އިންޑިއާގެ ހިންދޫން: މިސްކިތެއްގައި ހުޅުޖަހައިފި 

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހައްދުފަހަނަޅާފައިވާ ހިންދޫން ސިލްސިލާ ގޮތެއްގައި ހިންގަމުންގެންދާ ނުބައި ނުލަފާ ހަރަކާތްތަކުގެ ދަށުން މަދިޔަ ޕްރަދޭޝްގެ އަވަށެއްގެ މިސްކިތެއްގައި ހުޅުޖަހައި އަންދާލައިފިއެވެ.

ހިންދޫން ނީމެޝުގައި ހުރި މިސްކިތެއްގައި ހުޅުޖެހުމަށްފަހު އެ އަވަށުގެ މުސްލިމުންގެ ގޭގެއަށް ގައު އުކުކައި އަނިޔާކޮށްފައިވެއެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގެ މުސްލިމުންގެ ތެރޭގައި ބިރުވެރިކަމާއި ހާސްކަން ފެތުރިގެންދިޔައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ހިންދޫން ގައު އުކުމުގެ ސަބަބުން 23 އަހަރުގެ ޒުވާން މުސްލިމަކު ޒަޚަމުވެފައިވެއެވެ.

އުއްތަރު ޕްރްދޭޝްގައި ފުލުހުން މުސްލިމް އަންހެނަކު ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް އެ އަންހެން މީހާގެ މަންމަ އަޑުއުފުލުމުން ފުލުހުން ވަނީ އެމީހާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

ލަކަނޫ: މުސްލިމުން ގިނައަދަދަކަށް ދިރިއުޅެމުންދާ ސަހަރެއް


ލަކަނޫގެ ނަން ބަދަލުކުރަނީ 

އިންޑިއާއިން މުސްލިމުންގެ ނަން ފޮހެލުމަށް ހައްދުފަހަނަޅާފައިވާ ހިންދޫން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއާގައި މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅެމުންދާ އަދި މުސްލިމުންގެ ދިގު ތާރީޚެއް އޮތް ލަކަނޫގެ ނަން ލަކްޝްމަން ޕޫރަށް ބަދަލުކުރުމުގެ މަސައްކަތް ހިންދޫން ކުރަމުން އެބަގެންދެއެވެ.

މުސްލިމުންނާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްކަމުގައިވާ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިއްތިޔާ ނާތު ޔޯގީ ގެންދަވަނީ ލަކަނޫގެ ނަން ލަކްޝްމަން ޕޫރަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ މީހުންނަށް ވަރަށް ބޮޑަށް ހިތްވަރުދެއްވައި އެމަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރައްވަމުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރުކަން ހައްދުފަހަނަޅާފައިވާ ހިންދޫ ޖަމާއަތް، ބީޖޭޕީގެ އިސް ބޭފުޅެއްކަމުގައިވާ ނަރެންދުރަ މޯދީއަށް ލިބިވަޑައިގެންނެވިފަހުން މުސްލިމުންނަށް ނިސްބަތްވާ އިންޑިއާގެ އެތައް ރަށެއްގެ ނަން ވަނީ ބަދަލުކޮށްފައެވެ. އަދި މުސްލިމުން ނަމާދުކުރާ މިސްކިތްތަކުގެ ހުރުމަތް ދަނީ ކަނޑަމުންނެވެ. 

Loading

4 Responses

  1. މުސްލިމުން ހެޓަކަށް މަރާއިރުވެސް މިސަރުކާރުގައި ހިމެނޭ ޝޭޚު އިމްރާނާއި އޭނާގެ ޢަދާލަތު ޕާޓީގެ ވެސް އެއްވެސް ކަންބޮޑުވުމެއް ފާޅެއް ނުކުރެއެވެ. ވީމާ ދިވެހި ސަރުކާރަކީވެސް އެ ޖަރީމާތަކުގައި ބައިވެރިވާބައެއްތާއެވެ.

    1. ޝައްކެއް ނެތް މިއަދު ދިވެހި ޝަރުކާރަކީ އެ ޖަރީމާއަށް ހިތްވަރު ދޭ ބައިވެރިން. އިސްލާމުން މިނިސްޓަރަށް ވެސް މި ކަމަކުން ނުރެކެވޭނެ.

Leave a Reply to އަލީ ޙުސައިން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް