާދުވަހަކަށްތޯ ސުއާލު އުފެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް