ލަދު ޙަޔާތަކީ އިންސާނައަށް ލިބިފައިވާ އަގުބޮޑު ނިއުމަތެކެވެ. އެ ނިއުމަތަށް ކުފުރުވެރިވުމަކީ އިންސާނުންނާއި ޖަނަވާރުން ވަކިކުރަން އޮތް އިންފާރުވައްޓާލުމެވެ.
މިހާރަކަށް އައިސް ރާއްޖޭގައިވެސް ގެވެށި އަނިޔާއާއި ކުޑަކުދިންގެ އިއްފަތާ ބެހުން ވަރަށް ގިނަވެއްޖެކަމަށް ޚަބަރުތަކުން އެނގެއެވެ. މިއީވެސް ބޭރުން ގެނެވޭ ސަގާފަތެއްބާވައޭ ހިތަށް އަރައެވެ. މިހެންބުނަންޖެހެނީ އަވަށްޓެރި ބައެއް ގައުމުތަކުގައިވެސް މިހާރަކަށް އައިސް ގެވެށި އަނިޔާއާއި ކުޑަކުދިންގެ އިއްފަތާ ބެހުން އާދަޔާޚިލާފަށް ގިނައިން ރިޕޯރޓްކުރެވެމުން ދާކަމުގެ ޚަބަރުތައް ލިބޭތީއެވެ.
މި ސީޣާއިން މިއަދު ލިބޭ ޚަބަރުތަކަށް ބަލާއިރު އެންމެބޮޑަށް ފާހަގަކުރެނީ އިންޑިއާގެ މަހާރަސްތްރާގައި ހުންނަ ޖަނަވާރުންނަށް ޙިމާޔަތް ލިބިދޭ ތަނެއްގައި އޮތް ބެންގޯލް މޮނިޓަރ ލިޒާރޑެއް ހަތަރު ފިރިހެނުންވެގެން ރޭޕްކުރި ވާހަކައެވެ. އަދި އެމީހުންގެ މޮބައިލް ފޯނުން އެކަންކުރިގޮތް އޮތީ ވީޑިއޯ ކޮށްފައެވެ. ބެންގޯލް މޮނިޓަރ ލިޒާރޑްއަކީ ގަތްގަނޑަކަށް ފަސްފޫޓުގެ ދިގުމިނަށް ބޮޑުވާ އެއްޗެކެވެ. ބަރުދަނުގައި އަށެއްކަ ކިލޯ ހުންނަވަރުވެއެވެ. އިންޑިއާގައި އެއީ ހިމާޔަތް ކުރެވިފައިވާ ޖަނަވާރެކެވެ.
ޖަނަވާރުތައް ބަލަހައްޓާ މީހުންނަށް އަތުލާގަނެވުނީ އެ ހަތަރުމީހުންގެ ތެރެއިން އެންމެ މީހެކެވެ. ނަމަވެސް އެމީހާގެ މޮބައިލް ފޯނުން އެހެންމީހުންގެ ފޮޓޯތައް ލިބުމާއެކު މިހާރު އަނެއް ތިންމީހުންވެސް ވަނީ ރަޓްނަގިރީ އިން ހައްޔަރުކޮށްފައެވެ.
އިންޑިއާގެ ގާނުނު ބުނާގޮތުން ޖަނަވާރަކާއެކު ޖިމާއުވެ ޖިންސީ ގުޅުން ހިންގައިފި މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެނޫން ގޮތެއްގައި ޖުރިމަނާ އާއިއެކު ދިހަ އަހަރަށް ވުރެން ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެހެން ހާދިސާއެއްގައި އުއްތަރަޕްރަދޭޝްގެ ޕާލިއާ އަވަށުގެ އިންޖީނުގޭގައި މަސައްކަތްކުރާ ލޭނުމީހަކު އޭނާގެ ގެއާ ކައިރި އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދުމުން އެކަމުގެ އަގެއްގެ ގޮތުގައި އޭނާގެ އަނބިމީހާ އެއްރެއަށް އެތަނުގެ ޖޫނިއަރ އިންޖިނޭރުގެ ޝަހުވާނީ ބޭނުންތައް ފުއްދާދިނުމަށްޓަކައި ފޮނުވާދިނުމަށް އެންގުމުން އޭޕްރިލް 8 ވަނަދުވަހު އިންޖިނޭރުގެ އޮފީހުގެ ކުރިމަތީގައި ގަޔަށް ޑީސަލް އަޅައި ރޯ ކޮށްލައިގެން އެ ލޭނުމަސައްކަތުމީހާ އަމިއްލައަށް މަރުވެއްޖެއެވެ. އޭނާ މަރުވުމުގެ ކުރިން ފުލުހުންނަށް ދިން ވިޑިއޯ ބަޔާނުގައި ބުނެފައިވަނީ އެތައް އަހަރެންވަންދެން އެ އިންޖިނޭރާއި އޭނާގެ އެހީތެރިޔާގެ ފަރާތުން ތަފާތު ގޯނާކުރުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަންތައް ފުލުހުންނަށް ރިޕޯރޓް ކުރުމުންވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަށެވެ.
އެންމެފަހުން އޭނާ އަމިއްލައަށް މަރުވިއިރުވެސް އެއްވެސް މީހަކު އެހީތެރިވެ ނުދިން ކަމާއި އެންމެންވެސް ބަލަހައްޓައިގެން ތިބީ ކަމުގައެވެ. އިންޖިނޭރާއި އޭނާގެ އެހީތެރިޔާގެ މައްސަލަ ފުލުހުންގެންދަނީ މިހާރު ތަހްގީގުކުރަމުންނެވެ. އެ ދެމީހުންވެސް ތިބީ ވަޒީފާއަށް ނިކުތުން މަނާކޮށްފައެވެ.
2 Responses
އިންސާނުން ޙާލަތު ޖަނަވާރުންނަށް ބަދަލުވީމާ ވަނެ ގޮތް ތިވަނީ. އެއް ޖިންސުން ކުޅި ކުޅެންވެސް އެ އުޅެނީ ނިދި ނައިސްގެނެއްނު؟ ރީތި ތިން އަކުރެއް ކިޔައިފާ. ބޯ ހަލާކު.
އެއްޖިންސުގެ ތަޖްރިބާވެސް ކަމުނުދަނީކަންނޭންގެ ދޯ…..މިހެންގޮސް އިންސާނުންގެ ދަރިފަސްކޮޅު ކިހާހިސާބަކަށް ދާނެބާ ؟؟؟ މިވަރުންދަންޏާ ފަހަަރެއްގައި ކަނޑުމަސްވެސް ހަރާންވާ ހިސާބަށް ހިނގައިދާނެތާ !!