ރައްޔިތުންގެ ވިއަވަތި- 2  

Loading

Facebook
Twitter
WhatsApp

http://sandhaanu.today/21221/  އާއި ގުޅޭ،،،

ދިވެހިންގެ ވިޔަވަތި ރާއްޖޭގެ ތަނަވަސްކަމާ ތިޔާގެކަން ޙާސިލްކުރުމުގެ އެންމެ އިސްނާރެހަކީ ރާއްޖެއަކީ ކަނޑުމަތީ ޖަޒީރާ ޤައުމެއްކަމަށްވުމާއިއެކު ކަނޑުގެ ސަރަހައްދުން އެކެއް މިލިއަން އަކަކިލޯ މީޓަރު ހިއްސާކުރާ ޤައުމެކެވެ. ދިވެހިންގެ މައިގަނޑު ވިއަވަތި ބިނާވެފައި އޮންނަނީ ކަނޑުފަޅުގެ މައްޗަށް ކަމުގައި ދެންނެވުމަކީ ކޮށެއްނޫނެވެ. ދިވެހިންގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ދިވެހންގެ މިނިވަންކަން ގެއްލި ފައިވަނީ އަހަރެމެންގެ ކަނޑުފަޅުގެ ވިއަވަތި ތަނަވަސްކަމާއި ތިޔާގެކަން ފޭރިގަތުމަށް އަވަށްޓެރި ޤައުމަކުން ޖަހަމުންދާ މަޅިތަކުންކަން ތާރިޚް ހެކިދެއެވެ. 

13ވަނަޤަރުނަށް ނަޒަރުކުރާއިރު ދިވެހިންނަކީ ދުނިޔޭގެ 3 ވަނަ އިޤްތިސޯދުކަމަށް ބުނެވެއެވެ. އެންމެބޮޑު އިޤުތިދޯސަކީ އެފްރިކާ ކަމުގައި ވެސް ބުނެވެއެވެ. އެފްރިކާގެ ގިނަޤައުމު ތަކުގައި ލީގަލް ޓެންޑައަކަށް ބޭނުންކުރަނީ ކައުރީޝެލް އާދެ ކުދިބޮލިކަމުގައިވެއެވެ. މިބޮލި ލިބެނީ ދިވެހިރާއްޖޭގެ ރަށްތަކުންނާއި އިންޑޮނޭސިއާގެ ރަށްތަކުންކަން ފާހަގަ ކުރެވެއެވެ.

13ވަނަ ޤަރުނުގެ ފަހުކޮޅު ނޫނީ 14ވަނަ ގަރުނު ކުރީކޮޅު ދިވެހންނާއި ޕޯޗްގިޒް މިހުނާއެކު ވިޔަފާރީގެ 3 އެއްބަސްވުމެއް ދިވެހިން ވެފައިވެއެވެ.13ވަނަ ގަރުނަކީ ސޮލީބީ ހަނގުރާމަވެރިން ރާއްޖޭގެ މިކަނޑުތަކަށްނުކުންނަންފެށި އަހަރެވެ.ޕޯޗްގީޒުންނަކީވެސް  އަސްލު ސޮލީބީ ހަނގުރާމަވެރިންނެވެ.މިދެންނެވުނު ވިޔަފާރީގެ އެއްބަސްވުން ތަކުގެ ތެރެއިން ދިވެހިންގެ ތަނަވަސްކަމާއި ތިޔާގިކަން އަދި ކަނޑުގެ ސަތޮހުގައި ދިވެހިންގެ ދަތުރުފަތުރު ކުރުމުގައި ހަރަކާތްތެރިވެ އުޅުމަށް ތަފާތުގިލަންވެރިކަމާއި ދަތިއުނދަގޫތައް ކުރިމަތިކުރުވައި މިކަނޑުތަކުގެ އަމާންކަން ދިވެހިންނައް ގެއްލުވާލިއެވެ. މީގެ ނަތީޖާއަކަށް ވެގެން ދިޔައީ އެފްރިކާ އަދި ޗައިނާގެ ވިޔަފާރި ބަނދުރުތަކަށް ދިވެހިން ކުރަމުންއައި ވިޔަފާރި ދަތުރުތައް ހުއްޓުމެވެ.އެހިސާބުން ދިވެހިންގެ އިގުތިސޯދު މައްޗަށް ޕޯޗުގީޒުން ފުރަތަމަ ފަހަރަށް ވެރިވިއެވެ.

އެގޮތުން ސަރަހައްދުގެ ކަނޑުމަތީގެ އަމާންކަން ދިވެހިންނަށް ގެއްލުވާލައި ބިރުދައްކާ ހެދުމުން ދަތުރުފަތުރުކުރުމާއި ކަނޑުފަޅުގެ ނަފާވެރިކަން ތަސައްރަފުކުރުމުން ދިވެހިން މަހުރޫމްކުރުވިއެވެ.އެހިސާބުން ދިވެހިންގެ ސިންގާ ސަނާގައި ރިދަލި ކުރަމުންދަނީ ދިވެއްސެއްކަމުގައި ވިޔަސް އޭނާގެކިބައިގައި ދިވެހިންގެ މަސްލަހަތެއްނެތްކަން ދިވެހިންނަށް ވިސްނެން ފެށިއިރު މީނާމީ ޕޯޗްގީޒުން އައްޔަންކޮށްފައި ހުންނަ ގޮރުނޮ ދޯރެއްކަން ދިވެހިންނަށް އެނގިއްޖެއެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުކަމުގައި  ވެރިކަމުކުގައި ހުންނެވި އަނދިރި-އަނދިރިން ކަޅުމުޙައްމަދުގެ ވެރިކަން ދިއައީވެސް މިކަހަލަ ގޮތަކަށެވެ.

ދިވެހިރާއްޖެއަކީ ކަނޑުމަތީގެ ދުނިޔޭގެ ވަރަށް ސްޓެޓިޖިކް ލޮކޭސަނެއް ގައި އޮތް ޖަޒީރާޤައުމެއް ކަމުގައިވިޔަސް ދުނިޔޭގެ ވިއަވަތީގެ ތިރީސްއިންސައްތަ ހުރަސްކުރަނީ ދިވެހިންގެ ކަނޑުއޮޅިތަކުން ކަމަށްވުމުން ދުނިޔޭގެ ގިނަބައެއްގެ ސަމާލުކަން އަބަދުވެސް ދިވެހިންގެ ވިއަވަތީގެ މައްޗަށްއޮވެއެވެ. 1880ގެ އަހަރުތެރޭގައި ދިވެހިންގެ ވިއަވެތީގެ ލޭނާރުކަމުގައިވާ ދިވެހިންގެ ކަނޑުމަހުގެ ބާވަތްތަކާއި ކަށިކުނޑިއާއި ކުފުރާގެ އެކެސްޕޯރޓް މޮނަޕޮލައިޒް ކޮށް ވޯރާއިންނަށް ހާޖީ އިމާދުއްދީން ދިންކަމަށް ވެއެވެ.އެއާއިއެކު ވޯރާއިންއަތުން ފައިސާހޯދުމަށްފަހު ސްވެސްކައިވެނި ފުޅަށް ނުހަނު ބޮޑުހޭދައެއް ކުރެއްވިކަމަށްވެއެވެ.

ދިވެހިންގެ ވިއަވަތި ދިވެހިން އަތުންބީވެ ދިވެހިމަސްވެރިންނާއި މަސައްކަތްތެރިން ގިލަންވެރިކަމެއްގެ ތެރެއައްވެއްޓުނެވެ. އެކަމުން ސަލާމަތްވެ ގަތުމުގެ ނަމުގައި ހާޖީއިމާދުއްދީން އަޒުލުކުރެވުނެވެ. އަދި އިނގިރޭސި ޕްރޮޓެކްޓަރ އަކަށް ދިވެހިރާއްޖެވެ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށްގޮސް ސަމުސުއްދީނު  ތަހުތައް އިސްކުރެވުނެވެ.ނަމަވެސް ދިވެހިންގެ ވިއަވަތީގެ ތެރެއިން ދިވެހިންނަށްލިބުނު އަސްދަނޑިންބޭރުވެ ވިޔަފާރީގެ ދަތުރުތަކަށް ކަނޑުތަކަށް ނުކުތުމާއި ދުނިޔޭގެ އެހެންބަނދަރުތަކަށް ކަނެކްޓިވެޓީ ގުޅާލުމުގެ ފުރުސޮދިވެހިންނަށް ލިބުނެވެ.

މިއާއިއެކު ދިވެހިންގެ ވިއަވަތި އިތުރުވެ ސަމުސުއްދީނުގެ ވެރިކަމުގެ ކުރީ ކޮޅު ދިވެހިން ނިސްބަތްކުރަނީ އުސްހަކުރު ޒަމާން މިނަމުންނެވެ. އެދުވަސްވަރަކީ ތަނަވަސްކަމާއި ތިޔާގެ ކަމުގެއަހަރުތަކެކެވެ. ނަމަވެސް ވޯރާއިން އިނގިރޭސިންނާއި ގުޅިގެން މިކަނޑުތަކުގެ އަމާންކަން ގެއްލުވާލައި ދިވެހިންގެ މަސްކޮޅު ބޭރުކުރުމަށް ހަމައެކަނި ވޯރާވެރިންނަށް ބަރޯސާކުރުވާ، ވޯރާވެރިން ސަމުސިއްދީނާއި މާލޭގެބައެއްބޮޑުންނަށް ދޮލަނގުދީ އަދި ގިނަމަޖިލީސްމެމްބަރުންނާއި ފަނޑިޔާރުނަށްވެސް ދޮލަނގުދީ ދިވެހިންގެ ތަނަސްވަސްކަމާއި ތިޔާގެ ކަމުގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްދަށަށް ގެނެސް ރާއްޖޭގެ އެކްސްޕޯރޓް މޮނަޕަލައިޒްކޮށް ދިވެހިން ފަގީރުކޮށް އަދި ނިކަމެތިކޮށް ދިވެހިންގެ ސިޔާސީ އަދި ދާޚިލީ ކަންތައްތަކާވެސް ވޯރާވެރިން ބެހެން ފަށްޓައިފިއެވެ.

އެގޮތުން ދިވެހިންގެ ވިޔަވަތި ދިވެހިނަށް އަނބުރާ ހޯދައިދިނުމަށް ފުރަމަ ކުރެވުނު މަސައްކަތަކީ އެމް،ޖީ.ބީ.އެސް މިހާރުގެ ނަމުންނަމަ އެސް.ޓީ.އޯ އުފެއްދުމެވެ. އެއީ ވޯރާއިން ދިވެހިންގެ މަސްކޮޅު ފަސްރުފިޔާއަށް ހަންދަރެއްވެސް ނުގަތުމުން އޭރުޤައުމު ހިންގުމުގައި އިސްވެހުންނެވި ހަސަންފަރީދާއި މުޙައްމަދު އަމީނަށް ރަދުންނާއި ދެކޮޅަށް އެމް.ޖީ.ބީ.އެސް. އުފައްދަން މަޖުބޫރުވެ ވަޑައިގެންނެވީއެވެ.އެއީ ދިވެހިގެން ވިޔަވަތި އިތުރުކޮށް ދިވެހިމަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް ކުރިމަތިވެފައިވާ ގިލަންވެރިކަން ނިންމުމުށްޓަކައި އެމް.ޖީ.ބީ.އެސް (ދައުލަތުގެ ވިޔަފާރި ކުންފުންޏެއް) އުފެއްދުމުގެ ބިލް ރައްޔިތުންގެ މަޖިލީސްއަށް ހުށަހެޅުއްވިއެވެ. ނަމަވެސް އޭރު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ގިނަމެމްބަރުންނަށް ރިސްވަތުދީ ބިލް ބޭރުކުރުމަށް އިންޑިއާގެ ވޯރާވިޔަފާރިވެރިން މަސައްކަތްކުރިއެވެ.އެކަން އެނގިވަޑައިގެން ހަސަންފަރީދާއި އަމީން ދީދީ މަސްވަރާ ކުރުމަށްފަހު ވޯރާވެރިންގެ އަތުން ރިސްވަތު ނެގި ގިނަ މެމްބަރުންނާއި ބައްދަލުކޮށް ވޯރާވެރިންގެ އަތުން މެމްބަރުން ރިސްވަތު ނަންގަވާފައިވާކަން ދައުލަތައް އެނގިފައިވާ ކަމަށް ހަސަންފަރީދުއާއި އަމީން ދީދީ ދެންނެވިއެވެ. އ ަދި މިބިލް ފާސްކުރުމަށް ދެކޮޅުވެރިވެއްޖެ ނަމަ ރިސްވަތުގެ ޤާނޫނު އެބޭފުޅުންގެ މައްޗަށް ހިންގާނެކަމަށް އިންޒާރު ދެއްވިއެވެ.އަދި ބިލާ ދެކޮޅައް ވޯޓް ދެއްވުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ބޭރަށް ވަޑައިގަތުމަށްވެސް ދެންނެވުނެވެ. މަޖިލިސްގެ ފްލޯރއަށް ބިލް ނަޚުދާ ކަލޭފާނު ހުށަހެޅުއްވުމުން ގިނަމެމްބަރުންތަކެއް ބޭރަށްތަޅުންދޫކޮށް ވަޑައިގެންނެވިއެވެ. ރިޔާސަތުން އަމީން ދީދީ އިޢުލާނު ކުރެއްވީ އެމް.ޖީ.ބީ.އެސް އުފެއްދުމުގެ ބިލް ފާސްވެއްޖެކަމަށެވެ.

ބިލްފާސްވުމާއި ގުޅިގެން އެދުވަހުގެ ހަވީރު ވޯރާއިންއިން އުފައްދާފައިވާ މޮޅު ރަހަލާ ވިލާތުގެ މޮޅުގުޑާކު ދުންފަތުގެ ނަމުގައި  ރާއްޖެއަށް އަފިހުންއެތެރެކޮށް ބޯންދީގެން އުފައްދާފައިވާ އެދުވަސްވަރު ޒުވާން ކުދިންކޮޅެއް ނެރެވައިގެން މިހާރު ބަންޑާރމިސްކިތް ހުރިތަނައް އަވެލި ކެއުމަކަށް ދަޢުވަތީގެން ބިލާ ދެކޮޅަށް މުޒާހަރާއެއް ކުރުމަށް އެއްކުރުވިއެވެ.މިކަމާއިގުޅިގެން މުހައްމަދު އަމީނު ވަޑައިގެން އެކަން ހައްލުކުރިއިރު މިކަމުގެ އަޑީގައި ތިބީ ރާއްޖެބޭނުންވެގެން އުޅޭ އިންޑިއާގެވޯރާވެރިންކަން އެނގުނެވެ.

އެކަމުގެ އިސްވެހަރަކާތެރިވި އިންޑިއާގެ ދެވޯރާ ދާދާއެއް  ބަނޑޭރިގެ މައްޗަށް ގެނެސް އެރެއިން އެރެއަށް އެދެމީހުން ޑީޕޯޓްކުރިއެވެ.ހަމައެއާއިއެކުގައި ރާއްޖެއަށް ވޯރާއިން އަފިހުން އެތެރެކުރުމަށްދީފައިވާ ހުއްދަ ބާތިލުކުރިއެވެ. މިކަމާއިގުޅިގެން ވޯރާއިން ނެރެޓިވުއެއް ނެރުނީ ރާއްޖޭގައި ދުންފަތް މަނާކުރިކަމުގެ ނެރެޓިވްއެވެ.މިހިސާބުންފެށިގެން ގޮތްނޭންގޭ މަރުތަކާއި  ސިޔާސީވެރިން ގެއްލެން ފެށިއެވެ. އެގޮތުން ހަސަންފަރީދު ގެއްލުމާއި އަމިން ދީދީ ގެ 1953 އަހަރުގެ ޖުމްހޫރިއްޔާތު ނިންމުގެ ފަހަތުގައި އިންޑާގެ ވޯރާ ވިޔަފާރިވެރިންގެ ނުފޫޒާއި ބާރު ރާއްޖޭގެ އިގުތިސޯދާއި ސިޔާސި ކަންކަމުގެ ތެރެއަށް ވަދެފައި އޮތްމިންވަރު އެނގެއެވެ.

 މިހުރިހާ ކަންކަމެއްގައި ފޮރުވިފައިވާ ޙަގީގަތްތަކެއް ވެއެވެ. އެއީ ދިވެހިންގެ ވިޔަވަތި ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އަބަދުވެސް ފޫގަޅައިގެން ތިބޭ އިންޑިއާގެ ވޯރާވިޔަފާރި ވެރިންކަން އެނގުނެވެ. އަދި އެމީހުންގެ ދޮލަނގުތަކުން ހަދިޔާ ބަދިޔާ އަރުވައި މަޖިލިސް މެމްބަރުންނާއި ރަދުން ކަރަޕްޓް ކުރުވިއެވެ. މިއަދުވެސް މިކަން ހިންގަނީ މިގޮތަށެވެ. ތަފާތަކީ ކުރަންތިބި މީހުންގެ ނަމާއި ކުރާ ގޮތެވެ. މިއަދު މިކަން ކުރަނީ އެމްބަސީއާއި އެމީހުންގެ ބޭންކް މެދުވެރިކޮށެވެ. މިއަދުވެސް މިޤައުމު އޮތީ 1940 ގެ ޙާލަތުގައޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. ތާރީޚަކީ އޭގެޒާތުގައި އިޔާދަކުރާ އެއްޗެއްކަމަށް ބުނުއުޅެއެވެ.

… ނުނިމޭ…

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް